މިރޭ މާލޭ ގެއެއްގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ދެތިން މަސް ކުރިން ފެށިގެން އެތަނުގައި ހާދިސާ ހިނގާފާނެ ކަމުގެ އިންޒާރުދީ، މީހަކު ފުލުހުންނަށް ކުރި ރިޕޯޓްތަކަށް ފުލުހުން ސަމާލުކަން ނުދިން ކަމަށް އޭނާ ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރެ މިރޭ ފުލުހުންނާއި ވާހަކަދެއްކި މީހަކު ބުނީ ކެމިކަލް ބަހައްޓާފައި ހުރި ގުދަނުގައި އަލިފާނުގެ ހާދިސާ ހިނގާފާނެ ކަމަށް ބުނެ އޭނާ އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާއި ނަމަވެސް ފުލުހުން އަޅައިނުލި ކަމަށެވެ.
އޭނާ ބުނީ މައްސަލަ ރިޕޯޓް ކުރުމުން ފުލުހުން ވަނީ ކެމިކަލް ބަހައްޓާފައި ވަނީ ހުއްދަތައް ނަގައިގެން ކަމަށް ވާތީ އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ބުނެފައި ކަމަށެވެ.
މީގެ ނުވަ މަސް ކުރިން އާންމު ފަރާތަކުން، ވަނީ ކެމިކަލް ރައްކާ ކޮށްފައި ހުރި މާލޭގެ އެހެން ގުދަނެއްގެ މައުލޫމާތު ހާމަކޮށް އެފަދަ ހާދިސާއެއްގެ ނުރައްކާ އޮތްކަމުގެ އިންޒާރު ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް އެކަމަށް ވެސް ސަލާމަތީ ބާރުތަކުން ސަލާމުކަމެއް ދީފައެއް ނުވެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އޭނާ ކޮށްފައިވާ ޓްވީޓުގައި ވަނީ، ކެމިކަލް ހުރި ގުދަނުގެ ވާހަކަ ފޮޓޯ އާއި އެކު ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.
ޓްވީޓާ މެދުވެރިކޮށް އޭނާ މި އިންޒާރު ދީފައިވާއިރު، ގުދަނަށް ވައްދާފައި ހުރި ގިނަ އަދަދެއްގެ ކެމިކަލް ފީފާތަކުގެ ފޮޓޯ އެ ޓްވީޓުގައި އޭނާ ޙިއްސާކޮށްފައި ވެއެވެ. އެ ޓްވީޓުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ، ޝިފާ މުޙައްމަދާއި، ޑިފެންސް މިނިސްޓަރ، މާރިޔާ އަހުމަދު ދީދީ އާއި އެމްއެންޑީއެފްގެ ރަސްމީ ޓްވީޓާ އެކައުންޓް އޭނާ ވަނީ ޓެގުކޮށްފައެވެ.
ޓްވީޓުގައި އޭނާ ބުނެފައިވަނީ، އެ ގުދަނުގައި، ފައިބާ ގްލާސް މަސައްކަތަށް ބޭނުންކުރާ ގިނަ އަދަދެއްގެ އަލިފާން ހިފާ ޒާތުގެ ކެމިކަލް ގިނަ އަދަދަކަށް ރައްކާކޮށްފައިވާ ކަމަށެވެ. އަދި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގުމުގެ ކުރިން މިކަމާއި މެދު ފިޔަވަޅެއް އަޅާނީތޯ، ނުވަތަ ބަލަން ތިބޭނީތޯ އޭނާ ވަނި ސުވާލުކޮށްފައެވެ.
މި އިންޒާރާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅަނީސް، މިރޭ އެފަދަ ތަކެތި ހުރި ގުދަނެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު، ކެމިކަލްތަކުގައި ރޯވެ ބާރުގަދަ ގޮވުންތައް ގޮވާފައި ވެއެވެ. އަދި ކައިރީގައި ހުރި އެހެން އިމާރާތްތަކުގައިވެސް އަލިފާން ރޯވެ ބައެއް އިމާރާތްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މިރޭ ރޯވި މި އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައި ނުވާއިރު، އެ ސަރަޙައްދުގެ ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގެ މަޢުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އެފަރާތްތަކަށް ލިބުނީ ކިހައިވަރެއްގެ އަނިޔާތަކެއް ކަމެއް އަދި ނޭނގެއެވެ.
