މާލޭގެ ގޯޅިއެއްގައި ނިދާފައި އޮތް އަންހެނަކު އާއިލާ އާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީސް މީޑިއާގައި މިއަދު ދައުރުވި ފޮޓޯއަކުން ފެންނަ ގޮތުގައި އަންހެނަކު ނިދާފައި އޮތީ ގޯޅިއެއްގެ ތެރޭގައި ކުނަލެއް އަޅައިގެންނެވެ.

ދެންމެ ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ގޯޅިއެއްގައި ނިދާފައި އޮތް ކަމަށް ބުނާ އުމުރުން ދުވަސްވީ އަންހެނަކު ފުލުހުންގެ އެހީތެރިކަމާއި އެކު ވަނީ އާއިލާ އާއި ހަވާލުކޮށްފައި ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އަންހެން މީހާގެ ފޮޓޯ މިއަދު މީސް މީޑިއާގައި އާންމު ވުމާއި އެކު އޭނާގެ އާއިލާ ކޮބައިތޯ ސުވާލުކޮށް ވަރަށް ގިނަ މީހުން ވަނީ އޭނާގެ އާއިލާ ކުށްވެރިކޮށް ވާހަކަދައްކާފައެވެ.

އުމުރުން ދުވަސްވީ އަންހެނަކު ގޯޅިއެއްގެ ތެރޭގައި ކުނަލެއް އަޅައިގެން ނިދަން އޮތީ ކީއްވެތޯ ސާފުކުރަން ކުރި މަސައްކަތް ރަސްމީ އިދާރާއެއްގެ ބަހެއް ނުލިބުމުން ވަނީ ކާމިޔާބު ނުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެއްމެން

    މާލޭގާ ކަންތައް ހުރިގޮތުން އަންހެނަކު މަގުމަތީގާ ނިދަން ޖެހުމަކީ އެމީހާ އަށާއި އާއިލާ އަށްވެސް ވަރަށް ބޮޑު ނިކަމެތި އަދި ހިތާމަވެރިވެސް ކަމެކެވެ. ދުނިޔޭގެ މުއްސަނދި މިލިއަނަރުން ފެންވަރުގެ މީހުން ރާއްޖޭގަ އަތިރި ތައް މަތީގާ ކުނާގަނޑެއްނެތި އަދި ހަށިގަނޑު ނިވާވެސް ނުވެ ނިދާފާ ތިއްބާ ދެކެމެވެ. އެކަމަކު އެ މަންޒަރު ފެނެިގެން ދަނީ ވަރަށް ލަގްޒަރީ އަދި އެއްމެ އުފާވެރި ވަގުތު ކޮޅު ހޭދަކުރަމުން ދާ މަންޒަރެއްގެ ގޮތުގައެވެ. އެކަމަކު މާލޭގެ ގޯޅިގަނޑެއްގެ ތެރޭ ބިންމަތީ ކުނަލެއް އަޅައިގެން ނިދާފަ އޮންނަން ޖެހުމަކީ ވަރަށް ހިތާމަވެރި ނިކަމެތި ކަމެކެވެ. ވަރަށް ދެރަވެސްވި. އެއްކަމެއް ކުރާ މި ދެހާލަތުގެ އިޙްސާސް މިހާބޮޑަށް ތަފާތުވެގެން މިދަނީ މާތް ﷲ ދިވެހީންނަށް ދެއްވި މި ބޮޑު ނިއިމަތް ބަލައިގަނެ ޝުކުރުވެރިވާން ނޭނގޭތީއޭ ހިތަށް މިއެރީ

  2. މަރި

    ބަލަ ރައްރަށުގެ އަތިރިމަތީގައިވެސް ތިގޮތަށް ކުނާއަޅާގެން ނިދަންތިބޭ ، މާލޭގެ ބައެއްގޯޅި ތަކުގައި އެއްޗެހި ނުދުއްވާނެ ، ވީމާ އަރާމްކޮއްލަން އޮތީކަމަށްވާނީ

  3. ހ

    އެ މަންމައަށް އެމީހުން އަނިޔާކުރާނެކަމަށް ފެންނަނީ. ކޮބާ ޖެންޑަރ މީގެއަށް ވަންނާނީ އާދަކާދައިގެމަތިން ގޯހުން ގޯހަށް ގޮސް ނިމުނީމަދޯ..

  4. ާއަލީ

    މީސް މީޑިއާތަ؟؟؟ ނުވަތަ މާސް މީޑިއާތަަ؟؟؟

  5. މަޒް

    ތި ފުލުހުންނަށް ކަމެއް ޔަގީން ވާނީ ކޮން އިރަކުންތަ؟ ގޯޅިއެއްގައި ނިދާފައި އޮތްކަމަށް ބުނާ... ގެއަކަށް ވަގަށް ވަތްކަމށް ބުނާ... 4.5 މިލިއަނަށް ފުލެޓެއް ގަތްކަމަށް ބުނާ... މީހެއްގެ ބުރަކައްޓާށް ވަޅި ހެރިކަމަށް ބުނާ...ވެރިކަމުގައި ހުރެ ގޯތި ގަތް ކަމަށް ބުުނާ...

  6. ހައްމާޛު

    މީ ދަރިން ފަލީހަތް ކުރަން އެކްޓް ޖައްސާ މާމައެއް އަހަރުމެން ރާއްޖެތެރޭ މީހުންގެ މާމައިން ނޫޅޭނެ މިގޮތަކައް

  7. Anonymous

    ޓޯކިޔޯގެ މަގުން މިކަހަލަ މަންޒަރު ފެނުމަކީ އާއްމުކަމެއް

  8. ަާމުންނަަަ

    ކެެކިޔަަ ދެެ ބޮނަންނަަ

  9. މުންނަަ

    ކެެކިޔަަ ދެެ ބޮނަންނަަ

  10. މަރިޔަމް

    މާލޭ ގެދޮރުތައް ބަހަންޖެހިގެން ބަންޑާރަ ގޯތީވެސް ފޮތިފޮތިކުރާ ހާލު ގާ ރިމާގެ މީހުން ގެދޮރު ދޫނުކުރޭ. ބަންޑާރަ ގޯތި މާގިނައިން ތިބުމަކީވެސް ކަމުދާ ކަމެއް ނޫން. މިގޮތުން ތަންކޮޅު ކުޑަވެ ބޭރަށް ދާންއެބަ ޖެހޭ !