ކެމިކަލް ގެންގުޅުމުގެ ގަވާއިދު ދެ ދުވަސް ތެރޭގައި ގެޒެޓް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރީއާ ދީދީ ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާރިއާ ވިދާޅުވީ، މިނިސްޓަރ ވިދާޅުވީ، ނޮވެމްބަރު ވަނަ ދުވަހު ރައީސް ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ދަނީ ދިރާސާތަކާއި، ސްޓޭކް ހޯލްޑާސްތަކާއި ވާހަކަދައްކަމުން އަންނަ ކަމަށެވެ.

"އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ތަފާތު ވައްތަރުގެ ކެމިކަލް ގުދަން ކުރުން ކިހިނެއްތޯ މި ބޭނުން ކުރުމާއި ބެހޭގޮތުން އަޅުގަނޑުމެން ދިރާސާ ހަދާ ސްޓޭކް ހޯލްޑާސްއާ ވެސް ވާހަކަދެއްކިން. އެ ދިރާސާ ކުރުމުގެ ތެރޭގައި އަޅުގަނޑު ބެލިން ކޮން ކޮންތަނެއްތޯ އެދެވެނީ ބެލިން މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ، ތޮށްޖެހިފައިވާ މި މާލޭގައި ގުދަންތައް ހެދިފައި ވަނީ އެކި ތަންތަނުގައި ކަމަށްވާތީ، އެތަންތަން ބެލިއިރު 126 ކެމިކަލް ގުދަން މާލޭގައި އެބަ ހުރި ކަަމަށެވެ. މި ގުދަންތަކުގެ ތެރެއިން 82 ގުދަނަކީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ހެދިފައިވާ ގުދަންތައް ކަމަށް މާރިއާ ފާހަގަކުރެއްވިއެވެ. އަދި މާލޭގައި ހެދިފައިވާ ކެމިކަލް ގުދަންތަކުގެ ތެރެއިން 98 ގުދަނީ މީހުން ދިިރުއުޅޭ ގެއާއި އިންވެގެން ހަދާފައި ހުރި ގުދަންތައް ކަމަށް މާރިއާ ވިދާޅުވިއެވެ.

"އަދި މި ތަންތަނަކީ މިހާރުވެސް ތަފާތު ވައްތަރުގެ ކެމިކަލް ގުދަންކޮށްފައިވާ ތަންތަންކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު". މާރިއާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މާލޭގައި މިގޮތަށް ގުދަން ކުރާ ފަރާތްތަކާއި ބައްދަލުވުންތައް ރާވާ އެ މީހުންނާއި ވާހަކަދެކެވުނު ކަމަށެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިއާ ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިނިސްޓަރ މާރިއާ ވިދާޅުވީ، މި ހުރިހާ ފަރާތަކާއި ބައްދަލުކޮށް ހެދި ދިރާސާތަކެއް ކޮށް ބައެއް ކަންކަން ނިންމުނު ކަމަށެވެ. އެގޮތުން މިފަދަ ގުދަންތައް މީހުން ނޫޅޭ ތަންތަނަށް ގެންދިއުމާއި،ބޮޑެތި ކެމިކަލް ގުދަންތައް ހެދުމަށް ގުޅީފަޅާއި، ތިލަފުށިން ބިން ދިނުމާއެކު އެކަން ކުރެވޭނެ މަގު ފަހިކޮށްދިނުމާއި، ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކެމިކަލް ނައްތާލުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާްތަކާއި ގުޅިގެން ކުރިއަށްގެންދިއުމާއި، މިހާރުން މިހާރަށްވެސް ވިހާވެސް ކެމިކަލް ގަވާއިދު ގެޒެޓް ކުރުން ކަމަށެވެ.

"މިހާ ހިސާބަށް މި ރާއްޖޭގައި ކެމިކަލް ގުދަންކޮށްގެން ގެންގުޅެމުން ގެންދިޔައިރު، ކެމިކަލާއި ބެހޭ ގަވާއިދެއް ނެތް ހެދިފަކާއެއް. އެހެންވީމަ އަޅުގަނޑުމެން އައިސް އެ ގަވާއިދު ހަދަން އަވަސްވެގަތިން، އަދި ގަވާއިދު ތައްޔާރުކޮށް ޑްރާފްޓްކޮށް އޭޖީ އޮފީހާއި ހިއްސާކޮށް މިހުރިހާ ކަމެއް ކުރަމުން އަޅުގަނޑުމެން މި ދަނީ". މާރިއާ ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިއާ ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މާރިއާ ވިދާޅުވީ، މި ގަވާއިދުގެ މަގްސަދަކީ ނުރައްކާތެރި ކެމިކަލަކީ ކޮބައިކަން ކަނޑައަޅާ، ނުރައްކާތެރި ކެމިކަލް އެތެރެ ކުރާ ފަރާތްތަކުގެ އުސޫލުތައް ކަނޑައަޅާ ބަޔާން ކުރުމާއި، ނުރައްކާތެރި ކެމިކަލް އތެރެކޮށް ގުދަންކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތްތަކާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާން ކުރުމާއި، ނުރައްކާތެރި ކެމިކަލްތައް އެތެރެކޮށް ވިއްކާފަރާތްތަކުން އަމަލު ކުރަން ޖެހޭނެ ގޮތް ބަޔާން ކުރުން ކަމަށެވެ.