މިކަމުގެ ޒިންމާ މިސަރުކާރުން ނަގަންގެހޭނެ
ވަގުތުން ސަރުކާރު އިސްތިއުފާދޭންޖެހޭނެ.
ވީމާ ވަގުތުން މާރިޔާ އިސްތިއުފާ ދިނުމަށް ގޮވާލަން
ކުރިން ފިޔަވަޅުއެޅުނު ނަމަ މި ހާދިސާ ނުވެސް ހިނގީސް.
މާތް ﷲ ކަމެއް ވާން އިރާދަ ކުރަތް ވައިފި ނަމަ އެހެން މީހުން ކިތަންމެ ކަމެއް ކުރި ނަމަވެސް ވާންހުރި ކަމެއް ވާނެ....އެހެން މީހުންނަށް ކުރެވޭނެހާވެސް ކަމަކީ ލިބޭ ގެއްލުން ކުޑަ ކުރުން
މަކަރާ ޙީލަތް ހަދައިގެން ފޭރިގަތް މި ވެރިކަމުގައި މިފަދަ ހިތާމަވެރި ޙާދިޘާތަކެއް ނުހިނގާ ދުވަހެއް އެބަ އާދޭހެއްޔެވެ؟ މިއީ އާދައިގެ ކަންތައްތަކެއް ނޫނެވެ. ވިސްނާ ފިކުރު ކޮށްބަލާށެވެ.
ޔާމީން ސަރުކާރުގަ އިންޑަސްޓްރިއަލް ވިލެޖް ހެދީ މިހެން ވުމުގެ ފުރުސަތު އޮތީމަ. ބައެއް މީހުނަށް ހީވީ އެމީހުނަށް ލިބެމުން އައި އާމދަނީ އަށް ހުރަަސް އަޅަން އުޅުނީޔޭ.
މާރިޔާ އިސްތިއުފާ ދީ އަނެއްކާ މުޅިމާލެ ފެންބޮޑުވީ ނުވާނެ ސަރުކާރުޖަހައިގަނެގެން އުޅެންބަޔަކައް
މާލޭ މޭޔަރ ޝިފާ އާއި ޑިފެންސް މިނިސްޓރ މާރިޔާ މިކަމުގެ ޒިންމާ ނަގަންޖެހޭ. ވަގުތުން އިސްތިއުފާވެސްދޭންޖެހޭ. އަދި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަންޖެހޭ.
ވަރަށް ދެރަ
މިހާރުން މިހާރަށް ޝިފާއާއި، މާރިޔާ ޑީޑީގެ އިސްތިއުފާއަށް ގޮވާލަން.
މިކަމަށް ފަރުވާކުޑަކުރި މީހުން އިސްތިއުފާދީ
މާރިޔާ އިސްތިއުފާދީ.
މިކަންތައް އިހަށް ސިޔާސީ ނުކޮށް ދޭބަލަ އަލިފާން ނިއްވަން. ޔާމީނު އިރުގަ ކޯސްޓުލައިން ކެމިކަލް ގުދަނުގަ ރޯވީމަ ކީއްވެ މާލޭގަ ހުރި ހުރިހާ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުނުކުރީ.
ސާމިލު
ސެޕްޓެމްބަރު 20, 2019 22:18
ޔާމީން ސަރުކާރުގަ އިންޑަސްޓްރިއަލް ވިލެޖް ހެދީ މިހެން ވުމުގެ ފުރުސަތު އޮތީމަ. ބައެއް މީހުނަށް ހީވީ އެމީހުނަށް ލިބެމުން އައި އާމދަނީ އަށް ހުރަަސް އަޅަން އުޅުނީޔޭ.
