އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ހުރި ގެއެއްގައި ތަށިވި ދެ މައިން ސަލާމަތްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ތާށިވެފައި ވަނީ ގެއެއްގެ ހަތަރުވަނަ ބުރީގައެވެ.

ތާށިވި ދެމައިން މިހާރު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެ ގޭގާއި ތާށިވެފައި ވަނީ ފިރިހެން ކުއްޖަކާއި އަންހެނެކެވެ.

އެމީހުންގެ ހާލަތާއި ބެހޭ އެއްވެސް ތަފްސީލެއް އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ދީފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ގިނަ ބަޔަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ކަމަކަށް ހޮސްޕިޓަލްތަކުން އަދި މައުލޫމާތު ދެއްވާފައެއް ނުވެއެވެ.

އަލިފާން ރޯވި ގެއެއްގައި ހުރި މެދު އުމުރުގެ އަންހެނަކު ގެއްލިގެން ދަނީ ހޯދަމުންނެވެ. ގެއްލިގެން ގޯދަމުންދަނީ ތ.އަތޮޅު ބުރުނީ އަށް ނިސްބަތްވާ 49 އަހަރުގެ ޝައުނާ ނަމަކަށް ކިޔާ އަންހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސީ

    ޟިސަރަހަދުގައި އުޅުނުމީހުނާއި ވާރެޔާތެމުނުމީހުން ލަސްނުކޮއް ރީތިކޮއް ފެންވެރުމަކީ ރައްކާރެރިކަމައްޓަކާ ކޮންމެހެންކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކޮއްލަން