މިދިޔަ ހަފްތާގައި ފުލުހުން ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ފުލުހުން މިއަދު އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 14 ވަނަ ދުވަހުން 20 ގެ ނިޔަލަށް 717 އުޅަނދުގައި ވަނީ ސްޓިކާ ޖަހާފަ އެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ފުލުހުން ސްޓިކާ ޖެހި އަދަދު އެންމެ މަތީ ޖޫރިމަނާ އާއި ގުނަ ކުރުމުން އަންނަ ނަތީޖާއަށް ބަލާއިރު ފުލުހުން ވަނީ މިދިޔަ ހަފްތާގައި ސްޓިކާ ޖަހައިގެން 537750 ރުފިޔާ ދައުލަތުގެ އާމްދަނީ އަށް އިތުރު ކޮށްދީފައެވެ.

މިދިޔަ ހަފްތާގައި ފުލުހުން 519 އުޅަނދު ބަލާ ފާސްކޮށް، ލައިސެންސް ނެތް 115 މީހުން ވަނީ ހިފަހައްޓާފަ އެވެ. އަދި ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 69 މީހަކު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން އާއއްމު ކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 59 އެކްސިޑެންޓެއް ހިނގިއިރު އެއެކްސިޑެންޓްތަކުގައި 18 މީހަކަށް އަނިޔާވެފައި ވެއެވެ. ހަފްތާއެއް ތެރޭގައި 94 ވެހިކަލް ޓޯވ ވެސް ކޮށްފައެވެ. އެހެންކަމުން މިދިޔަ ހަފްތާ އަކީ ފުލުހުން އެންމެ ގިނައިން ވެހިކަލް ޓޯވ ކުރި އެއް ހަފްތާ ވެސް މެއެވެ.

ސްޓިކާ ޖަހައިގެން ހަފްތާއެއްގެ ތެރޭގައި ފުލުހުން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައި ވާއިރު ޕާކް ކުރާނެ ތަންތަން ނުދައްކާ، ވެހިކަލްތަކުގައި ސްޓިކާ ޖެހުމަކީ އާއްމުން ވަރަށް ބޮޑަށް ޝަކުވާ ކުރަމުންދާ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެންދެރި

    މިހާ މުހިއްމު ހަބަރެއް އެހެން ނޫސްތަކުގަ ނުޖަހާ ސަބަބު ބަލާލަން ބޭނުމެވެ.

    3
    1
    • ދެން

      ދެންތިބީ ސަރުކާރަށް ވިކި ހުސްވެފަ އިވާ ސަރުކާރު ދިފާޢު ކުރާ ވަކި އަތަކަށް ގޮސް ހުސްވެފަ އިވާ ނޫސްތަކެވެ. އެމީހުންގެ ކަމަކަށް އޮންނަނީ ސަރުކާރަށް ސަނާ ކިޔުމާ އި ކުރީ ސަރުކާރު ގޯސްކޮށް ވާހަކަ ފެތުރުވުމާ އި، މިސަރުކާރުން ކަމެ އްކޮށް ނުދީ ރަ އްޔިތުން ފެލިޔަސް އެކަން އޮއ އްބަން މީޑިޔާގަ އި މޮޅުވާހަކަ ފެތުރުވުމެވެ. މިކަމަށް ނޫސް ހިންގަން ޚަރަދުވެސް ދަޢުލަތުން ކުރެ އެވެ.

  2. ފަގީރު ކޮއި

    ތިޔަހޯދި ފައިސާ މިހާރުހާލުގައި ޖެހިފައިވާ މީހުންނަށްދިނުމަށްވުރެވަކިންމޮޅުގޮތެެއްނޯންނާނެ

  3. ާަޕޮގުބާ

    ސްޓިކާ ޖަހައިގެންވެސް ސަރުކާރަށް ލާރިލިބޭނެގޮތް ހޯދަންވާނެ މިހާރު ޗައިނާ ވަރެއްނެތް ޔަގީނޭ އެދުންގަނޑަކަށް

  4. ހާލަތު

    މިހާތަނަށް ރާ އްޖޭގަ އި ފާސްކުރި އެންމެ ބޮޑު ބަޖެޓް ފާސްކުރީ މިސަރުކާރުން. އެހެނަސް އަހަރު ދެބަ އި ނުވަނީސް ބަޖެޓް ހުސްވެ އްޖެ. ދަޢުލަތުގެ ރިޒާވްވެސް ތިންފަހަރެ އްގެ މަތިން ނަގަ އި ކަ އި ހުސްކޮށްފި. ދެން އިންޑިޔާ އަށް ގަ އުމު ވިޢްކާލަ އި ނެގި ލޯނުވެސް ކަ އި ހުސްކޮށްފި. މިވަރުންވެސް ބަނޑު ނުފުރިގެން ދެން ނެރުނީ އެއ އްކަލަ އެމީހުންބުނާ ބާޣީ ފުލުހުން ރަ އްޔިތުން ފެލަން.
    މި އޮތީވާ ހެޔޮވެރިކަމެ އް. ރަ އްޔިތުންނަށް ކަމެ އްކޮށް ނުދޭތާ ދަޢުލަތް ބަނޑު އަޅާ ހުސްކޮށްފި. ގަ އުމު ތަރަ އްޤީ ކުރުން ހު އްޓުވަ އި ޖަޒީރާކުރަން މާޒީ އަށް ސޮ އްސުވާލަ އްވަ އިފި.

  5. ސުޓިކާޖަހާތަން އެއޮތީ ފެންނަން

    ސާބަހޭ ރައްޔިތުން ފެލައިގެން ބަޖެޓް ހަމަޖައްސާ ސަރުކާރު.ކަލޭމެން ގާތު ބުނެފައި އޮތްގޮތަކީ ރައްޔިތުން ފެލަައިގެން ލާރިހޯދުންތޯ؟ ޔާމީން އަށްވުރެ ހަބައި ނުލަފާ ވެރިއެއް.ގައިމު ވައްކަންނުކުރާނަމަ 12 ބިލިޔަން ވީނުވީނޭގި ބަޖެޓު ދިރުވާލީމަ ނޫންތަ އެބައި ހަަމޖައްސަން އަހަރެމެން ފެލަނީ.މި ދިޔަ ދެ ހަފްތާގައިވެސް 2 ަފަހަރަށް ސުޓިކާޖަހައިފި.ބަލަ ޕާކްކުރާނެ ތައްނުދައްކައި ސުޓިކާ ނުޖަހާން ބުނެފައި ސުޓިކާޖަހާމީހުން ދައްކާވާހަކައަށް ކިޔާނަން މާރި ކައިރިން އަހަބާލަ.މިހާރުގެ ވެރިއަކީ އަގަ ފ،،ދ އެއް ތޯ؟