އެހެންވެ އިންޑަސްޓްރިއަލް ޒޯން ހެދީ ކީއްވެ ފަހުން އައި މީހުން އެތަންތަން ބަދަލު ނުކުރީ ! ޕާޓީ ކުދިން ނަށް ކުލި ނުލިބިދާނެތީ އެކަން ހުއްޓާލީ ؟؟؟ ހުރިހާކަމމ މެއް ސިޔާސީކުރީ މަ ވާނެހައެތި މިވަނީ !!!! ވަރަށްދެރަ؟
މިނިސްޓަރު ފައްޔާޒު ބުނި އިހުމާލުއޮވެއްޖެއްޔާ އިސްތިއުފާދޭނަމޭ. އިސްތިއުފާއަކީ މިގައުމު ދަންނަ އެއްޗެއްނޫން. އެހެންމީހުންގެ ބޮލަށް ކަނޑާލާނީ. ދެންކޮމިޓީއެއް ހަދާނީ. އެސަލާމަތްވީ.
9 މަސް ކުރިން ހުރިހާ ބޮޑުންނަށް މިކަން މިހެން ވެދާނެ ކަން އެންގީވަމެސް ކުރެވުނު ކަމެއް ނެތް. ހާދަ ދެރަޔޭ ދޯ މިއަދު މިދިމާވި ހާދިސާ. މީގެން ވެސް ދިވެހިން ވެއްޖެ އިބުރަތް ހާސިލްކުރަން.
ޔާމީނު އިރުގަ ކޯސްޓުލައިން ކެމިކަލް ގުދަނުގަ ރޯވީމަ ކީއްވެ މާލޭގަ ހުރި ހުރިހާ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުނުކުރީ. ހަމަ އެގޮތުން އޭރު ޑިފެންސް މިނިސްޓަރު ވިދާޅުވީ މާލެ އެއްކޮޅުން އަނެއްކޮޅަށް ފަޔާ ހޯސް ޑިރިލް އަޅާނަމޭބުނި ހަމަ ވީއެއްކަމެއް ވެސް ނެތް !
ކުރިންތިބިމީހުން ކަޑަ ވެގެން ދޯ މި ބައިގަނޑު އައީ.. މިމީހުން އެހެންވެ ތިކަން ކުރި ނަމަ މި ވީ 10 މަސް ތެރޭ..
އެެއީ . ކުރީގަ ދޯ ..މީ މިހާރު..އަދި ..ކޮބާ ސަމާލުކަމަށް ގެނެއްސަ އޮއްވާ..
ދެވަނަ ދައުރެއް ލިބުނު ނަމަ ތިކަން ވެސް ކޮއްދިނީސް.
ކަލެއަށް އެނގޭ ތަ ޔާމީނު ދައުރުގައި މުޅި މާލެއަށް ފަޔަރ ހޮޅިއަޅާފަ އޮތް ކަން!! އެއީ ޔާމީނު ކުރިކަމެއް ވީމާ ކުރިޔަށް ނުގެންދަންވެގެން ފަސްއަޅާ ފޮރުވާލާފަ އޮތީ!! ކީއްވެ އެޕްރޮޖެކްޓް ކުރިޔަށް ނުގެންގޮސް މި އޮތީ!! އަދިވެސް އަނގަ ގަޅާތި.!!
ކުރީ ސަރުކާރަށް ކަޑާލާ.. އޭރުން އެނިމުނީ.. މިސަރުކާރުން ޒިންމާ ނަގަންޖެހޭ އެއްކަމެވެސް ނޯންނާނެ.. އަމުދުން ރސޯލިހު.. އޭނަ ސެލްފީއެ ނެގީމަ ހަމަޖެހުނީ.. ކުރީ ސަރުކާރު... ކުރީގެ ހަޑިފިލުވުން... ވައްކަން... ކޮރަޕްޝަން.... އެނިމުނީ މިސަރުކާރު މިހެންބުނެލީ ރައްޔިތުން އޯކޭ އަތްޖަހަންފަށާނެ...
