ބަންގްލަދޭޝް މަސައްކަތްތެރިންނާއި ބެހޭ ގޮތުން ރާއްޖެ އިން ދައްކާ ވާހަކަ ރަނގަޅުނޫން ކަމަށާއި އެވާހަކަތަކުގައި އޮޅުންތަކެއް އެބަހުރި ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީ އިން ބުނެފިއެވެ.

ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ކޯޓާ ނުދޭން ރާއްޖެ އިން ނިންމުމުން ބަންގްލަދޭޝްގެ މީޑިއާތަކަށް މައުލޫމާތު ދެމުން ރާއްޖޭގައި ހުންނަ އެގައުމުގެ އެމްބަސީގައި މަސްކަތްތެރިންގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ފަސްޓް ސެކްރެޓަރީ މުޝްފިގާރު ރަހުމާން ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ކޯޓާ ދިނުން ހުއްޓާލާފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރާއި ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވީނަމަވެސް އެކަން ރަސްމީކޮށް ދިވެހި ސަރުކާރުން ބަންގްލަދޭޝް އެމްބަސީއަށް އަންގާފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ ބަންގްލަދޭޝް މީހުންނަށް ކޯޓާ ނުދޭން ނިންމާފައި ވަނީ ކޯޓާގެ ގޮތުގައި އޮތް 150000 މީހުންނަށް ވުރެ އިތުރަށް ބަންގްލަދޭޝް މީހުން ރާއްޖެ އަށް އެތެރެވެފައި ވާތީ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވާ ކަމަށާއި ނަމަވެސް އެއީ އެންމެ ރަނގަޅު ވާގަކައެއް ނޫން ކަމަށެވެ.

"ރާއްޖޭގައި އެބައުޅޭ ލައްކައެއްހާ ބަންގްލަދޭޝް މީހުން. ނަމަވެސް އެއަދަދު 150000 އަކަށް ނާރާނެ. ދެން އެބަތިބި 40000 ވަރަކަށް ބަންގްލަދޭޝް މީހުން އެއްވެސް ލިޔެކިޔުމެއް ނެތް. އަޅުގަނޑުމެން ދިވެހި ސަރުކާރުގައި އެދިފައި ވާނެ އެމީހުންގެ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ނަމަވެސް ދިވެހި ސަރުކާރުގެ އެއްވެސް ޖަވާބެއް ނުލިބި ތިއްބާ ކުއްލިއަކަށް މިއަޑުއިވުނީ ބަންގްލަދޭޝް މީހުންނަށް ކޯޓާ ދިނުން ހުއްޓާލި ޚަބަރު." މުޝްފިގާރު ވިދާޅުވިއެވެ.

މުޝްފިގާރު ވިދާޅުވީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ގިނަ މީހުން ލިޔެކިޔުމެއް ނެތި އުޅެން މަޖުބޫރު ވެފައި ވަނީ މަސައްކަތް ކުރުމަށް ފަހު މުސާރަ ނުދޭތީ އެމީހުން ވަޒީފާ އަދާކުރަމުން އަންނަތަން ބަދަލު ކުރުމުން ކަމަށެވެ.

ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

 1. ނާދިރާ

  ބަންގްލާދޭސްއަކީ މަސައްކަތު މީހުން ފޮނުވައިގެން ގައމުތައް އިސްތިއުމާރުކުރާ ގައުމެއް

  88
  17
  • ދުބާއި

   2 މިލިޔަން ބަގުލާދޭޝް އަދި އެހެނިހެން ގައުމުތަކުގެ 5 މިލިޔަން މީހުން ދުބާއި އަބޫދާބީގަ މަސައްކަތް ކުރަން އެބަތިބި، މައްސަލައެއްނުޖެހޭ ، ގަވައިދާ ޚިލާފަށް އުޅޭ ބަޔަކުނެތް، ކްރައިމް ރޭޓް 0.1% ގަ، އެއްލައްކަ މީހުން ގެ އާބާދީއެއްއުޅޭ މާލޭގަ މިއުޅެނީ ސަލާމަތްނުވެގެން، ގަވައިދެއް ގާނޫނެއް އިމްޕްލިމެންޓެއްނުވޭ!

   9
   1
  • ހާލަތު

   އެހެން އަދި އެ ރޭވުމިގެ ފަށުން ޤައުމުތަކަށް އެތެރެވެ ފާސްޕޯޓު ގެއްލުވާލާ.. ދެން ބަންގާޅުން އެމީހުންނާ ހަވާލުވާން ދެކޮޅު ހަދާ.. ދެންވާ ގޮތަކީ އެ ޤައުމެއްގަ ތިބެގެން އާބާދީ ގިނަކޮށް ބާރުގަދަކޮށްލަނީ.. ރޮހިންގާ މީހުންނަކީވެސް އެގޮތަށް މިއަންމާއަށް އެތެރެވެފަ ތިބި މީހުން.. މިކަމަށް އޮތް ހައްލަކޯ ބައޯ ޕާސްޕޯޓް ނެތް ޤައުމުތަކުގެ މީހުން އެތެރެކުރުން މަނާކުރުން

