މިވަގުތު އަބަދަށްފެހި މަގުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ހުރިހާ އުޅަނދެއް ހުސް ކުރަން ފުލުހުން އަންގައިފިއެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައި ވަނީ، މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރުގައި އަލިފާން ރޯވެފެަިއވާ ސަރަހައްދުގައި ޕާކްކޮށްފައި ހުރި އެއްގަމު އުޅަނދުތައް މިހާރުން މިހާރަށް ނެންގުވުމަށް އެދޭ ކަމަށެވެ.

ފުލުހުންް މިގޮތަށް ވިދާޅުވެފައި ވަނީ އެ އުޅަނދުފަހަރުތަަކަށް ގެއްލުމެއް ލިބިދާނެތީ އާއި، އަލިފާން ނިއްވުމުގައި ހަރަކާތްތެެރިވާ ފަރާތްތަަކަށް އުނދަގޫ ވެދާނެތީ ކަނަށް ބެލެވެއެވެ.

އަލިފާން ރޯވިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ވެފައިވާއިރު އަދިވެސް އަލިފާން ކޮންޓްރޯލެއް ނުކުރެވެއެވެ. މިހާރު ވެސް ގިނަ އިމާރާތްތަކެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

މި އަލިފާނުގެ ހާދިސާގައި 56 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފައި ވެއެވެ.