ހެންވޭރު އަބަދަށް ފަހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރު ކުރި ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހަމްދަރުދީ ފޮނުއްވައިފިއެވެ.

އެ ހާދިސާ އާ ގުޅިގެން ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހންވޭރުގައި މިރޭ ހިނގައިގެންއުޅޭ އަލިފާނުގެ ހާދިސާގެ އަސަރުކުރި އެންމެހާ ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވާ ކަމަށެވެ.

ރައީސްގެ އެ ޓްވީޓުގައި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ ދެގަޑިއެއްހާއިރު ކުރިން ފުރަތަމަ ރޯވެފައި ވަނީ ހެންވޭރު ފެހި އާބާދުގޭގައި ހުރި ކެމިކަލް ގުދަނެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އިތުރު ގެތަކަށް ފޯރައި، އެގެތަކުގެ ތިބި މީހުންވެސް ވަނީ ހުސްކޮށްފައެވެ.

އަދި އެ ހާދިސާގައި 50 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދީފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ވަނީ ދޫކޮށްލާފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާއި ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުއްލާ

    އަލިފާނުގެ އަސަރުކުރި ފަރާތްތަކަށް ރައީސް ހަމްދަރްދީ ފޮނުއްވައިފި

    1 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 20, 2019 )

    ހަމްދަރްދީ އެއް ނޫން ފޮނުއްވަންވީކީ ތިތިބި

    ޑިފެންސް މިނިސްޓަރ މާރިޔާއާ ހޯމްމިނިސްޓަރ އިމްރާނާ މާލޭމޭޔަރ ޝިފާއާ

    ގެއަށް ފޮނުވާލަންވީ އަހަރެމެންގެ ލެއިން ޓެސްދަމާގަނެގެން ބޮޑުމުސާރަ ނަގައިގެން

    ވާކަމެއް ހަރާނުން ހަރާން

    ކަމާގާބިލް ނޫން މީހުން އަދިވެސް ހޮވާތި .

    1
    1