   23
   7
  • ހަޒީފް

   ގިނައަދަދެއްގެ ދިވެހީންނަކީ ހަރާމެއް ހަލާލެއް ނުބަލާ ފައިސާކެއުމައް އެއްވެސް ޖެހިލުމެއް ނުވާ އަދި ކަންނެތްކަންމަތީ އުޅެމުންދާ ހީވާގިކަމެއް ނުހުންނަ ބަޔެކޭވެސް ބުނެވިދާނެ. ބަނގްލަދޭޝްމީހާ އަކީ ކިތަންމެ ނިކަމެތި މީހަކައް ވިޔަސް އޭނާ އެބަ އަތުންފައިން ހީވަގިކަމާއި އެކު މަސައްކަތް ކުރޭ، އެއީވެސް ދިވެހި މީހާ އޭނަޔައް ކުރާއް ދުއްތުރާލާއި އަދި މަދު މުސާރަކޮޅު ހިފަހައްޓާ އިތުރުވަގުތު ހުއްޓުމެއްނެތި މަސައްކަތް ކުރުވަމުން ދާއިރު. އަދި ދިރިއުޅެން ބައިތިއްބަނީވެސް އެހާ ނިކަމެތި ހާލުގަ. ދެން ބަނގުލަދޭޝްމީހާއައް އެއްވެސް ޓުރޭނިންއެއް ނުދޭތާގައި އޭނާ ކުރާ ކޮންމެ މަސައްކަތަކައް ފާޑުކިޔާ މަސައްކަތް ކަމުނުގޮސްގެން ހަޅޭލަވާ ބިރުދައްކާ ހަދާނެ. އެމީހުންނައް ނަފްސާނީ އެތަކެއް ބިރުވެރިކަމަކާއި ކުރިމަތިލާންޖެހޭ އިރު ދިވެހީން ތިބެނީ އެމީހުންނަކީ ގެންގުޅޭ ޖަނަވާރުތަކަކައް ހަދާފަ. އެކަމަކު އެމީހުން ލައިގެން 150 ޑޮލަރު މަހަކު ދީފަ ކުރާ މަސައްކަތް ދިވެއްސަކު ނުކުރާނެ 12000 ރުފިޔާ ދިނަސް. މިކަމުގެ ފުރިހަމަ ފައިދާ އެންމެ ނާޖާއިޒުކޮއް ހޯދަމުންދާއިރުވެސް މިކިޔަނީ ބަނގްލާދޭޝްމީހުންނަކީ އިސްތިއުމާރު ކުރާ ބަޔެކޯ. ބަލަގަ ދުވެހީން ކޯޓާ ހީދައިގެން ބޭރުގެ އެޖެންޓުންމެދުވެރިކޮއް އެޕްލައި ކުރުވާގެން ގެންނަބަޔެކޭ ބަނގުލާދޭޝް މީހުންނަކީ. ދިވެހީންނައް ކެތް ކުރެވޭނެ ނަމަ އެމީހުން ނެގެނެސް ތިބެބަލަ ދިވެހި ވިޔަފާރިތަކަށާއި ބާޒާރުގެ އަގުތަކައް ވާގޮތްބަލަން. ތިމާމެން އަތުގަ މާމޮޅު ފޯނެއް އޮވެފަ މާމޮޅުން ޖިންސެއް ލެވިފަ އިންސްޓޯލްމަންޓައް ސައިކަލެއް ނަގައިގެން އުޅެވުނީމަ ގިނަ ދިވެހީން ތިބެނީ ހަގީގަތް އޮޅިފަ. ބަނގްލާދޭޝްމީހުން ރާއްޖެ އަށާއި އެހެން ގައުމުތަކައް ދަނީ ދިރުއުޅުނައް ފައިސާ ހޯދަން.. އެތަންތާގައި ޝޮޕިންކިއް އެތަންތާގައި ވަޒަންވެރިވާކަށެއް ނޫން..އެމީހުންގެ ލޭބާރ ޚިދުމަތް އެފަދަ ކުޑަ މުސާރަތަކުގައި ނުދޭނަމަ ގިނަ ގައުމުތަކުގެ ބޮޑެތި ތަރައްގީގެ މަޝްރޫތަކުގެ އަގު ޑަބަލް ވެގެންދާނެ. މިހުރިހާކަމެއް މިހެތް އޮތް އިރުވެސް ގޮސް މިވަނީ ބަގުލަދޭޝްމީހާ. އެކަމަކު ހެނދުނު ހޭލައިގެން އައިސް ކަންނެތް ކަންމަތީ އިނދެ ހޮޓަލުން އޯޑަރު ކުރާ ސައިތަށިވެސް އެއީ އެބަނގުލަދޭޝް ނިކަމެތި މީހާގެ މަސައްކަތުން ގެނެސްދޭ އެއްޗެއް. ގޭގެ ދިހަވަނ ބުރިއައް އެތަކެއް ފެންކޭހެއް ހިފައިގެން އަރަނީ ވެސް އެ ބަނގްލަދޭޝްމީހާ.. ބަލިހާލުގައި އުޅޭ މަންމަ ބައްޕަ ބަލަނީވެސް އޭނާ.. ސުކޫލް ދޮށައް ކުދީންބަލާދާ ކާރުވެސް ދުއްވަނީ އޭނާ.. ގޭގަ ކައްކަނީވެސް އޭނާ.. މަސްބާނަންދަނީވެސް އޭނާ.. ބޮސް ގެ ގުދަން ބަލަހައްޓަނީވެސް އޭނާ.. ގޭގެ ސެކިއުރިޓީއަކީވެސް އޭނާ.. ފިހާރަ ަބަލަހައްޓަނީވެސް އޭނާ.. ހުކުރު ދުވަހު ހުކުރައްދަނީ ވެސް އެމީހުން.. ހޮސްޕިޓަލް ސާފުކުރަނީވެސް މަގު ހަދަނީވެސް މިލިޔަން ޑޮލަރު ޚަރަދުކޮއްގެން އަޅާ އިމާރާތް އަޅަނީވެަްސް އެމީހުން. އަދިވެސް ބަންގާޅު މީހާ ދޯ ގޯހީ..