މިއަދުގެ އަލިފާނުގެ ހާދިޝާއިންވެސް ބުރިޖުގެ މުހިންމު ކަން އެނގިގެން ހިގައްޖެ އެއަރ ޕޯރޓް ގެ އަލިފާން ނިވާ ލޮރިތައް އެހާ އަވަހަށް ގެނެވުނީ ބުރިޖު އޮތީމާ އަހަރެމެން ޝުކުރު ކުރަންވީ ﷲ ގެ ކިބަ ފުޅަށް ނިއުމަތްތައް ދެއްވަވާތީ .... ބުރިޖަށް ހަޖޫޖެހި މީހުން ސަރުކާރު ހިންގަން މިތިބީ 2017 ގައި މާލޭ މަޖީދީ މަގުގައި ހުރި ގުދަނުގާ އަލިފާން ރޯވި ދުވަހު ސިފައިންނަށާއި ސަރުކާރަށް ހަޖޫ ޖެހި އެއަރ ޕޯޓް ވެހިކަލް ތަކުންނޭ އަލިފާން ނިއްވާލެވުނީ އެދުވަހު ގެނައީ ކަނޑު މަގުން މިއަދު އެއްގަމު މަގުން ތަފާތަކީ އަވަސް ކަން ދެންވެސް ސިފައިންނަށް ހުތުރު އެއްޗެތި ކިޔާނީ ކީ ނޫން މިހިރީ ފެންނަ ހަގީގަތް ދެލޯ މުދުނަށް އަރާފައި އެންމެން ތިބީ ބޮނޑުންވެސް ދައްކާލީ އަލިފާން ނިވުނުފަހުން.....
ޜަނގަޅު ވާހަކައެއް، ކޯސްޓްލައިންގަ ރޯވިއިރު އެއަރޕޯރޓް ފަޔަރ ގެނައީ ކޮޅުވެއްޓިއެއްގަ
މަޖީދީ މަގުގައި ފެން ހޮޅި އޮތީ އަޅާފައި ނޭގެންޏާ އިނގޭ ވަރު މީހުން ކައިރީ އަހާ ސިފައިންނަށް އިނގޭނެ ފެނުން މިތަނެއް ނުނިވޭނެ އެހެންވެ ފޯމް ޖަހަނީ ކަލޯ ނޭގޭ ވަހަކަ ނުދައްކާ އަޅާފައި އޮތް ހޮޅިއަށް ކަލޭމެން ޖެހެނީ ޕަންޕު ބަހައްޓައިގެން ކަންކުރަން ... އެންމެ ފަހުން ޗައިނާ މީޙުން ލައްވާ މިޖެހުނީ ސްޓޭޑިއަމް އަޅުވަން ވެސް ދަރަނީގެ ދަންތުރަ މިހާރު ކޮބާ......... ކޮބައިތަ އިންޑީޔާ ދޭން ބުނި ފައިސާ ކޮޅު އެންމެ ފަހުން ޗައިނާގެ ފައިބުޑަށް
ދޯ
ރައީސައް ވ އަސަރާއެކީގަ ދަންނަވަން މިކަމުގައި މި ފަރުވާކުޑަކުރި 3 ވެރިން މަގާމުން ވަކިކުރުމައް. ޕްލީސް.
ދިވެހިން އަބަދުވެސް ކުރާނީ ހިތިތަޖުރިބާ ! އެއްވެސްކަމަކުން ފިލާވަޅެއް ލިބިއެއްނުގަނެ...
ކޮންގޮތކުންބާ އަހަރެމެން ތަހުޒީބީ ހަމަސުވާލު އުފެދޭ...؟
ޒުވާނުން ކުޅިވަރާ މަޖަލުގައި ؟ ޓީވީ ސީރިއަލްގަ ކަބަލުން.. ވިސްނަން އެބަޖެހޭ މިއާދަކާދަތައް ދުރުކޮށް އަމިއްލަ ތަނަަވަސްކަން ހޯދުމައް މަސައްކަތް ތެރި ހަރުދަނާ މިޖްތަމައެއް އުފައްދަން
މީގެ ކުރިން މިއަށް ސަމާލުކަން ދިންނަމަކަ މިރޭ ހިނގިހާ ހިތާމަވެރި ހާދިސާތައް ނުހިނގީސް ކަން ޔަގީން.
