އިއްޔެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު މީހުންގެ ތެރެއިން ފަސް އިންސައްތަ މީހުންނަށް އަދި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ނުދެވޭ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ފަރާތްތަކުން އިއްޔެ ރެޔާއި ހަމައަށް ވެސް ރަޖިސްޓަރ ވުމަށް އައިސްފައިވާ ކަމަށާއި މިހުރިހާ ފަރާތްތަކަކަށް ވެސް ވަގުތީ ހިޔާ ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. "މިހާތަނަށް ރަޖިސްޓަރ ވެފައިވާ 95 އިން ސައްތަ ފަރާތްތަކަށް ވާނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖެހިފައި." ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޓްވީޓްގައި ވިދާޅުވިއެވެ.

ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ މީހުންގެ އަދަދާއި، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ނުދެވޭ މީހުންގެ އަދަދެއް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅެއް ނުވެއެވެ.

އަލިފާނުގެ ހާދިސާގައި ދިހަ އިމާރާތެއް އަނދާ ހުލިވެ، 400 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ގެއިން ނިކުންނަން ޖެހުނު އާއިލާ އަށް ބޯހިޔާވަހިކަން ނުލިބިގެން އެއާއިލާ އިން ރޭ ވަނީ މީޑިއާ އަށް މައުލޫމާތު ދީފައެވެ. ކަލާފާން ސްކޫލްގައި ހުޅުވާފައި ހުރި ސެންޓަރަށް އެއާއިލާ ރޭ ދިއުމުން ސެންޓަރު ބަންދުކުރާ ގަޑި ޖެހިއްޖެ ކަމަށް ވިދާޅުވެ އެހީތެރިކަން ނުދިން ކަމަށް އެއާއިލާ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބެރު މޯޑް

    އެކަކަށްވެސް ނުލިބޭއެ ބުނަންވީނު

    18
    2
  2. ޒާ

    އިބޫގެ އޯގާތެރި ސަރުކާރުގެ އޯގާތެރިކަން ފެންނަންފަށައިފި. އެތައް ބަޔަކު ހާލުގައި އުޅެނީ. މިހާރު އަޅާވެސް ނުލާ.

    7
    1
  3. ހަމަ

    ކީކޭބާ ބުނަން އުޅެފަމިއޮތީ

    3
    1
  4. ކަރޯ

    ކަލޭ ހާދަ ރުޅިއައިއްސަދޯ؟ ކީއްތަވީ ފަސްޕަސެންޓްވެސް ނުލިބޭ!

  5. ނާށި އާދަނު

    މިއަދު މީ ރައީސް ޔާމީންގެ ވެރިކަން ނަމަ ރީދޫމަސްތައް ފޯރިހުރީސް!

    14
    2
  6. އާލިއާ

    ކީއްވެ 95 ޕަރސެންޓަށް ފޯރުކޮށްދެވުން ވާހަކަ ނުލިޔުނީ؟ ނޫހުގަ ސުރުހީ ލިޔާގޮތުން މީހުންގެ މެދުގަ ނަފުރަތު އުފައްދަން ވަގުތުގެ ނޫސއވެރިންނަށް ވަރަށް ރަނގަޅަށް އެނގޭ!