 2. ނައުފަލް

  ރަގަޅު ވާހަކައެއް ގިނަވާނީ އިގިތިބެ ގަވާދުއާއި ހިލާފައް ބަޔަކައް ކަޓު ދީގެން އެތެރެ ވެފަ ތިބިމީހުން

  36
 3. އަދާލަތު

  ބަނގުލަދޭޝް އެމްބަސީން އެ ދައްކަވަނީ، ރަނގަޅު ވާހަކައެއްބާ؟ ލިއެ ކިއުންތައް ނައްތާލާ ޤާނޫނާއި ޤަވަޢިދާޚިލާފަށް ބަނގުލަދޭޝްއިން ރާއްޖޭގައި އުޅެމުން، އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނާއި، ޤަވަޢިދާ ޚިލާފު ހުރިހައި ޢަމަލުތަކެއް ހިންގާމީހުންނަކީ، ދިވެހިންކަމަށް އެމްބަސީން ނިންމެވިދާނެތޯ؟ ނޫންނަމަ އެފަދަމީހުން އައީ ކޮން ޤައުމަކުން ކަމާއި، ކޮންޤައުމެއްގެ ޕާސްޕޯރޓްގައިކަން ހާމަކޮށްދެއްވިދާނެތޯ؟ މިހާރުވެސް ހަފްތާއަކު، 10،12 ޒުވާނުން ދަންވަރު ފްލައިޓްން މާލެ ގެނެސް ރާއްޖެތެރެއަށް ފޮނުވަން ރާއްޖޭގައި ވަގަށް އުޅޭ ބަންގާޅު އޭޖެންޓްން ހިންގަމުން އެ ގެންދާ ޖަރީމާތަށް ހުއްޓުވިދާނެތޯ؟ މިހާރު ދިވެހިރައްޔިތުން މާލެއާއި، ރާއްޖޭގެ ރަށްތަކުގައި ދިރިއުޅުމަށް ނުކުޅެދޭ ޙާލަތަށް ގެންދިއުމުގައި، އެމްބަސީގެ ދައުރެއް އެބައޮތްތޯ؟ މި ސުވާލުތަކަށް އެމްބަސީގެ ރަސްމީ ޖަވާބެއް މީޑިއާއިން ބޭނުންވޭ.

 4. މުޙައްމަދު

  އަލުގަނޑަކީ މިސަރުކާރަށް ތަޢީދުކުރާ މީހެއްނޫން އެހެންނަމަވެސް ސަރުކާރުން އެޅިފިޔަވަޅަށް އަޅުގަނޑު ތާޢީދުކުރަން

  41
  5
 5. އ

  ކޮން ގައުމަކުން ތޯ އަގުހެޔޮކޮށް މަސައްކަތު މީހުން ލިބެނީ ދިވެހިނެއް ނުލިބޭ ތަނެއް އިމާރާތް ކުރަން ޖެހުނުަސް ހޮޓަލުގައި ކައްކަން ޖެހުނަސް ގޭތެރެ ސާފު ކުރަންޖެހުނަސް ދަނޑު ހައްދަން މަސް ވެރިކަން ކަނޑުބޯޓް ތަކުގައިވެސް ހަމަ އެމީޙުން އެއަގުގައި މީޙުން ލިބިގެން މިހާރުވެސް މިއަގުގައި އިމާރާތް ކުރެވެނީ ކަންކަން ކުރެވެނީ އިސްތިއުމާރޭ ކިޔަަން ދިވެހިން ލަދުގަންނަން ޖެހޭނެ .... ލަންކާގައި 10000 ހާސް މީހުން ދިރިއުލޭ... އިންޑިޔާގައި 5000 މީހުނ

