ދިގު މުއްދަތަކަށް ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަ ކަމަށް އެމަނިކުފާނުގެ ވަކީލު ވިދާޅުވެއްޖެއެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޭނެތިގެން އަދީބު ޖަލު ގޮޅި ތެރަށް ވެއްޓުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަދީބުގެ ސިއްހީ ހާލުކޮޅު ދެރަ ކަމަށެވެ.

އަދީބުގެ ވަކީލު މިހެން ވިދާޅުވެފައިވާއިރު މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ފަހުން އާއިލާ އަށް ވެސް އަދީބުގެ ހަބަރެއް ލިބިފައި ނުވާކަމަށް ސިރާޖު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

"އާއިލާއަށް ވެސް އަދި ވަކީލުންނަށް އަދީބުގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވޭ. ވަކީލުންނާއި އޭގެ ފަހުން ބައްދަލުވެވޭ ގޮތް ހަމަޖައްސައި ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ތަކުރާރުކޮށް އެދުނުނަމަވެސް މިއަދާ ހަމައަށްވެސް އެކަން ހަމަޖައްސާފައެއް ނުވޭ. އަދި ބައްދަލުވުން ހަމަޖައްސައި ނުދޭ ސަބަބެއްވެސް ބަޔާންކޮށްފައެއް ނުވޭ." ސިރާޖު މީގެކުރިން ވިދާޅުވިއެވެ.

އަދީބާމެދު އަމަލުކޮށްފައިވަނީ ކިހިނެތްކަން ނޭނގޭއިރު، އެކަން ބަލައި ހަގީގަތް ހޯދުމަށް މުއައްސަސާތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބާރުއަޅުއްވައި އެހީތެރިވުމަށް ވެސް ސިރާޖު ވަނީ ގޮވާލައްވާފައެވެ.

ސުޕްރީމް ކޯޓުން ކުއްލިއަކަށް ކުރި އަމުރެއްގައި އަދީބާއި އޭނާގެ ބޮޑުބޭބެ ހާމިދު އިސްމާއިލް އިތުރުން އިތުރުން ހަތް މީހަކު ދޫކޮށްލަން އަމުރު ކުރިއިރު އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ. އަދި އަދީބުގެ މައްޗަށް ދައުވާ ކުރެވިފައިވާ އެތައް މައްސަލައެއްގެ ޝަރީޢަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖަލީލް

    އެސޮރު އުޅެނީ ނުކައި އެހެންވެ ހޭނެތިދާނު. ފިލައިގެން ބޭރަށް ދެވޭނެ ގޮތެއް ހޯދޭތޯ ތިޔައުޅެނީ

  2. ފަތް

    ތިވާނީ ދެންމެދެންމެ ސަލާމަތްވީހެން ހީވެފަ އެހެންނުވީމަ ހިތްދަތިވެގެން ވީގޮތެއް ކަމަށް.

  3. ފަގިޑި

    އަވަހަށް ނަޝީދާއި ގުޅިގެން ކޮންމެވެސް ޔަހޫދީ ބައިގަނޑެއްގެ އެހީއަށް އެދޭ! އޭރުން ވަރަށް ފައްކާވާނެ

  4. ޟަމިރު

    އެމް އެމް ޕީ އާރު ސީ ގެ ވާހަކަ ނުދައްކާދޯ

  5. މޮހޮނު

    ބަގާވާތް ނާކާމިޔާބު ވީމަ ތިކަހަލަ ފޭކް ވެސް ޖައްސާނެ

  6. Anonymous

    ބަޣާވާތްް ނާކާމިޔާބު ވީމާ ދެން ވެއްޓުން ގިނަވޭ!
    ??

  7. ޕޮގުބާ

    ތިގޮތަށް ވަގުނަސީދުވެސް ބަލިވި

  8. ޖަރިމަ

    ޟމިއީކޮންފދަ ބޮދު ނުބަަވެރކަމެއްހެއޔެވެ މިމީހުންގެ ނުބާކަމާއެވެ ކޮންމެވެސް ދުވަހަކުން މިމީހުންނަށް މިކަންތަށް ދައްކަވާނެވެ އެދުނިޔޭގަވެސް އަދި މިދުނިޔާގަވެސް އިޝާﷲ

  9. ދޮގުމޭން

    ސިރާޖު ތީ ފޭކު މީހެއް. ވައި އަރުވަން އުޅޭ ގޮލައެއް.

  10. ޖޮއްބެ

    ސިރާޖު ކަލޭތިވަރުގެ ބޮޑު ދޮގެއް ތިޔަހެދީ އަދީބު ކިހާވަރެއް ދީގެންތަ؟

  11. ހުސޭނުބޭ

    އަހަރެމެން ދާދި ފަހަކުން ދެކުނީމު ހިތްޕުޅުގެ އާސާސްކަންފުޅާ އުޅުއްވާތީ ބޮޑެތި ކަޅުހަންވަރުގެ އައިވީ ގުޅާގެން އޮންނެވި ބޭފުޅެއްވެސް. އާލާސްކަންފުޅު ބޮޑުކަމުން ތަންތަނަށްވެސް ގެންދާންޖެނުނީ ދެމީހުން އަތުލަފިކޮށްގެން ބާ ގޯނިގަނޑެއް ގެންދާހެން. މިހާރު ފިލާގެން ދިއުޔމުން ހީވަނީ ހަމަ 20 އަހަރުގެ ޒުވާނެއްހެން.

  12. އަދުުލު

    ތިޔަ އަދީބަކާހުރެ ހާދަ ބަޔެއްގެ ސިއްހީ ހާލުދެރަވެފަޔޭވަނީ. އޭރު ހަމަ އެ މަނިކުފާނު ބާރާއި ނުފޫޒުގައި އެވަރެއް ނެތިގެން އުޅުއްވީ. އިލާހިއްޔަ ޢަދްލުގެ އަލުން މަންޒަރެއް މި ފެންނަނީ ވެސް. މިހާރު މި އުޅުއްވާ ބޭބޭފުޅުން ޢިބްރަތް ޙާޞިލުކުރައްވާކަށްނުވޭބާ؟