ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް، އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ފުރާވަޑައިގެންފިއެވެ.

މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސް ސާލިހުގެ ތަޤުރީރު ވެގެންދާނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ މަސްރަޙްގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، ރާއްޖެއާއި އެހެން ޤައުމުތަކާއި، ބައިނަލްއަޤްވަމީ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ތަޤުރީރަކަށް ކަމަށެވެ.

.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ރައީސް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު ގައެވެ.

މި ދަތުރުފުޅުގައި، އ.ދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގަންނަވާ އެކި ޤައުމުތަކުގެ ވެރިންނާއި، އ.ދ.ގެ އެކި ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާވެސް ރައީސް ސާލިހު ބައްދަލުކުރައްވާނެއެވެ.

މިއަދަކީ، ދިވެހިރާއްޖެއިން އ.ދ.ގެ މެމްބަރަކަށްވީތާ 54 އަހަރު ފުރޭ ދުވަހެވެ. ދިވެހިރާއްޖެއިން އ.ދ.ގެ މެމްބަރަކަށް ވެފައި ވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަށުމީހާ

    މިއީ ކޮންކަހަލަ ވެރިކަމެއްތަ؟ ވެރިކަމެއް، ދަޢުލަތެއްގެ ވައްތަރުވެސް ސިފައެއްވެސް ނެތް. ޤައުމު މިހާލުގައި އޮތްވާ ވެރިކަމުގެ ބޮޑުން އާއިލާއާއި ރަށްޓެހިންނާއެކު އަޗާތަޅަން ނިއުޔޯކަށް. ދަޢުލަތެއްގެ ވަސްވެސް މި ސަރުކާރުގެ ހޭކިފައިނެތް. އެހެންނުންވާނީ މަގުމަތީ ބާޒާރުމަތި ކުޑަކުރަން އުޅުނު ބައިގަނޑަކަށް ވެރިކަންކުރަން ލިބުނީމަ. ވާނެ އެއްޗެއްވެ މި ޤައުމު މި އޮޔާދަނީ.....

    24
    1
  2. އަސީ

    ގައުމު މިހާލަތުގަ އޮއްވާ ކޮންމެހެން ރައީސްނުހެހޭ ތިޔަތާކައް ދާކައް

  3. ގިޓާ

    މިފަދަ ހިތާމަވެރިޙާލަތުގައިވެސް ހިތާމަވެރިކަމެއްގެ ކުނޑިފަށެއްވެސް ނުފެނެ އަލުގަޑުސަރުކާރު އިސްތިއުފާ ނުދޭތި ހިތަށް އަސަރެއް ކުރޭތަ؟

  4. މަމެން

    ޖަޒީރާ ރަޢީސް ގެ ފުރަމާނަ ދަތުރުފުޅު ކުރިޔަޢް ގެންދަވާ. ކުދިވެރިންކޮޅެއް ހޯދާ ސެލްފީ އެއް ނެންގެވޭތޯ ބަލަންވާނެ. ޢެހީތަށް މަތިމައްޗަށް ލިބޭނެ ވާހަކައިގެ ވައުދެއްގެ އިންތިޒާރުގައި މިތިބީ!

  5. އަހުމަދު

    ކުޑަ ގައުމަކުން އަލިފުދާލުގައި ވެރިއަކު ތަގުރީރު ކުރިއަސް އަޑު އަހާނެ މީހުނެއް ނުތިބޭނެ ތިޔަ ތަނަށް ކުރީގެ ރައީސް ނުގޮސް އެހެން މީހުން ފޮނުވަނީވެސް ބޭކާރު ކަމަކަށް ވާތީ ...ބޭކާރު ޚަރަދެއް ތިޔައީ އަނެއްކާ އެހީ ލިބޭ ދަތުރެއް ވެސް ނޫން ...މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ނައިބު ރައީސް ނުވަތަ ފޮރިންމިނިސްޓަރ ފޮނުވިނަމަ ރައްޔިތުން ހިތްހަމަ ޖެހޭނެ......