  16
  30
  • ސަގީލް

   ދިވެހީންނައް އިނގޭނީ ހުސް އަނގަތަޅަން.. އެއްވެސް ހަރުދަނާކަމެއް އިޚްލާސްތެރިކަމެއް ހީވާގިކަމެއް ނުހުރޭ ދިވެހީންގެ 70 ޕަސެންޓު މަސައްކަތު އާބާދީގެ. ކޮރަޕްޝަން ހިންގާނެ ގޮތްގޮތާއި ގުޅިގެން ވައްކަން ކުރާނެ ގޮތްތައްހޯދުން އޮންނަނީ އެންމެ ބުރަކޮއް ކުރާ މަސައްކަތަކައް.. އެޔައްފު ސިނގިރޭޓު ބުއިމާއި ވޭޕް ކުރުމާއި ބެންކޮކައް ދިއުމާއި ހުސް އަނގަތަޅަން ކޮފީއައް އެރުމާއި ނުކިޔަވާ ޑިގުރީހެދުން އޮންނަނީ. ދިވެހީންނަކީ މި ސަރަހައްދުގަވެސް ތިބޭ އެންމެ ކަންނެތް އެންމެ ވަގުމީހުން.. ތިމާމެންވަރު ބަޔަކު ނެތްކަމައް ހީކޮއް އަވައްޓެރިގައުމުތަކުގެ މީހުންނައް ހަޖޫޖަހަމުން ގޮސް ހަމަ އެމީހުންގެ ކައިރިއައް ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކައް ދާބަޔެއް ދިވެހީންނަކީ. ދިވެހީން އެބަޖެހޭ ކައިރި ހުރިހާ ގައުމަކައް އެރުން މަނާކުރަން.. ޔަހުޖޫޖް މަހުޖޫޖު ކަހަލަ ފިތުނަވެރި ބަޔެއް ދިވެހީންނަކީ.

   4
   6
 6. އ

  ކޮން ގައުމަކުން ތޯ އަގުހެޔޮކޮށް މަސައްކަތު މީހުން ލިބެނީ ދިވެހިނެއް ނުލިބޭ ތަނެއް އިމާރާތް ކުރަން ޖެހުނުަސް ހޮޓަލުގައި ކައްކަން ޖެހުނަސް ގޭތެރެ ސާފު ކުރަންޖެހުނަސް ދަނޑު ހައްދަން މަސް ވެރިކަން ކަނޑުބޯޓް ތަކުގައިވެސް ހަމަ އެމީޙުން އެއަގުގައި މީޙުން ލިބިގެން މިހާރުވެސް މިއަގުގައި އިމާރާތް ކުރެވެނީ ކަންކަން ކުރެވެނީ އިސްތިއުމާރޭ ކިޔަަން ދިވެހިން ލަދުގަންނަން ޖެހޭނެ .... ލަންކާގައި 10000 ހާސް މީހުން ދިރިއުލޭ... އިންޑިޔާގައި 5000 މީހުން ދެން ވެސް ޖެހުނު ގަައުމެއްގައި އެގައުމު ތަކުގެ މީޙުން އަހަރެމެން ދިވެހިންނާ ދިމާކޮށް ފޮށި ހަދާތޯ އަހަރެމެން އެމީހުންނަށް ކިހާ ހާލެއް މިގައުމުގައި އެބަ ޖައްސާތަ

  12
  17
  • އެއްވަރެއްނޫން

   ތިޔަ ބުނާ ގައުމުތަކުގައި ތިޔަ ބުނާ އަދަދުގެ ދިވެހިން ދިރިއުޅޭނަމަ، އެ މީހުން އެ އުޅެނީ އެމީހުންގެ ޚަރަދަށް ބޭނުންވާ އަދަދަށް ބޭރުފައިސާ އެ ގައުމަކަށް ގެންގޮސްގެން. އެކަމުން އެ ގައުމެއްގެ އިގުތިސޯދަށް ކުރާނީ ފައިދާ. އެއާ ޚިލާފަށް މި ރާއްޖެއައިސް މިއުޅޭ ބިދޭސީ މަސައްކަތުމީހުން މިކުރާ ކަމަކީ މިރާއްޖޭގައި ހުންނަ ބޭރުފައިސާކޮޅު ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް. އެމީހުންގެ ހުރިހާ ޚަރަދަކާ ހަގީގަތުގައި ހަވާލުވެފައި މިވަނީ ދިވެހިރައްޔިތުންނާ. އެމީސްމީހުން ނިސްބަތްވާ ގައުމުތަކަށް ބުރައެއް އުފުލަންނުޖެހި، ދިވެހިރާއްޖޭން ބޭރުފައިސާ އެގައުމުތަކަށް ފޮނުވައިދެނީ. މިކަމުން މިގައުމުގެ އިގުތިސޯދަށް ވަނީ ގެއްލުން. ދެން ކިހިނެއް މި ދެ ކަންތައް އެއްވަރުކުރާނީ؟

 7. ނިޒާމު

  ޟމިކޮން ހައިކޮމިސަނެއްތަ މީނައައް ކޯއްޗެއްތަ އިނގެނީ މީނާ ކިތައްވިޔަފާރި މިތާ ހިންގާތޯސަރުކާރުން ބެއްލެވިތޯ މީނާވެސްއެތައްވިޔަފާރިެއްއެބަހިންގާއިމިގްރޭސަންގެއަސްރަފްމެނާގުޅިގެން..

