އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ޒަކާތު ފަންޑު ހުޅުވާލަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝަހީމް ވިދާޅުވީ ކުއްލި ހާލަތެއް މެދުވެރިވި އެންމެހާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އަދި މާލީ އެހީތެރިކަން ޒަކާތު ފަންޑުން ހަމަޖެއްސި ދާނޭ ކަމަށެވެ. އަދި މިފަދަ ހާލަތުގައި ޒަކާތު ފަންޑު ހުޅުވާލުމަކީ ޝަރުއީ ގޮތުން ބަލާއިރު ޖާއިޒް ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިވަގުތަކީ ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ ޒަކާތު ފަންޑު ހުޅުވައިލަން ޖެހޭ ވަގުތެވެ. ކުއްލި ޙާލަތު މެދުވެރިވި އެންމެހައި ފަރާތްތަކަށް ބޭނުންވާ ޛަރޫރީ މާލީ އެހީތެރިކަން ޒަކާތު ފަންޑުން ހަމަޖެއްސުމަކީ ޝަރުޢީ ގޮތުން ބަލާއިރު ޖާއިޒުވެގެންވާނެ ކަމެކެވެ." ޝަހީމް ވިދާޅުވިއެވެ.

އަލިފާނުގެ ހިތާމަވެރި ހާދިސާގައި ދިހަ އިމާރާތެއް އަނދާ ހުލިވެ، 400 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.

 

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގިނަ ފަރާތްތަކަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދާއިރު އެފަރާތްތަކަށް އެހީވުމަށް ވެސް އެކި ފަރާތްތަކުން މިހާރު ގެންދަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް "ރާއްޖެ ޓީވީ" އިން މިހާރު ޓެލެތޯނެއް ފަށާފައި ވާއިރު، އެހެން ބައެއް ފަރާތްތަކުން ވެސް ގެންދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތްތައް ހިންގަން ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    ޒަކާތުފަންޑުން އެހީތެރިކަމެއްދޭން އެފަންޑުހުޅުވާލެވޭނީ އެފަންޑުގައި އެއްޗެއްހުރެގެންދެއްތޯ އެފަންޑުގައެއްޗެއްހުރިކަން ޔަގީނެއްނޫން

    22
    5
  2. ކިބޫގެ ބިސް

    ކިބޫ ކާލި ދެން ކިހިނެތް ހަދާނިިީ

    4
    1
  3. ސަލާމް

    ޒަކާތު ފަންޑޭކިޔައިގެން ވާހަކަދައްކާކައް ޝަހީމް އަނގަހުޅުވުން ރަނގަޅެއްނޫން.

    1
    5