ހާދިސަަގައި ގެއްލުންވި ހުރިހާ ފަރާތްތަކަށް ކެއްތެރިކަން ދެއްވުން އެދެން ނިޔާވި ފަރާތުގެ ފުރާނަޔަށް ހެޔޮ ރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި އާމީން މާތް ﷲ ގެ އިރާދަފުޅުން މީހުން ނިދިފަ ތިބި ގަޑިއެއްގައި މިކަން ނުހިގީ އެހެންނަމަ ނޭގޭ ކިތައް ފުރާނަކަމެއް ވަކިވެގެންދާނީ ދެންވެސް ހޭލަންވެއްޖެ ވަކިބަޔަކު ކުށްވެރިނުކޮށް މިހާރުން މިހާރަށް މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައިހުރި ގުދަންތައް އެހެން ސަރަހައްދަކަށް ބަދަލުކުރުން މުހިންމު މިކަހަލަ ހާދިސާތައް ދުވަހުން ދުވަހައް އިތުރުވެ ލިބޭ ގެއްލުންތައް ބޮޑުވަމުން މިދަނީ މީގެން ވަކިބަޔަކު ކުށްވެރި ނުކޮށް ދުރުވިސްނައިގެން ކަންތައްތައް ރަގަޅު ކުރުން މުހިންމީ ރައްކާވެ ތިބިއްޔާ ދަތުރު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މިހާރުން މިހާރަށް ވަގުތުން އިސްތިއުފާ ދިނުމަށް ގޮވަން.
ކަންކަމާއި ހަވާލުވެ ތިބިމީހުން ޒާތީވެ ފެންވަރުއޮޅި ހަވާލުކުރި ޒިންމާ އަދާ ނުކުރެވިގެންދާތަން މިފެންނަނީ.
މިސަރުކާރުއަދިހިނގަންނުފަށަ،ތީޔާމިންސަރުކާރުގެ މައްސަލައެއް.
މަރުކޮމިސަނުންމިކަންބަލާޒިންމާނަގަންޖެހޭމީ ހުންނައް ހަރުކަށިއަދަބުދޭންޖެހެ .އަދިނިޔާވިމީހާގެ ވާރިސުންނައް މަރުގެދިޔަ އަދިގެއްލުންވިއާއިލާތަކައް މިކަމުގަހިއްމާލްވީމީހުންއަތުން ސަރުކާރުންއަތުލާފަ ހައްގުބަދަލުދޭންޖެހެ.
RY ge visnun fulhuga huree Industrial Zone ah chemical godowns, carpentry adhi motor workshop fadha than than veehaa ves avahakah badhal kurun.
Ekan huttuvaalaigen thibumuge natheejaa akah vee ethah rayyithakah miadhu gellun vun... (depressed)
ތި މައުލޫމާތު ދިންމީހާ އަށް އެގޭބާ ކެމިކަލް އޭނަ ހީކުރަނީ ބޮޑު ހަމެއްގަ ހުންނަަ ކޮންމެ އެއްޗަކީ ކެމިކަލް ކަމަށް
މައުލޫމާތުދިން މީހާ ހީކުރީކީނޫން. ޔަގީންކަމާއެކު އެއީކެމިކަލްކަން ދައްކާ ފޮޓޯއާ އެކު މައުލުމާތުދިނީ. އެއީ އިބޫ ކަހަލަ ކަނޑުކޮހަކު ދިން މައުލޫމާތެއްނޫނޭ.
ޔާމީން ސަރުކާރުގަ އިންޑަސްޓްރިއަލް ވިލެޖް ހެދީ މިހެން ވުމުގެ ފުރުސަތު އޮތީމަ. ބައެއް މީހުނަށް ހީވީ އެމީހުނަށް ލިބެމުން އައި އާމދަނީ އަށް ހުރަަސް އަޅަން އުޅުނީޔޭ.
މިހެންވެ ހުރިހާ ވިޔަފާރިވެރިން އަސަރުކަރެއްގެނައީ.
މިކަމުން އިބުރަތެއް ހާސިލްކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން
ޖެހިގެންހުރި ކަޅުހުރާގޭގެ ގުދހަނުގަި ބސނގުރަލުގެ ބެރަލްތައް ގުދަންކުރާކަމަށް ރޭގަ އެ މަންޒަރުދެކޭކަމަށްބުނާ އެހިސާބުގައި ދިރިެުޅމީހަކުބުނި.