  20
  5
 8. ކާޅުކެއަސް ސޮއްނުގޮވާ

  މި ސަރުކަަރުން ކޮންމެ ކަމެއްގަވެސް އޮޅުވާލުމާ ފަސާދަ އުފެއްދުން. އިންޑީޔާ އަށް

  25
  6
 9. އަލް އުޘްތާޒް ޝިފާޒް

  ބަގްލަދޭޝް ހައިކޮމިޝަނަކީ މިތަނަށް ޤަވާޢިދާއި ހިލާފަށް ބިދޭސީން ގެންނަމީހުންނަކީ . ޤަވާޢިދާއި ޙީލާފަށް އުޅޭ މީހެއް ފުލުހުން މައްސަލައެއްގައި ނެގިޔަސް ވަގުތުން އެމްބަސީ ހަވާލުވެ މީހާ ދޫކޮއްލަނީ މާލެ ތެރަށް. މީ އެމްބަސީ ރާވާ ހިންގާ ކަމެއް . އެމްބަސީއަށް 10ޑޮލަރު ދައްކައިގެން ޤަވާއިދާޢި ހިލާފަށް މީހުން މިޤައުމުގަ އުޅެނީ. އެހެވެ އެމީހުން ފޮނުވާ ނުލެވޭނެ ހުރިހާ ގޮތެއް އެމްބަސީން ހަދާ.

  23
  6
  • ޢަފީ

   ވަރައްބޮޑު ތެދެއް

 10. މޫސަ

  ބަނގިލާދޭޝް އެމްބަސީއަށް ލިޔެކިޔުން ފޮނުވައިދޭކަށް ނުޖެހޭ. އެމްބަސީގަ ވެސް ތިބި މީހުން ހިއްސާވާގޮތަށް ދިވެހި ރާއްޖެ އަށް އެގޮތްމިގޮތަށް އެތެރެކުރާ މީހުންތައް ކަލޭމެން ގައުމަށް ގެނދޭ ހަމަ މިހާރު! ދިވެހި ސަރުކާރަށް ބިރުދައްކަން އުޅޭނެކަމެއްނެތް.

  26
  8
 11. ލޫޒާ

  ކަންކަން ކުރަން އޮންނަ ގޮތަށް ކުރަން ނޭނގޭ ވަރަށް ގިނަބަޔަކު އަބަދުވެސް ކޮންމެ ސަރުކާރެއްގަވެސް އުޅޭ. ކިޔަވައިގެން ހުއްޓަސް ހިންގަން ނޭނގޭ މީހަކު އިކޮނޮމިކް މިނިސްޓްރީގަ ހުރީމަ ވާގޮތްމިއީ. އެމްބަސީއަށް ނޭނގި ފުރަތަމަ ކޮންމެވާހަކައެއް މީޑިޔާ އަށް.

  13
  6
 12. ސަޓާ

  ޢެެހެންވެދޯ އަމި އއްލަ ގެސްޓް ހަހއުސްތަކާ ހޮޓާތއއަ އްވެސް ހިންގަނީ މުސާރަ ނުލިބޭތީ މިހާރުވެސް ޖޯޝީ ހިނގުމު ގަ އެބަހުރި ދެ ގެސްޓް ހަ އުސް މިހާރު އ އަނެ އްކާ ހޮޓަލެ އް ރެޑީވަނީ ދިވެ އްސެއ އް ނުފެނޭ ހަމަމުޅިން ބަންގާޅު މީހުން. ޢިމިގްރޭޝަނުން ބަލާބަލަ މިކަން

  17
  3
 13. ބޯކިބާ

  ތިހައިކޮމިޝަން ފުރަތަމަ ޑިޕޯޓުކުރަންޖެހެނީ.

 14. ޢަފީ

  ހަމަ ރަނގަޅަށް މުސާރަ ދީގެން ގެންގުޅޭމީހުން ވެސް ފިލއިގެން އެމީހުންގެ ރއްޓެހިންނާެކީދަނީ. އެގެނެއްސަ ހުންނަ ވޯރކްޕާމިޓަކައްވެސްނުބަލާ ޖެހުނު މަސައްކަތެއްކުރަނީ މިމީހުން. ސަރުކާރުގެ ނިންމުން ހަމަ ރަނގަޅު.

