އައްޑޫ ސިޓީ ހުޅުދޫގައި 70 އަހަރުގެ އަންހެނެއްގެ ގަޔަށް ވަޅި ޖެހުމަށް ފަހު ފައިސާތަކެއް ފޭރިގެންފިއެވެ.

ފުލުހުން ވަނީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަނިޔާ ކުރުމަށް ފަހު އެމީހާ އަތުން ފޭރިގެންފައިވާ މައްސަލައެއް މިރޭ 21:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިފޭރުމުގައި އަނިޔާ ލިބުމު މީހާ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށާއި މިމައްސަލަ އާއި ގުޅިގެން އިތުރު މައުލޫމާތު ލިބުނު މިންވަރަކަށް ހިއްސާ ކުރައްވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހުޅުދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އަންހެން މީހާ އަކީ އެކަނި ދިރިއުޅޭ މީހެއް ކަމަށާއި އޭނާ އަށް ހަމަލާދިނީ ގޭގައި ހުއްޓާ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެގެއަށް ވަދެ ކަމަށެވެ.

މައުލޫމާތު ދިން މީހާ ބުނީ އަންހެން މީހާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާޢި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ އަންހެން މީހާގެ އަތައް ކަމަށެވެ. ވަޅި ޖަހާފައި ވަނީ އަންހެން މީހާގެ އަތަށެވެ. އޭގެ އިތުރުން ލޮލަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢާދަނުބެ

    ޢަލިފާނަށްވުރެން މިއުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނުރަށްކާ މިގައުމަށްބޮޑު ތި ހުރިހާ ކަމެތްގެ އަސްލަކީ މަސްތުވެ މީހާ ހަމަ ބުއްދިނެތުން މަސްތުވާތަކެތި ވިއްކާ އެބޭނުން ކުރާމީހުންނަށް މަރުގެ އަދަބުދޭން ގޮވާލަން

    64
    1
    • ޢަނގަ ފނދ

      ތިކަމެއް ނުވާނެ.
      ޢެމީހުންނެތް ދުނިޔެއެއްގައި ސިޔާސީ މީހުން ކިހިނެއް އުޅޭނީ.
      ބޮއިގެން މަގުމަތީ އެނބުރޭ އިރުވެސް އެއްވެސް ފިޔަވަޅެއްނާލާ.

      3
      1
  2. ބެއްޔާ

    ޢައްޑޫ މީހުން ހާދަ ނުލަފައޭދޯ

    45
    8
  3. ޕޮގުބާ

    އަނިޔާ ވެރި ވެރިކަމެއް ރަށްޔިތުން ހަލާކުކޮއްފި

    44
    11
  4. ދިވެއްސެއް

    މި ރާއްޖެ ހަލާކުވަނީ ތިކަހަލަ ގޮތެއް ފޮތެއް ނެތް މީހުންގެ ސަބަބުން. ފައިސާގެ ދަހިވެތިކަމުގައި ކޮންމެ ކަމެއްވެސް ކޮށްފާނެ. އެއްއިރެއްގައި ދިވެހިންނަކީ އެއްބައިވަންތަކަމުގައި އެފަދަ ދެވަނައެއް ނެތް ބައެއް. ދިވެއްސަކަށްވެހުރެ ހިތާމަކުރާ ކަންކަން މިއަދު ފެނިގެން މިދަނީ..

    48
    2
  5. ސަމި

    ޓެރަރިސްޓް އެއް ނޫންބާ އަވަހަށް ދީނަށް ލޯބި ކުރާ ބައެއްގެ ބޮލުގަ އަޅުވާ އަނގަ ބޮޑު މާރިޔާ

    46
    4
    • ހުސޭނު

      ވަޅިޖަހާ ސަރުކާރު. ރައްޔިތުން ހަނާވަނީ. ވަޑިތަޅަމުން ނިއުޔޯކަށްދާހިތުން ސާލޭ އޭންދީ އެމެރިކާއަށް ގޮސް. އަނިޔާގެ ހައްދެއްނެތް. އިސްތިއުފާ

  6. ކީއްކުރާނީ

    މީހަމަ އިންސާނުންތަ! ކޮބާ އަންސާފު، ކޮންދުވަހަކުން އަރާހަމަކުރަނީ

    34
    1
  7. ހުޅުރާއްޖެ

    ސިޓީއެއްގެ ދަރަޖައަށް ފުރާ ފުރިހަމަވީ. ދަންނަވާކަށް އިތުރު ވާހަކައެއް ބުނާކަށް އިތުރު އެއްޗެއް ނެތް. ކުށްވެރިންނަށް ހައްގާއި މިނިވަންކަމާއި އުފާވެރިކަން. ޒިންދާބާދު.

    44
  8. ގުޑުގުޑާ

    އައްޑޫގަ މިކަހަލަ ކަންތައްވެސް ހިނގާ. އެކަމަކު މާލޭ މީހުން އެތައް ބަޔަކު މަރައިފި. އަފުރާޝީމު، ރިލުވާނު، މިހެންގޮސް އެތައްބައެއް. ތަމަޅައިން ގެނައީ މާލޭމީހުން. އައިސިސް ގެނައީ މާލޭމީހުން. ފުލެޓަށް ފައިސާ ނަގައިގެން ފިލީ މާލޭމީހެއް. ހައްޖަށް ފައިސާނަގައިގެން އޮޅުވާލީ މާލޭމީހެއް. އެމްއެމްޕީއާރުސީ 3 ބިލިއަން ދަވާލީ މާލޭމީހެއް. މަނީލޯންޑްރިން ދައުވާ އުފުލާފަ އެތިބީ މާލޭ ބަޔަކަށް. އެފްޕީއައިޑީއާއި އެއާމޯލްޑިވްސް ދަވާލީ މާލޭމީހެއް. ވަގުފައިސާ ޖަހައިގެން އުޅުނީ މާލޭބައެއް. ރަސްކަމުގަ ހުރެފަ ދީންބަދަލުކުރީ މާލޭމީހެއް.

    7
    1
  9. އަންނި

    ފުލެޓު ދޮންބެވެސް ބުނެފަ އޮތީ އެންމެން އަބަދަކު ހަމާގައި ތިބޭކަށް ނުޖެހެޔޭ ދޯ......ސޯ އެންބަޔަކު ޖެހޭނެ ދޯ ބޮއެލައިގެން ގޮސް ތިކަހަލަަ ޖަރީމާތައްވެސް ރާއްޖޭގައި ހިންގަން......ނޫނީ އެމްޑީޕީ ވެރިކަމެކޭ ނުބުނެވޭނެ......

    • Anonymous

      ބަލަﷲ އެންގެވި ގޮތަށް ކީއްވެތަ ނޫޅެނީ!

  10. ކޮރަލް

    ޖަލުގަ ހުރި ގިނަ ކުއްވެރީން ތަކެއް ދޫކޮށްލައިފިއެވެ.

  11. އއ

    ފިނޑިބައެއް

  12. ޢިކުރާމު

    ޑުރަގުބޯ މީހުންނައް މަރުގެ އަދަބުދިނުން ވަރައް މުހިން މު މިކަ މާހުރެ ރާއްޖެ ހަލާކުވަ މުން. މިދަނީ

  13. ނުރަބޯ

    ތިޔައީވެސް އެޖެންޑާ-19 ގެ ދަށުން ހިނގާ ކަންކަން.