ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް ހަދާފައިވާ މަގުން ދުއްވާފައިދިޔަ ވޭނެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ވޭނު ކޮންޓްރޯލްނުވެ މަގުން ކަހާލައިގެން ގޮސް، މަގުގެ އެއްކައިރިއެއްގައި ޓިނުން ހަދާފައި ހުރި ފެންސެއްގައި ވަނީ ޖެހިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. ނަމަވެސް އެކްސިޑެންޓުވި ވޭނާއި އެ ވޭނު ޖެހުނު ފެންސަށް ވަނީ ގެއްލުން ވެފައެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ވޭނުގެ ބްރޭކަށް މައްސަލައެއް ދިމާވެ އޭގެ ކޮންޓްރޯލް ގެއްލުމުންނެވެ.

ފުލުހުން އެ ސަރަޙައްދުގައި މިހާރު ހަރަކާތްތެރިވަމުން ދާއިރު، އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

-އިތުރު ތަފްސީލު އަންނަނީ-

ކިޔުންތެރިންގެ ހިޔާލު