ހެންވޭރު އަބަދަށް ފަހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަސަރު ކުރި ފަރާތްތަކަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީޖުގެ ރައީސް މުހައްމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ނަޝީދު ފޮނުއްވި ތައުޒިޔާ މެސެޖުގައި ވިދާޅުވެފައި ވަނީ، މިރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހުރިހާ އާއިލާތަކަށް ހަމްދަރުުދީ އާރިސް ކުރާ ކަަމަށެވެ. އަދި ނަޝީދު ވަނީ މިކަމުގައި އެ މީހުން ސަލާމަތްކޮށްދެއްވުމުގައި އެހީތެރިވެެދެއްވި އެންމެހާ ބޭފުޅުންނަށް، ޝުކުރު ދަންނަވާފައެވެ. މީގެ ތެރޭގައި ވަކިން ހާއްސަކޮށް އެމްއެންޑީއެފްގެ ފަޔާ ޓީމާއި ފުލުހުންގެ ނަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

"އަދި އެންމެ ބޭފުޅުން ރައްކާތެރިކަމާއެކު ތިއްބެވުމާއެކު ކަމާއި ބެހޭ މުވައްސަސާތަކުން އާއްމުންގެ ފަރާތުން ބޭނުންވެލައްވާ އަމަލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަންޔަގީންކަން އަރުވަން". ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭ 7:20 ފުރަތަމަ ރޯވެފައި ވަނީ ހެންވޭރު ފެހި އާބާދުގޭގައި ހުރި ކެމިކަލް ގުދަނެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އިތުރު ގެތަކަށް ފޯރައި، މީހުން ނޫޅެވޭ ވަރަށް ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ.

އެ ފަރާތްތަކަށް ވަގުތ ހިޔާގެ ގޮތުގައި، ކަލާފާނު ސްކޫލްގެ ހޯލް ވަނީ ހަމަޖައްސާފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާއި ބެހޭ މުވައްސަސާތަކުން ކަށަވަރުކޮށެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޮލާ

    ހަމްދަރުދީ ފޮނުވައިގެން ކޮން ފައިދާއެއްތަ ވަނީ...
    އެމީހުންނަށް އެހީވާންވީ..

  2. ސޯލިހު

    މާދަން ގަރާރެލީމަ ނިމުނީ..

  3. އަލީ އިބްރާހިމް

    ކަލޭ ކޮން ހަމްދަރުދީ އެއް ފޮނުވާކަށް ކަލޭ ތިޔައީ މިގައުމުގައި ހުޅު ޖަހަން އެންގިމީހާ މީހުން ލޮލުގައި އނދުން އަޅުވަން ނޫޅޭ......