 15. ޢަލީ

  ހަގީގަތުގައިވެސް ދިވެހިން ހުރިހާ ގޯހެއް ހަދާފައި ކުށްވެރިކުރަނީ ބިދޭސީން. ނިކަން ބަލާބަލަ ބިދޭސީންގެ ވޯކް ވިސާފައިސާ ދެއްކުމާއި އެމީހުންގެ ވިސާފީ އާކުރުމަކީ ކާކުގެ ޒިންމާއެއްތޯ؟ އެކަން ކޮށް ނުދީ އެކަމަށޭކިޔާފައި އެމީހުން އަތުން ފައިސާވެސް އަތުލާ. އެކަމަކު ކޮންމެވެސް އޭޖެންޓަކު ނުވަތަ ވަޒީފާ ދިން ދިވެހިމީހާ މިހުރިހާ ކަމެއްގައި އިހްމާލުވެ ކާންނުދީ މުސާރަ ނުދީ ނިދާނެ ތަނެއް ނުދީ އެތައް ދުވަހެއް ވާއިރު އެއީވެސް އިންސާނުންދޯ؟ ނުތިބޭނެ. ކޮންމެވެސް ގޮތެއް ހޯދަން އެމީހުންވެސް ދާނެ. އެއީ ފިލީކަމަށް ނުބެލޭނެ. ގޯހީ ދިވެހިން. އެމީހުން ލައްވައި ވިޔަފާރި ކުރުވަނީވެސް ދިވެހިން. ބަނގުލަދޭސް މީހުންނާމެދު ދިވެހިން ވަނީ ވަރަށް ނުބައިކޮށް ކަންތައް ކޮށްފައި. މީ ބަލައި ގަނެވޭނެ ކަމެއްނޫން.

 16. އެދުރުކަލޭގެ

  މުސާރަ ނުދެވެނީވެސް ބޮޑުމުސާރަ ހޯދަން ގެންނަ ފަރާތްތަކަށް ފިލައިގެން ދާތީ. މޯލުވާހަކަ ދައްކާނެ ކަމެއް ނެތް1

  2
  1
 17. ސުމޮން މިއާ

  އަހަރުން މީހާ މައްސަލަނެތީ މަސަކަތް ކުރުއާ ދައްތަ މައްސަލަނެތީ ބަނގުލަދޭސް މައްސަލަނެތީ. ދެން ރާއްޖެ ކޮންމައްސަލަ

 18. ލ

  ދެން ކުރިން ވެސް ހެދި ގޮަތަށް ޕްރޮފެޝަނަލް މީހުން ގޮތުގައި މީހުންއަންނާނީ މިނިސްޓަރަކަށް ތިޔަ ކަމެއްނުބެލެ ހެއްޓޭނެ ކޮންމެ ބޮލަކަށް 10000 ރުފިޔާ ދައްކާލިމާ ވިސާ ލިބޭނެ.... ޓޫރިސްޓް ވިސާގައިވެސް މީހުން އެތެރެ ވޭ ވަރަށް މޮޅަށް އެކަން ކުރަނީ މިއީ ވަރުގަދަ ނެޓް ވޯރަކެއް ދިވެހިން ވެސް ގެސްޓް ހައުސްތައް ހިންގަންވީ އެކަމު އެހޭ މުރާލި ނުވާތީ މިކަން ނުކުރެވެނީ ދިވެހި މީޙާ އޮންނަނީ ދެފައި ދަމާފައި ނިދަން ދެން ބޭރު މީހެއްގެ އަތްމައްޗަށް ދޫކޮށްލަނީ އޭނާ ރަސްކަން ކުރާނީ ފަތިހު ތެދުވުން މުރާލިވުން ބޭކާރު ޚަރަދު ނުކުރުން.. މިހުރިހާ ސިފައެއް އެމީހުންގެ ގައިގާ ހުރޭ.....

 19. ލ

  ދިވެހިން ވެސް ގެސްޓް ހައުސްތައް ހިންގަންވީ އެކަމު އެހޭ މުރާލި ނުވާތީ މިކަން ނުކުރެވެނީ ދިވެހި މީޙާ އޮންނަނީ ދެފައި ދަމާފައި ނިދަން ދެން ބޭރު މީހެއްގެ އަތްމައްޗަށް ދޫކޮށްލަނީ އޭނާ ރަސްކަން ކުރާނީ ފަތިހު ތެދުވުން މުރާލިވުން ބޭކާރު ޚަރަދު ނުކުރުން.. މިހުރިހާ ސިފައެއް އެމީހުންގެ ގައިގާ ހުރޭ..... ބަނގާޅުން މީހުން ނުގެނެސް އިންޑީޔާއިން އިން ގެނައިމާ އެޖެހުނީ ކޮންތާކު އިންޑިޔާ ކެއުންތައް ލިބެން ހުރި ހުރިހާ ތަންތަނަކީ އިންޑިޔާ މީހުންގެ ތަންތަން އެތަނުގައި ކައްކާއިން ފެށީގެން ބާޒާރު ކުރާމީހުންނަކީވެސް އިންޑިޔާ މީހުން އިންޑީޔާ މީހުންގެ ކުދި ފިހާރަތައް މާލޭގައި ބައިވަރު.... މިއީ ހަގީގަތަކީ

