އދ. ގެ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އެމެރިކާއަށް ފުރާވަޑައިގަތުން ފަސްކުރައްވައިފިއެވެ.

ރައީސް ސާލިހް އެމެރިކާއަށް ފުރާވަޑައިގަތުމަށް ކުރިން ޝެޑިއުލް ކުރެވިފައި އޮތީ މިއަދު ހެނދުނު 8:00 ޖަހާ އެހާއިރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މީޑީއާތަކަށް ވިދާޅުވިއެވެ،

ނަމަވެސް ރައީސް ފުރާވަޑައިގަތުން މިއަދު ހަވީރުގެ ވަގުތަކަށް މިހާރު ވަނީ ފަސްކުރައްވާފައެވެ.

ހޫދު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައީސް އެމެރިކާއަށް ފުރާވަޑައިގަތުން ފަސްކުރަންޖެހުނީ މާލޭގައި ރޭ ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަރުކާރުގެ ތެރެއިން ބައެއް ކަންކަން ނިންމަން ހުރުމުންނާއި މުހިއްމު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާތީ އެކަމަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށެވެ.

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ސަރަހައްދަށް ޒިޔާރަތްކޮށްފައި ވެއެވެ. އަދި އެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކާއެކު ވަގުތުކޮޅެެއް ވަނީ ހޭދަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުޗުދޮންބެ

    ކަމެއްވީމަ ދެން ތެޅި ފޮޅޭނެ..ގަވާއިދު ހަދަން.. މީތަ ކަނަކުރަންޖެހޭ ގޮތަކީ

    4
    2
  2. އޮޅުވާލި ވޯޓު

    ރޔާމީން ކެންޕޭނުދަތުރު ކުރުކޮއްފަ މާލެ އައީމަ އިބުރާހިމަށް ފުރަންނުކެރުނީ ރައްޔިތުންގޮވާނެ އެއްޗެހި ހިތަންއަރާފަ.. ދެން ރަގަޅު ތިވަރުވެސް.. އެކަމަކު ދޮގުނުހަދާ ވޭތޯބަލައްޗޭ.. އިބުރަތެ ލިބޭތީއުޅޭ ރޭގެ ހާދިސާއިންވެސް.. ހައްގަކާނުލާ ރައްޔިތުންގެ ހައްގަށްއަރާ މަކަރާ ދޮގާ ހީލަތް ހަދާތީ ސަރުކާރަށް ދިމާވާ މުސީބާތްމީ..