މިނިސްޓަރ މާރިއާ ވިދާޅުވީ، މި ގަވާއިދުގެ މަސައްކަތް މިހާރުން މިހާރަށް ނިންމުމުގެ މަސައްކަތް ފަށާ އަންނަ ހޯމަ ދުވަހު ގެޒެޓް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު ވަނީ ނިޔާވެފައެވެ. އަދި 300 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު، ޖުމްލަ 10 އިމާރާތެއް ވަނީ ހުލުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު ކެމިކަލް ގުދަނާއި، މީހުން ދިރިއުޅެމުން ދިޔަ 6 އިމާރާތެކެވެ.

އެ ގުދަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދިވެސް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވޗދސ

    އެނގޭހާވެސް އެއްޗަކީ. ގައުމު ބާރުމިނުގައި އިސްލާހު ކުރާން ބޭނުންނަމަ މިފަދަ ކަންކަކން ގިނައިން ދިމާވުން. ކަމެއް ދިމާވީމަ ފިޔަވަޅު އެޅުން. ދިމާވުމުގެ ކުރިން އަޅާލާނެ ފިޔަވަޅެއް ނުފެނޭ

    10
  2. ާަޕޮގުބާު

    ހުސްދޮގު ތިހަދަނީ މިހާރުން މިހާރަށް މަރިޔާ އިސްތިއުފާދޭންވީ މުޅިގައުމު ގޮއްވާލާއިފި ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެތަށްބައެއްގެ މުދަލާ އެތަށްބައެއްގެ ދިރިއުޅުން ހަލާކުވެއްޖެ.

    18
    1
  3. ތަަރައްގުއި ސަރުކާރު

    ޑިސާސްޓާ އެއްގަ 600 ވަރަކައް މީހުން ބައިތިއްބާލާނެ ޓެމްޕޮރެރީ އެކޮމޮޑޭޝަން ބުލޮކެއްވެސް ރާއްޖޭގައި ގާއިމްވެފަކާއެއް ނުހުރޭ.. އަބަދުވެސް މިޖެހެނީ ކޮންމެވެސް ސުކޫލު ހޯލަކައް ވައްދަން. އެތަންތާގަ ބެއިތިއްބުމައް ވުރެ މިފަދަހާލަތަކައް ތައްޔާރުކުރެވިފައިވާ ޚާއްސަ އިމާރާތް ގަނޑެއް ހާހިސާބުވެސް ހަދާލާފަ ބައްޓާކައް ސަރުކާރުގެ ވިސްނުންކޮށި ބުއްދިޔަކައް ނާދޭ. އަބަދުވެސް ކަމަކާ ލައިގަތީމަ ދެލޯ ނިއްކުރިއައްލައިގެން ކުކުޅުތަކެއްހެން ތެޅޭ މަންޒަރު ފެނިގެންދަނީ.

    11
  4. ާައަސްލަމް

    ސަރުކާރުގެ ހުރިހާ މިނިސްޓަރުންގެ ގޭގެ ތިރީބައިގަ ކެމިކަލް ގެންގުޅެންވީ

    12
  5. ގިޓާ

    މާާވެވަށް ވެއްޓުނު ގެރިޔަށް މިސާލުޖަހައި ހުނުމަށްވުރެ، ކެމިކަލް ގުދަންތަކުގެ ސާވޭއަށް މިސާލުހުމުން މާތާހިރުވާނެ ސާވޭ ނުނިމެނީސް ގުދަންތައް ބަދަލުކުރުމަކީ މުޅިމާލެ އަނދާ ހުލިވުމަށްވުރެ ނުރައްކާކަމެއް އިސްތިއުފާ

    10
  6. އބމ

    ޙިސާބު
    ރަނގަޅެއްނޫން

  7. އަހްމަދު

    ގަވާއިދެއް ގާނޫނެއް ނެތިގެންތަ މިއުޅެނީ. މާރިޔާގެ އިހުމާލުން އަޅާނުލާގެން މިއުޅެނީ. ކަމެއްގެ ވާހަކަ މީހަކު އެންގިއަސް ބީރުކަންފަތެއްދޭތީ މިއުޅެނީ. އަނގަނުފޮކާ އިސްތިއުފާދީފާ ގޭގައި އޮވޭ.