 20. ސުއީން

  ރާއްޖެއައް ބަންގްލަދޭޝްމީހުން ނުފޮބުވަން ބަންގާޅު ސަރުކާރުން ނިންމެވުން އެދެން. މިތާގަ އެކި އެކި ކުންފުނިތަކުން އެމީހުން ގެންގުޅެނީ ވަރައް ނިކަމެތިކޮއް.. ބަޔެއް ތަންތާގަ މުސާރަ ނުދޭއިރު ކާލާރިވެސް ނުދޭ.. ނުދީ ބުނަނީ ކަލޭ ޕާރޓް ޓައިމްގަ އެހެން ކަންކަން ކޮއްލައިގެން ހަމަ ޖައްސާލާށޭ.. މިކަމާ ގިނަ ބަނގަލާ މީހުންނައް ބޮސް އާއި ކުރިމަތި ލާން ނުކެރޭ. އެއީ ބޮސް ޗޭންޛު ލެޓާ ނުދީ ކަނޑާލާނެތީވެ. އަދި ރަށައް ހުސްއަތާ ދާންޖެހި އާއިލާއާއި އެހެން މީހުން އަތުން ދަރަނި ނަގަންޖެހި ހާލުގައި ޖެހިދާނެތީވެ. ބަނގްލާ މީހުންނައް ރަނގަޅައް އަންނައުނު އަދި ތާހިރުވާ ތަކެތިވެސް ބަޔެއް ކުންފުނިތަކުން ނުދޭ.. އަދި ވަރައް އިހާނެތިކޮއް ގުނަ ވަގުތު މަސައްކަތް ކުރުވާ. މިތަނަކީ ލޭބާ ފުރެންޑުލީ ގައުމެއް ނޫން. ބަނގްލާދޭޝް އިން ރާއްޖެއައް ފިޔަވަޅު އަޅައިގެން ނޫނީ މިކަމައް ހައްލެއް ނާންނާނެ.

 21. މޯދީ

  ބަލަ ވަކި ބަޔަކާތަ ޖައްސާލައިގެން އުޅެނީ؟ ތިޔަ އުޅެނީ މަކަރާ ހީލަތުން އިންޑިޔާ މީހުން މިޤައުމުގައި ގިނަ ކޮށް ،ފަސާދަ ކުރަން. ރިޒޯޓް ތަކަށް ވެސް މިހާރު ގެންނަނީ ހުސް އިންޑިޔާ މުވައްޒަފުން. އެންމެ ގިނަ ދިވެހިން ގޮވައިގެން މަސައްކތް ކުރި ބަނޑޮސް ރިޒޯޓް ގެ ގިނަ އަދަދެއްގެ ދިވެހިން ވަޒީފާތަކުން ވަކިކޮށް ،އިތުރަށް ދިވެހިން ނުގެންނަން ވަނީ ނިންމާފައި. ބަދަލުގައި ފާއިތުވި 3 މަސް ތެރޭ 30 ވުރެ ގިނަ އިންޑިޔާ މީހުން ވޭޓަރުންގެ ގޮތުގައި، އަދި އެހެނިހެން މަޤާމުތަކަށް ވަނީ ގެނެސްފައި.

  • އަޒްލީފް

   ބަރާބަރު ވާހަކައެއް..

 22. ޢަނގަ ފނދ

  އެބަ ރަނގަޅުވޭ.
  މިގައުމުގައި އިދިކޮޅު މީހުންނާއި އެކު މުޒާހަރާ ކުރާނެ 150،000 މީހުން އެތިބިީ ތައްޔާރަށް.

 23. އަންތަރީސް

  ފުނުވާލަނީކީނޫން އެމީހުން ފިލަނީ މުސާރަބަރާބަރައްދޭތަން ތަނުންވެސްފިލާ. ޢަޅުގަނޑުދަންނަބަޔަކު ގެންގުޅޭމީހުންގެ ތެރެއިންވެސް އެއްފަހަރާ 6މީހުންފިލި އެމީހުންނަކީބަރާބަރައް މަހުގެފުރަތަމަހަފްތާގަމުސާރަދޭ ބައެއް. ލސ މޯލްޑިވެސް

  1
  3
  • ހަފީޒް

   މުސާރަ ދިނީމަ ނިމުނީދޯ.. ނިދަން ދޭތަން ހުރި ގޮސް ބަލާބަލަ.. ކިތައް ގަޑިއިރު މަސައްކަތް ކުރުވާތޯ ބަލާބަލަ..

   1
   1
 24. ޝަރަފީލް

  ބަންގުލަދޭޝުން ރާއްޖެއައް ފިޔަވަޅެއް އަޅާލާފިއްޔާ މިތަން ހުއްޓޭނެ އެކީއެކައްޗަކައް..އިންޑިޔާ ލަންކާމީހުންނެއ ބަނގްލާމީހުން ކުރާ މަސައްކަތް ކޮއްދޭކައް އެ ކުޑަ މުސާރައަކައް ނާންނާނެ.. އަދި ދިވެހީންގެ ހުރިހާ ރުޅިއާއި ބޮސް ރެޔާ ދުވާލު ލަވާ ހަޅޭކުގެ އަޑުއަހާކައް ނުތިބޭނެ އިންޑިޔާ ލަންކާ މީހުންނެއް.