މިއަށްވުރެ ވެރިންނަށް ނުރައްކާތެރީ މަސް މަރާ ބަޑި. އާންމު ރައްޔިތުންނަށް ކިތަންނެ ގެއްލުން ހުޓަސް ހެޔޮ! މިތާ ގާނޫނު ތަށް ހަދާފަހުރީ ހަމަ އެކަނި ވެރިން ހިމާޔަތް ކުރަން!
ތުންތުން މަތީން ދައްކާ ވާހަކަ އަޑު ނާއްސަވަމޯ!
މާރިޔާ އަދި އެމް.އެން.ޑީ.އެފްގެ ސަމާލުކަމަށް މިކަން ގެނެވި އަޅާނުލުމަކީ އިހުމާލުވުން ނޫން ދެވަނަ އެއްވެސް ކަމެއްނޫން. އިހުމާލުން މިއަދު ފުރާނައެއް ގެއްލިގެންދިޔައީ. އެކަމުގެ ޒިންމާ މާރިޔާ ނަގަންޖެހޭެނެ. އައުގުރާނަ ގޮވާ މިނިސްޓަރަކަށްވުރެ ޤުރުއާން އިލްމުގެ ގެއްލިގެންދިޔަ ފުރާނައިގެ އަގު މާމަތިވެރިވާނެ ކަންނޭނގެ. ބޭރުޤައުމެއްނަމަ މިވަރު ކަމެއްގައި އެބޭފުޅަކު އަމިއްލައަށް އިސްތިއުފާދޭނެ. އެކަމު މިރާއްޖޭގައި އެކަން އެގޮތަށް ވާނެ ކަމަކަށް ނުދެކެން. އެޔަށްވުރެ ހަޔާތްކުޑަ ޓްވީޓްކުރައްވާ ބޭކަނބަލަކަށް މިކަން މުހިންމުވާނެ ކަމަށް ޤަބޫލުނުކުރެވޭތީ.
ޢިންޒާރުދީފަ އަޅާނުލީމަ ރޯކޮށްލީތަ އަނެއްކާ
މިތާގަ ކޮމެންޓްކުރާ މީސް މީހުންނަށް ސަރުކާރުގެ މިނިސްޓަރ ކަންދޭން ފެނޭ!
މާލޭ މީހުން ހީކުރީ .އެމްޑީޕީ ..ވެރިކަމަށް އެރީމަ ...............ވަރަށް ފުރިހަމަވާނޭ މިގައުމު އެއްކޮން ސުންނާފަތިވާނެ އެހާވެސް ވެރިންޖާހިލު ވެރިންޖާހިލުވީމަ ދެންތިބޭހުން ހާލަކީ ކޮބާ
ޝިފާމެން އުޅުނީ މިކަހަލަ ސަލާމަތީ ކަންކަން މާލޭގަ ހައްލުކުރާކަށް ނޫން ޝިފާ އުޅުނީ ސަލްޓަންޕާކުގެ ނަންބަދަލު ކުރުމުގެ ބުރަ މަސައްކަތުގަ އެހެންޏާފަހެ ސަލްޓަންޕާކު ނަން ބަދަލު ނުކުރިއްޔާ ދިވެހިންގެ ފުރާނައަށް ނުރައްކާވީތޯއްޗެއް
ވެރިކަމަށް އައީ ރައްޔިތުންދެކެ ލޯބިވެއޭ ކިޔައިގެން މިއަދު މި އެނގިގެންމިދިޔައީ މިސަރުކާރުގެ ހީލަތްތެރިކަން ރައްޔިތުންގެ ފައިދާއަށް ބަލައި ހޯދިކަމެއް ހަރާން އިސްލާޙީ ފިޔަވަޅެއްނާޅައި
އާދަމް މަނިކުމެންފަދަ ޕާޓީ ކެމްޕޭނުގައި އުޅުނު، ފުމުނު މީހުންނަށް ވަޒީފާ ދެވޭނެ ގޮތެއްހޯދަނީ މީތެދު ހަްީގަތް
