މި ސަރުކާރަކީ ދުނިޔޭގެ ހުރިހާ ގައުމަކާއި އެކީގައި ގުޅުން ބަދަހި ކުރަމުންދާ ސަރުކާރެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ދުނިޔޭގެ ހުރިހާ ގައުމަކާއި ގުޅުން ބަދަހި ކުރާނޭ ވެރިކަމުގެ ޔަގީންކަން ޝާހިދު ދެއްވީ ޗައިނާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުންނެވެ.

"އަޅުގަނޑު ޗައިނާގެ ހާރިޖީ ވަޒީރު މެދުވެރިކޮށް ޗައިނާގެ ސަރުކާރަށް ޔަގީންކޮށް މިއަދު މި އެރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ދިވެހިރާއްޖޭހެ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކާއި އެކު ގުޅުން ބަދަހި ކުރަމުން ގެންދާ ސަރުކާރެއް ކަން" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާގެ ރައްޔިތުންނަކީ ދިވެހިރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ބަޔަކަށް ވުމާއެކު ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައިވާ ޗައިނާއާއި މެދު އިހްތިރާމްއާއި ލޯބި އިތުރުވެފައިވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި މިދަތުރުގައި ޗައިނާގެ ހާރިޖީ ވަޒީރާއި ބައްދަލުކޮށް ދެ ގައުމުގެ ދޭތެރޭގެ ރަސްމީ ވާހަކަ ދެއްކުން ބޭއްވުނު ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ. އަދި ހަމަ މި ދަތުރުގައި ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުންދާ ކުންފުނިތަކާއިވެސް ބައްދަލުކޮށް، ކުރިޔަށްދާ މަޝްރޫއުތައް ލަސްވެގެންދާތީ އެކަން އަވަސް ކުރުމަށް މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ދިވެެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައި މިއޮތް ގުޅުމަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައިި އޮތް ގުޅުމެއް. ކޮންމެ ސަރުކާރެއް އޮތްކަމުގައި ވިޔަސް ޗައިނާ ސަރުކާރާއި ޗައިނާގެ ރައްޔިތުންގެ އެހީތެރި ކަމާއި އެއްބާރުލުން ދިވެހި ރާއްޖޭގެ ތަރައްގީއަށް ދިވެހި ރައްޔިތުންގެ ފައިދާއަށް ކުރާ ކޮންމެ ކަމަކަށް ހިފެހެއްޓުމެއް ނެތި ލިބެމުން ދާނެ ކަމަށް ޗައިނާގެ ހާރިޖީ ވަޒީރު ވިދާޅުވި" ޝާހިދު ވިދާޅުވިއެވެ.

މި ދަތުރުގައި ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ކުރިޔަށްވުރެ ބޮޑަށް ބަދަހިވެފައިވާ ކަމަށް މިނިސްޓަރ ފާހަގަކޮށްލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އ

  ޝާހިދޫ ރައީސް ޔާމިނު ވެސް އެސިޔާސަތޭ ގެންގުޅުނީ އިންޑިޔާއަށް ރަސްމީ 3 ދަތުރު ރައީސް ޔާމިނު ކުރެއްވި އެހީ ނުލިބިގެންނޭ ޗައިނާގެ އެހީ ހޯދީ އިންޑިޔާގެ ބޮޑުވަޒީރުމޯދީ ރާއްޖެ ނައީ ޔާމިނު ކުރި ކަމަކުން ނޫނޭ އަންނީ އަށް ޝަރިއާތުން ހުކުމް ކުރީމާ އިންޑިޔާއިން ހިތުގައި ޖެހިގެންނޭ ދުވަހަކުވެސް ވެރިިކަމުގައި ހުރެގެން ވެސް އަދި މިހާރުވެސް އިންޑިޔާ އާއި ދިމާއަށް ޔާމިނު އެއްޗެކޭ ނުބުނެއޭ ކަލެއާއި ކަލޭގެ އައުވާނުން ކިހާ އެއްޗިއްސެއް ޗައިނާ އާއި ދިމާއަށް ގޮވިތަ... އިންޑިޔާއާއި ގާތް ގުޅުމެއް އޮވެގެން ވި ފައިދާއެއް ބުނެބަލަ ބޮޑު މަސްރޫއެއް ހިންގާނެ ފައިސާ ކޮޅެއްވެސް ނުދިން އެންމެ ފަހުން ޗައިނާ ގެ ފައިބުޑަށް ވެއްޓެން މިޖެހުނީ ... ދުނިޔޭގެ ފެންވަރުގެ ކުޅިވަރު އިސްޓޭޑިއަމް އެއް އަޅަން..... ޔާމިނުވެސް ބްރިޖު އަޅަން އެއަރ ޕޯޓް އަޅަން އިންޑިޔާއިން އެހީ ނުލިބުނީމާ ޗައިނާގެ އެހީ ހޯދީ .... ކޮސް ނުގޮވާ މިހާރު އިންޑިޔާ ތިބޭނީ ތުން ފިއްތައިގެން ދެން ނުލިބޭނެ މުކޮސްވެސް.......ކިހާ އެއްޗެއްސެއް ކަލޭމެން ގޮވިންތަ... ޗައިނާ ޗުއްޕުވެސް ނުބުނޭ ކަލޭމެން އިންޑިޔާ އައި ގުޅުން ބަހައްޓައިގެން އެކަމު އިންޑިޔާ ކިހާ ފުއްޕުމެއް ފުއްޕިތަ ޗައިނާ އިން އެހީ ހޯދާތީ އެބުރިޖު އޮތްކަމަން ދޯ ކަލޯމެން ސަރުކާރު އައި ފަހުން މިމާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ ހާދިޝާގައި އަވަސް އެހީ ލިބުނީ ހުޅުލޭގައި ހުރި އަލިފާން ނިވާ ލޮރީ ގެނެވުނީ... ވަރަށް ސަލާން

