ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފްލައިޓް ތަކުގެ އިންޖީނު ތެރެއަށް ވަކިލާރި އުކުމުން އެމީހަކު އެދޭ ކަމެއް ކުރުމަށް މަގިފަހިވާ ކަމަށް ގަބޫލު ކުރެއެވެ. މިކަން އެންމެ އާއްމު ގޮތެއްގައި ހިނގަނީ ޗައިނާ މީހުންގެ ތެރޭގައެވެ. ދާދި ފަހުން އެ ގައުމަށް ނިސްބަތްވާ އަންހެނަކު މިވަނީ މިފަދަ ކަމެއް ކޮށްފައެވެ.

މިފަހަކަށް އައިސް ފްލައިޓުގެ އިންޖީނު ތެރެއަށް ވަކިލާރި އުކަނީ މުސްކުޅިންނެވެ. ނަމަވެސް މިފަދަ ހާދިޘާ އެއް އެންމެ ފަހުން ހިނގާފައި މިވަނީ ދާދި ފަހުން ޑޮކްޓަރުކަން ކިޔަވައި ވަޒީފާ އަށް ނިކުތުމަށް ތައްޔާރުވަމުންދާ އަންހެނެއްގެ ފަރާތުންނެވެ. އެ އަންހެން މީހާ ފްލައިޓުން ފޭބުމަށް ފަހު 3 ވަކިލާރި ފްލައިޓުގެ އިންޖީނެއް ތެރެއަށް އެއްލާލާފައި ވަނީ އޭނާގެ ކޮއްކޮ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ އެ ބަލިން ސަލާމަތް ކޮށްދިނުމަށް އެދިއެވެ.

ޗައިނާގެ ޒިޗާން ޕްރޮވިންސުގައި މި ހާދިޘާ ހިނގުމުން އުމުރުން 23 އަހަރުގެ އަންހެން މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް، އެ މީހާ ބުނި ގޮތުގައި އޭނާ ދިރިއުޅޭ ހިސާބުގަނޑުގެ މީހުން ގަބޫލުކުރާ ގޮތުގައި މިގޮތަށް ކަންތައް ކުރުމުން އެމީހަކު އެދޭ ކަމެއް ވުމަށް މަގުފަހި ވެގެންދެއެވެ.

ފްލައިޓް ތެރެއަށް ވަކިލާރި އެޅި އަންހެން މީހާ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އެއީ ނަސީބު ގަދަވާ ކަމެއް

އެ އަންހެން މީހާ އޭނާގެ އާއިލާގެ 10 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ފްލައިޓުގެ އިންޖީނު ތެރެއަށް ވަކި ލާރި އުކާފައި ވަނީ ފްލައިޓުން ފޭބުމަށް ފަހު ނަމަވެސް، މި މަންޒަރު ފްލައިޓް ކައިރީ ތިބި އެ ކުންފުނީގެ މުވައްޒަފުންނަށް ފެނުމުން އޭނާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

އޭނާ ބުނާގޮތުން އެއީ ގާނޫނީ ކުށެއް ކަމެއް އޭނާ އަކަށް ނޭނގެއެވެ. މިއާއި އެކު ފުލުހުން ވަނީ އެ އަންހެން މީހާ އަށް ކުޑަ ޖޫރިމަނާ އެއް ކުރުމަށް ފަހު ދޫކޮށްލާފައެވެ. މިއީ ޗައިނާގައި ވަރަށް ގިނައިން ހިނގާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. ބޯޓުގެ އިންޖީނު ތެރެއަށް ވަކިލާރި އެޅުމުން ފްލައިޓު މަތީގައި އޮންނައިރު އިންޖީނު ހުއްޓި ނުރައްކާތެރި ހާދިޘާއެއް ދިމާވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އަަވަސް މުސްތަގުބަލެއްގައި ވާން އުޅޭ ޑޮކްޓަރެއްގެ ފަރާތުން މިފަދަ ކަމެއް ހިނގުމުން ގިނަ ބަޔަކު އަންނަނީ މިކަމާއި މެދު ސުވާލު އުފައްދައި، އެ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯ

    ހުރިހަ ކަމެއް ފުލުހުން ބޮލަށްދޯ ކަނޑާލަނީ ހިތްތަކުގެ ސަރުކާރު ކުރާކަމެއް ނޯވޭދޯ ؟؟

  2. ާޫޫ މަަަރިޔަނާ

    ޙައްހައް ރާއްޖެގަވެސް ކުރެއޭ ތިކަހަލަކަންތަށް މަތީރަށްފުޅުން ވެލިކަނީ ރާއްޖެގަ ބަލިފަސޭހަ ކުރާށޭކިޔާފަ

  3. އަހުމަދު ފިރާގު

    ތިއަކީ އަޖައިބުވާން ކަމެއްނޫއް! ތޮލައްނުފެންނަ ސައިންސްން އެވެސް ވަރަކައް ސާބިތުނުވާ ކަންތައް ގަބޫލުކޫރާ މީހުން އެތައް މިލިޔަނެއް! ގޮނޑިއެއް ހަސަނު ކީޔާ ވަޑިޔަކު ޖަފަހުރި އެޗެއް ކަމައް ގަބޫލު ކުރެވޭނީ ހަސަނު އެޖެހިތަން ފެނުނަމަ އަދި އެކަން ސާބިތުކުރެވޭނެ ހެކިހުރިނަމަ އަދި އެގޮޑިޖެހީ ހަސަނުކަމައް މީހަކު ފޮތެއްގަ ލިއެފައޮތަސް ހަމަބުއްދިން ވިސްނީމަ ގަބޫލު ކުރެވިދާނެ އެއީ ހެންމީހަކު ޖެހި އެއްޗެއްކަމައް