ޓްވީޓްގައި ޓެގްކޮށްފައި ތިބި ފަރާތްތަކަކީ މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭ ފަރާތްތަށް. މިޓްވީޓްގައި ފުލުހުންނަށް ރިޕޯރޓްކުރިކަމަށް އެނގިފައެއްނެތް. ފުލުހުންނަކީ މިފަދަ ކަންކަމުގައި ސީރިއަސް ބައެއް. މިފަދަ ގުދަންތަކަކީ ކޮންމެތާކު ހުއްޓަސް ވަރުގަދަ އެއްޓި ފަޔަަރިން ސިސްޓަމަކާ ސަލާމަތީ ވަރުގަދަ ތަންތަނަށް ވާންޖެހޭ. މިތަނުގައި އެއްމެ ފުރަތަމަ 15 މިނެޓް މީހުން ސަލާމަތްކުރަން ކުރި މަސައްކަތެއް ކުރީ އެއްވެސް ވަސީލަތެއް ނެތް ފުލުހުން
ރޭގަ ރޯވި ކެމިކަލްތަކަކީވެސް ރަށުތެރޭ ގުދަންކުރުން މަނާ ތަކެތި. އެގުދަނުގެ ވެރިފަރާތް އެއްވެސް މީޑިއާއަކުން އަދި ކަމާބެހޭ ފަރާތަކުންވެސް އަދި ހާމައެއް ނުކުރޭ. ޒިންމާވާންޖެހޭ ފަރާތް ނުހޯދެނީތޯ؟ ސިއްރުކުރަނީތޯ؟
ދިވެހިން އަބަދުވެސް ފިޔަވަޅުއަޅަން ހިތައްވެސް އަރަނީ އެކަމެއްހިގާ ބޮޑަތި ގެއްލުންތަކެއްވީމަ!
1- ބްރިޖް ހުޅުވުމުގެ ކުރިން ދުއްވަންޖެހޭ ސްޕީޓާއި ގަވައިދުތައް، އަދި ހެލްމެޓް.
2- ހުޅުމާލެ އާބާދު ކުރިއިރުވެސް ހަމަ ރަނގަޅަށް އެނގޭނެ ވެހިކަލް ޕާކިން އިޝޫ އަންނާނެ ކަން، އެކަމަކު އެޗްދީސީން އެޅި އެއްވެސް ބިލްޑިންއެއްގަ ކާރު ޕާކިން ޖާގަ ނެތް!
3- ހުޅުމާލޭގައިގައި މީހުން ދިރިއުޅޭ ގެތަކުގަ، ވެހިކަލް މަރާމާތުކުރަން ފަށައިފި، އެކަން ހުއްޓުވަން އަދި އެއްވެސް ކަމެއްނުކުރޭ، އެކަކު ފެށީމަ ދެން އެހެންމީހުންވެސް ފަށާނެ!
މިގޮތަށް ކިތައްމެ ކަމެއް އެބަހުރި، އެކަމަކު ގެއްލުންބޮޑު ހާދިސާއެއްހިގީމަ ދެން ތެޅިގަންނާނެ!
ދެރަ ވަނީ މީޑިޔާގަ ލިޔާނީ ދިވެއްސަކަށް ކަމެއްވީމަތަ..؟؟ ކޮބާ އެހެން ގައުމު ތަކުގަ އަނިޔާ ވާ މުސްލިމުންގެ ވާހަކަ .؟؟
އިންޒާރަށްސަމާލުކަންދެވޭނީހަމައިގަތިބެގެން
ހަޤީޤަތުގަ ރޭގަ ހިނގި ހާދިސާ ވ.ރަނގަޅަށް ތަހްޤީޤުކުރަންވާނެ މީގަ އެއްވެސް މީހެއްގެ އިހުމާލެއްވޭތޯ؟ ނުވަތަ ސިޔާސީގޮތުން މަންފާޢެއް ނަގަން ކުރިކަމެއްތޯ ބަލަންވާނެ، މިހެން ބުނަންޖެހެނީ އަލިފާންގަނޑު ރަނގަޅަށް ރޯނުވަނިސް އިދިކޮޅު މީހުން ވަނީ ކޮންމެސް ބަޔަކު އިންޒާރެއްދިންކަމުގެ ޓުވީޓެއް ޝެއާކުރަންފަށާފަ. ދިވެހިރާއްޖޭގެ ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުގެދަށުން ބަޔަކު މިފަދަ ބޮޑުގެއްލުމެއްދިންނަމަ އެންމެ ހަރުކަށި އަދަބުދެވެންވާނެ!
