މިރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަސަރު ކުރި ހުރިހާ ފަރާތްތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫން ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މިރޭގެ ހިތާމަވެރި އަލިފާނުގެ ޙާދިސާގެ އަސަރުކުރި ހުރިހާ ޢާއިލާތަކަށް ހަމްދަރުދީ ފޮނުވާ ކަމަށެވެ.

"އިންތިހާ އެހީތެރިކަން ބޭނުންވެފައިވާ މިވަގުތުގައި އަޅުގަނޑުގެ ހެޔޮދުޢާވަނީ މިއާޢިލާތަކާއެކު. މި ދަނޑިވަޅުގައި ހުރިހާ އެންމެން ގުޅިގެން މި ފަރާތްތަކަށް އެހީތެރިވެދެއްވަމާ". ރައީސް ޔާމީން ވިދާޅުވިއެވެ.

މިރޭ 7:30 ހާއިރު މާލޭގައި ހުރި ކެމިކަލް ރައްކާ ކުރާ ގުދަނެއްގައި ރޯވެ ހިނގި މި އަލިފާޏުގެ ހާދިސާގައި މިހާތަނަށް ހަތް އިމާރާތެއް ވަނީ އަނދާ ހުލިވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ ފަސްވަރަކަށް ގަޑިއިރު ވާން ކައިރިވެފައި ވާއިރު އަދިވެސް ބައެއް އިމާރާތްތަކުން އަލިފާން ނިއްވާ ނުލެވެއެވެ. ނަމަވެސް މިހާރު އަލިފާންގަނޑު ވަަނީ ކޮންޓްރޯލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަބުދުއްﷲ ނާސިރު

    އަޅުގަނޑުމަނިކުފާނައްސެލިއުޓްކުރަން ސަބަބަކީ އެވެހިކަލްތައް އެބުރިޖުނެއްނަމަ މިރޭހެންވޭރުއެއްކޮއްއަދާހުލިވީސް އެހެންނޫންނަމަ ޖަޒީވަންތަކޮއްބާލިދީންފެންޖަހަޖަހާތިބޭންޖެހޭނީ ތިކަމާގުޅިގެން ސޯލިހުކޮމެޓީއެއްހަދަނެ ނަސީދު ޖަލްސާއެއްބާވާނެ މިއީމިގައުމްގެހާލަތާކީ އަޅުގަނޑުގެއުންމީދަކީ ގައުމާހަވާލުވެ އަނެއްކާމެކުހައްޖެން އަޅުގަނޑު އަބަދުވެސް ހުންނާނީމަނިކުފާނުގެ ފަހައްޕުޅުގަ އެއީކިޕާޓީރޫހުގައެއްނޫ މަނިކުފާނުގެގާބިލްކަންފެނިފަހުރީމަ

    41
    3
    • މަވެސް ރޔާމީނާއެކު

      މަވެސް ރޔާމީނާއެކު... ﷲލަސްތަކެނުވެ އަހަރެމެންގެ ރައީސްގެ ގޮނޑީގަ އަހަރެމެންގެ ޙިދުމަތުގަ ލައްވަވާށި... އާމީން..

  2. ޟަމީލް

    މާރިޔާ ވަގުތުން އިސްތިއުފާ ދެއްވާ

    6
    2