ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު އަނެއްކާވެސް މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ޕާސްޕޯޓުގެ ބައެއް ނަކަލުކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި ބިދޭސީ ފަރާތްތައް އިމިގްރޭޝަނުން މިއަދު ހުއްޓުވާފައިވާކަމަށެވެ.

ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނީ ފިރިހެނެކެވެ.

އިމިގްރޭޝަނުން އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓްގައި ދަތުރުކުރާ މީހުން ދެނެގަތުމަށް ރާއްޖޭގައި ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖެ އަކީ އިންސާނީ ވަގުފާރިއާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަބެއްގެ ގޮތުގައި ބޭނުންކުރާ ގައުމެއް ކަމަށް ބައިިނަލްއަޤުވާމީ ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަދުރޭ

    އައިސިސް .. މީހުން .. ދުނިޔޭގެ ..ޤައުމުތަކުން .. ވަގު .. ޕާސްޕޯޓު .. ގަނެގެން.. އެމީހުން .. އޮޕަރޭޝަންތައް.. ހިންގަން.. ބޭނުންވާ.. ޤައުމު..ތަކަށް.. އެތެރެވާން.. ވަރަށް.. މަސައްކަތް.. އެބަކުރޭ .. އެޖަމާޢަތުގެ.، އަޑު ..މަޑުވަމުންދާތީ.. ކޮންމެސް..ތަނެއްގަ.. ކޮންމެސް.. އެއްޗެއް.،ގޮއްވާލައިގެން،.. ދުނިޔޭގެ ..މީޑިޔާގެ.. ސަމާލުކަން.. ހޯދުން.، އެއީ .. އެމީހުންގެ.. އެއް. ބޭނުން.... ޔުކްރޭނުން.. އައިސިސް.،މީހުންނަށް.، 500. ޑޮލަރާ،. 1000 .. ޑޮލަރާ.. ދެމެދުގެ.. އަގެއްގައި .. ޕާސްޕޯޓް... ވިއްކަމުން..ދަނީ