ކަމެއްވާއިރަށް ހުރިހާ ވެރިންގެ އިސްތިޢުފާއަށް ގޮވުމަކީ ހައްލެއްނޫން. މިސާލަކަށް އަހަރެން އިންޒާރު މިދިނީ މާލެއަށް ބިންހެލުމެއް އައިއްސިއްޔާ ހުރިހާ ގެތަށް އެއްގެ އަނެއްގެ މަށްޗަށް ވެއްޓިއްޖެއްޔާ ވ.ގިނަމީހުން މަރުވެދާނެއޭ. ދެން ކިހިނެއް ކުއްލިއަކަށް ހުރިހާ މީހުން އެހެން ރަށްރަށުގަ އާބާދުކުރާނީ. ހަޤީގަތަކީ މިއީ އެތައް ޒަމާނެއްވަންދެން ތޮއްޖެއްސުމުގެ ނަތީޖާ. މިއިން މިދޭހަވަނީ ކޮންކުރީޓު ޖަންގައްޔެއް ހެދުމަކީ ތަރައްޤީއެއް ނޫންކަން
ހ.ހާޖަރާގެ ބެލްކަނިވެއްޓުނީ 5 ޑިސެ މްބަރުގައި އަދިވެސް އެ އި މާރާތްއެގޮތަށް އަނެއް ބެލްކަންޏާ އެ އި މާރާތްވެސް ވެއްޓު މުގެ ބިރު އެބައޮތް އެކަ މު އަޅާ ވެސްނުލާ މި އި މާރާތުގެ ނުރައްކާ ފުލުހުންނަށާއި ޑިފެންސަށާއި ސިޓީކައުންސިލަށާއި ރައީސް އޮފީހަށްވެސް ފޯނުން ދެއްނެވުނު ހައުސިން މ ގެ އި މާރާތެއް ޒިން މާ ނުނަގާ މިކަންވެސް ހައްލުވާންޖެހޭ.ވަގުތުން ފިޔަވަޅު ނޭޅޭނަ މަ ހަ މަ ހިތާ މަތަކެއް.
ނޫސްވެރިން ނަންވެސް އެގެންވާނެ މީހާކު ގުޅާލާފަ މިވެނި ގުދަނެއްގައި އަލިފާން ހިފާޒާތު ކެމިކަލް އެބަހުއްޓޭ ބުންޏަސް އެތަން ހުސްކުރުމުގެ ބާރު ފުހުންނަށް ނޯއްނާނެކަން، އެހެންނެއްނޫން އަލިފާން ހިފާޒާތު ކެމިކަލްސް މާލޭގައި ގުދަންކުރުން މަނާކަމަށް ކޮންމެސް ކަހަލަ އުސޫލެއް އެކުލަވާލާ އޭރުން ކުރެވިދާނެ
މިކަންތައް ސިޔާސީ ނުކޮށް މިވަނި މީހަކު އިސްތިއުފާ ދޭޝޭ ނުކިޔާ ހުރެ މިކަމުގަ ގެއްލުން ލިބުނު މީހުންނަށް އެހީވިއްޔާ ވާނީ އަޅެ ކީއް؟؟ ތިހުރިހާ ބޭކާރު އަނގައެއް ނުތަޅާ އެހާ ހާލުގަ ޖެހުނު މީހުންނަށް އެހީވެ އެމީހުންގެ ހިތާމައިގަ ބައިވެރި ވީމަ ކަމެއް ގޯސް ވަނީތަ؟؟ ދެންވެސް އެހެން މީހުންގެ ބޮލަށް މައްސަލަތައް ނުޖަހާ ހުރެބަލަ!!
ރިޕޯޓުކުރިމީހާ ނުބައެއއ ނުހަދާކަނއ ކިހިނެއއ އެނގެނީ
ޕޮލިސް ޕްލީސް ހެލްޕް މޯރް