ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކުގައި ދިރިއުޅެމުންދިޔަ ހުރިހާ ދަރިވަރުންނަށް، ކުލަ ހެދުމުގައި ސްކޫލަށް ދިއުމުގެ ފުރުސަތު ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާގައި ގެއްލުންވި ހުރިހާ ދަރިވަރުން ކުލަ ހެދުމުގައި ސްކޫލަށް ދާން ޖެހުނު ކަމުގައި ވީނަމަވެސް އެ ކުދިން ސްކޫލަށް ދިއުމުން ކިޔެވުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން 13 އާއިލާއެއް ގެދޮރު ގެއްލި ވަގުތީ ހިޔާގައި ތިބިއިރު، ކަލާފާނުގައި ޤާއިމްކުރި ވަގުތީ ހިޔާގައި ޖުމްލަ 400 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ހާލުގައި ޖެހިގެން ރަޖިސްޓްރީކޮށްފައެވެ. މި ފަރާތްތަކަށް ކަމާއި ބެހޭ މުވައްސަސާތަކުންނާއި އާންމު ފަރުދުންގެ ބޮޑެތި އެހީތެރިކަން ލިބެމުން ދާއިރު، އެފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި އެނޫންވެސް ސާމާން ވަނީ ފޯރުކޮށްދީފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެފައި ވަނީ، އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު 13 އާއިލާއެއްގެ 83 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އަދި މި ފަރާތްތަކަށް އަންނައުނާއި ނިދޭނެ ގޮތް ހޯދައިދީ، ކާބޯތަކެތި ވަނީ ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގައި އަނދައި އަޅިޔަށްވެގެންދިޔަ ތަންތަނުގެ ތެރޭގައި ހަތް ގެއެއް ހިމެނެއެވެ. ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދިޔަ މި ގެތަކުގައި ސްކޫލަށްދާ ދަރިވަރުންވެސް ގިނަ އަދަދަކަށް އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީމު

    އެކުދިން އެކަނި ކުލަހެދުމުގައި ގެންދިއުމުގެ ބަދަލުގައި އެކުޅަހެއްގެ ހުރިހާކިދިން ކުލަހެދުމުގައި ގެނަދަނ ނިންމިނަމަ އެކުދިން މާ އުފާވާނެ!

    1
    1
  2. ސުއޫދު

    ދެން ފޮތް ތަކޯ؟

  3. އަލީ

    ހާލުގައި ޖެހުނު ކުދިން އުޅޭ ހުރިހާ ސްކޫލެއްގެ ކުދިން ކުލަ ހެދުމުގައި އެކުދިންގެ ޔުނީފޯމް ހަމަޖެހެންދެން ސްކޫލަށް ދިއުމަށް ހަމަޖެއްސެވިނަމަ ވަރަށް ރަގަޅުވީސް ، ހަމަ އެކަނި އެކުދިން ކުލަ ހެދުމުގައި ދިޔުމުން މިކަމުގެ ސަބަބުން އެކުދިންނަށް ކުރާ އަސަރު ބޮޑުވެގެންދާނެ.