ރޭ ހެންވޭރު ގެއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގިތާ 24 ގަޑިއިރު ނުވަނީސް، އަނެއްކާވެސް އެ ސަރަޙައްދުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިރޭ މި ހާދިސާ ހިނގާފައި ވަނީ ގ. ރައިހާނާ ނަމަކަށްކިޔާ ގެއެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 8:50 ހާއިރު ކަމަށެވެ.

މިރޭ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބިދޭސީންތަކެއް އުޅެމުންދިޔަ ގެއެއްގެ ބަދިގޭގައެވެ. މި ހާދިސާ ހިނގިތާ މާގިނައިރެއް ނުވެ ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މިރޭ ހިނގި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ހުރި ތަކެއްޗަށްވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގިގޮތް އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Isis

    Hama allah ge hasratun anna koafaa.....
    Allah akbar.

    22
    2
  2. ސިލްސިލާ ރޯކުރުން

    ބަންގާޅީން އެތެރެކުރުން ހުއްޓާ ފޮނުވާލުމުގެ ބިރުއޮތީމަ އެމީހުން ކުރާކަމަކާ ވައްތަރީ. ތިލަފުށީގެޔާ މިރޭގެ ގޭގަވެސް ބަންގަޅީން.

    މާރިޔާ ބުނީ 150 ސިފައިން ނެރުނީ މިއޮއްބޮޑު ޑިފެންސްފޯސް އިން!!!! 1000ވުރެ ގިނަ އާންނުން އުޅުނު އެހީވާން. ލަދު.

    11
    3
  3. I.s.i.s.

    Hama allah ge hasratun anna koafaa.....
    Allah akbar.

    16
    2
  4. ކެނޑި ލަގޮނޑި ބެ

    ބަންގާޅިން ނަށް ތަން ތަން ދޫ ކޮށްލައިފަ ހުންނަން ޏާ ވާނީ ތިހެން.އަދި ތިއަށްވުރެ ބޮޑެތި ކަންތައްތައް ވެސް ޖެހޭނެ.