 25. ސަނީފުއްދީން

  ބަނގުލަދޭޝް ސަރުކާރުން މިފަހަރު ރާއްޖެއާއި ދެކޮޅައް ވަރުގަދަ ފިޔަވަޅެއް އަޅަންޖެހޭ..

  2
  2
 26. ބުރޯ

  ބޭނުންވާ އަދަދު ހުށަހަޅަފިނަމަ ކޯޓާ ދެނީވެސް މަދުން .ވީމާ މަޖްބީރުވޭ ކޮންސްޓްރަކްސަންކަހަލަ ރެސްޓޯރަންޓް ކަހަލަ ތަންތަނަށް ބޜނުންވާ އަދަދަށް މީހުންގެންގުޅެން. ވީމާ މައްސަލަ ހައްލުވާނެގޮތެއްނޭގެ.

 27. ބުރޯ

  ރާއްޖޭގަ ދިމާވެގެން އުޅޭ ހުރިހާވެސް މައްސަލަޔަކީ ޕާޓީ ނިޒާމް . ޕާޓީ ނިޒާމް އުވާލާ ކުރިންވެސް އޮތްގޮތަށް ބަދަލުކުރުމުން ގައުމަށް ފައިދާ މާބޮޑުވާނެ ތަރައްގީވެސް ހަލުވި ވާނެ.

  2
  1
 28. ހޮޓެލް ކެލިފޯރނިއާ

  ވެރިކަން ޙަވާލުކޮއްފަތިހުރި އެކަމަށް އަމިއްލަޔަށް އެދުމުން، ދުއް÷ާން ނުކޮށް ޒިންމާދާރު ކަމާއެކު ގައުމުހިންގާ ނޫނީ ވެރިކަމުން އިސްތިއުފާދީ އަހަރެމެންގެއ ވަގުތު ބޭކާރުނުކޮށް. ގަވާއިދާއި ޚިލާށް އުޅޭފަރާތްތަކާމެދު ފިޔަވަޅުއެޅެން ޖެހޭނެ،

 29. ބަންގު ބޮންދު

  އެބުނާ ބިދޭސީންކުރާ ވިޔަފާރިއޭ ބުނާއިރު އޭގައި ގިނައީ ކޮންމެވެސް ދިވެއްސަކު ބަންގުލަ މީހަކު ކުރިއައް ނެރެގެން ހިންގުވަ ވަގު ވިޔަފާރި.. ނުވަތަ ދިވެއްސަކު ބަނގުލާ މީހަކާ އިންދެގެން ކުރަ ވިޔަފާރި. މިތަނަކީ ބަނގުލާމީހުންގެ ހިއުމަން ޓުރެފިކިން ކުރާތަނަކައް ހެދީ ދިވެހިން އަމިއްލަޔައް އެވިޔަފާރީގައި ބައިވެރިވެގެން. ކުރީގެ ރައީސް ޔާމީން މައުމޫނު ދައުރުގަ ލޭބާރ އާއި ހަވާލުވެގެން ހުރި އިރު މިކަންތައް ވަކިން ފުޅާވެގެން ދިޔަކަމުގައި ފާހަނގަ ކުރެވިފައި އެބަހުރި. މިހާރު މިކަމަކީ ފުޅަދާއިރާއެއްގައި ރާއްޖޭގައި ބޭނުން ބަޔަކައް އެމީހަކުގެ ކޮންޓެކްޓުސް ހުރި ވަރަކުން ކުރެވެން އޮތްކަމެއް.. ސަރުކާރުގެ އެތެރެއިންނާއި ބޭރުން މިކަމުން ސުޕާރީ ކާމީހުންގެ ނެޓުވޯކުތައް އެބަތިބި. މިއީ ދިވެހީން ހިންގަ ވިޔަފާރިއެއް.. ދެން ކޮން ބަނގުލަދޭޝް ސަރުކާރެކޭ އެމްބަސީއެކޭތޯ މިކިޔަނީ.. މިއީ ރޯމާ ދުވާލު ހިންގާ ކަމެއް. މިކަމުގައި އަސްލު ހިތްހަމަ ނުޖެހެން ޖެހެނީ ބަނގުލާރައްޔިތުންނާއި އެތާގެ ސަރުކާރު. އެއީ މިތާގެ އުޅޭ އެރަށު މީހުންނާއި ދޭތެރޭ ކަންތައް ކުރާ އިހާނެތިކަމުގެ ސަބަބުން.. މިތަނައް ބަނގުކާމީހުން ނުފޮނުވުމައް އަދިރާއްޖެ ބަނގުލާ އެކްޕޭޓްރިއެޓްސްފޮނުވުން ބަނގުލާ ސަރުކާރުން ބޭން ކުރަންޖެހޭ.. އޭރު މިތާ އުޅޭ ވަގު ދިވެހީންނަށާއި ވިޔަފާރިތަކައް އޮންނާނެ ރާކަނި މަސް ކެވިފަ..