  16
 2. ރައްޔިތުން

  ލާރި ކޮޅެއް ލިބުނީ.. ޗައިނާ އޯކޭވީ.. ޔާމީން ލޯން ނެގީމަ ގޯސްވާނީ

  28
  1
 3. Anonymous

  މަޖްލިހުގެ އުސް ގޮނޑީގައި އިންނަ ކަލޭމެން އެންމެގެ ބޮޑު ބޮސް ބުނާއެއްޗެއް އަޑުއަހާލާފަ ކަލެމެންގެ ޔަހޫދީ ކަމާމެދު އެއްޗެއް ބުނަން އެނގޭނީ.

  19
 4. މިއަދު

  ލަދުހަޔާތްކުޑަކަންދޯ ވެރިކަމުގެ ފުރަތަމަކޮޅުގައި ޗައިނާއާއިދިމާލަށް ގޮވީ މީހަކުނުވަތަ ބަޔަކު ރަތްމަހަށް ނުގޮވާހާ އެއްޗެތި ޗައިނާއާއިނުލާ ދިވެހިރާއްޖެ ތަރައްގީ ނުކުރެވޭނެކަން އެގުނީމަ މިހާރު ޗައިނާވަރެއްނެތް ޗައިނާއަކީ ދިވެހިރާއްޖެ ފޭރެންއައިބައެއްކަމަށް ތުހުމަތުކުރެވޭގޮތަށް ގޮވިގޮވުންތައް ޗައިނާމީހުން ހަނދާނެއްނުނެތޭނެ

  10
 5. އަހްމަދު

  ތިޔަގޮތަށް ވާހަކަ ދައްކައިގެން ޗައިނާ ގޯނިފުލަށްލާން އުޅޭނެކަމެއްނެތް. އެއުޅޭ ނަޝީދު ޗައިނާ އާ ބެހޭގޮތުން ދައްކާ ދޮގު ވާހަކަތަކާ ގޮވާއެއްޗެއްސާ ކުރާމަލާމާތް ޗައިނާ ސަރުކާރަށް ނެގޭކަމަށްތޯ ޝާހިދަށް ހީވަނީ. އިންޑިޔާއިން އެއްވެސް އެއްޗެއް އެހީގެ ގޮތުގައި ނުލިބުނީމާ އެންމެފަހުން ޗައިނާއަށް ސަލާން ޖަހަން މިޖެހުނީ. އަޅެ މިސަރުކާރުގެ މިތިބަވެރިން ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީނު.

  13
 6. ޖައްލޭ

  މިއީ ކުރިން ޤަވްމުތަކަށް ވަގަށްގޮވާފަ އަމިއްލަ އެދުން ބޮޑުވީހިނދު އެ ޤަވްމުތަކަށް ސަނާ ކިޔާ ސަރުކާރެއް! އެކަމަކު އެ ޤަވްމުތަކުން އެދުވަސް ހަނދާން ނައްތާނުލާކަން ތިޔަ ކުރާ ބޭކާރު ދަތުރުތަކުން އެބަ އެނގޭ!

  12
 7. ޒާ

  ޝާހިދު އުނބަށްޖެހީ.

  22
  1
 8. ބުރޯ

  ގައުމަށްލީބޭ އާމްދަނީ ހުސްކުރަނީ ދިވެހިގައުމަށް ފައިދާ ކުރާކަށްނޫން. ހުރިހާގައުމަކަށް ދަތުރުކުރުމުގެ ރެކޯޑް ހޯދުމަށާ ގައުމުތަކުގެ މުއްސަނދިންނަށާ ގައުމުތަކުގެ ވެރިންނަށް އަމިއްލަޔަށް ތައާރަފްވެ އަމިއްލަ ފައިދާއަށް ކުރެވޭ މަސައްކަތެއްގެ ގޮތުގަ . ސަބަބކީ ތިޔަ ދަތުރުތަކުގެ ސަބަބުން ގައުމަށް އަދި މިހާތަނަށް ލޯލާރިއެއްވެސް ނުލިބޭ ކަން. ވީމާ ފައިދާއެއް ކޮބާ ؟

 9. އަބްދުއްލާ

  މިއީ ދުނިޔޭގެ ހުރިހާ ސަރުކާރަކާއި ގުޅުން ބަދަހި ކުރަމުންދާ ސަރުކާރެއް - ޝާހިދު

  5 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 22, 2019 )

  މުސްލިން މަރަމުން ދާ އިޒްރޭލުގެ ވާހަކަ ބުނަން ނުކެރިގެދޯ ތިއުޅެނީ.

  12
 10. ދެމޫނުގެ ވެރިން

  އެންމެ މުނާފިގުކަންބޮޑު ސަރުކާރު. އަޑިއަޑިން ޑީލް ހަދާފައޮތީ މޯދީމެންނާ.