ހުޅުމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫޢޫގެ މަސައްކަތްތައް ފެށުމާއި ގުޅޭ އެއްބަސްވުމެއްގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއިއެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަ ވާ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލެވެ. އަދި ސީ.އެމް.އީ.ސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަދި ދިވެހިރާއްޖޭގެ ސީ.އެމް.އީ.ސީ އޮފީހުގެ ރެޕްރެޒެންޓޭޓިވް މރ. ލިއު ޝިއައޯޑާ އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން 4 މަސްދުވަހުގެ ތެރޭގައި މަޝްރޫޢާއިގުޅޭ އެންމެހާ ދިރާސާތައްކޮށް، ސީ.އެމް.އީ.ސީ. ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާގެ އިތުރުން ސީ.އެމް.އީ.ސީ ކުންފުނީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަދި ޕްރެޒިޑެންޓް ހާން ސިއައޮޖިން އާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޝޮކްތެރަޕީ

    ޗައިނާޔާ ގުޅިގެން ރާއްޖެ ތަރައްގީ ވަނީ. އިންޑިޔާއާ ދުރައްޖެހެން ޖެހޭ.

    21
    1
  2. ސަނާ

    ޗައިނާ ކަމުދިޔާއީތަ މިހާރު

    19
  3. ވިދުވަރު

    ސުބާހާނައްﷲ . ދިވެހި ޒުވާނުންގެ ތާއީދު ޗައިނާއަށް ފުނިފުންޏަށް ލިބޭނެ ކަމެއްތީ. މިފަހަރު އިންޑިޔާއިން ހާކާނެ ބޮޑާއެއް ވެސް ނޭގެ. ސްޓޭޑިއަމް އެޅިޔަ ނުދޭން ދެވަނަ ފޭސްއިން އިންޑިޔާއަށް ދިން ބިމުގައި ސިހުރު ހަދާފަ ފެންފޯއް ރުއް އިންދަން ފަށާނެ

  4. ޚ

    ބުރިޖް ގޯސްވި މީހުން ކިހިނޭއް މިހަދަނީ.... އެެެންމެ ފަހުން ޗައިނާ ފައި ބުޑަށް ހެ ހެ

    18
  5. ސާބަސް ބޭޓާ ސާބަސް

    ފަކާސް! ޕީޕީކުދިންނަށް މިހާރު އިނގޭދޯ ވަކި ޔާމީނު ހުރީމަކަ ނޫންކަން ޗައިނާއިން ކަންކަންކޮށްދެނީ

    5
    21
  6. އައްޓަމަސް

    ކީއްވެގާތް ރަހުމަތްތެރި ހިޔަޅު "އިންޑިޔާއަށް ނުދިނީ؟!

    20
    2
  7. Anonymous

    ކުރިން ގޮވީ ގައުމު ޗައިނާއަށް ދަރުވާލަނީއޭ މިއަދު މިވީ ކިހިނެތް، އޭރުވެސް އަހަރަމެނަށް އެނގޭ ޗައިނާއަކީ ދިވެހިންގެ ރައްޓެހިންކަން، ދިވެހިންނަށް އެހީވާނެ ކަން މޯޑީ ކަހަލަ ހިޔަޅު ބައެއްނޫންކަން.

    3
    1
  8. ހުދުހުދު

    މިހާރު ވިސްނިއްޖެ ދޯ ޗައިނާ އަށް ކަން މިރާއްޖެ ތަރައްގީ ކޮށް ދެވޭނީ. ގެރި އިންޑިޔާ އަށް ނޫންކަން: ތިކަމާ ދެކޮޅަށް ކެނެރީގެ ލާދީނީ ނިކުންނާނެ