ކ.މަފުށީގައި ހުންނަ މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ތަކެތި އަތުލައިފިއެވެ.

ފުލުހުން ވިދާޅުވީ މާފުށީ ޖަލަށް ގިނަ އަދަދެއްގެ ތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ރޭ 2:25 ހާއިރު ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 21 އަހަރުގެ މީހަކާއި އަދި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިތަކެއްޗާއި އެކު ހައްޔަރު ކޮށްފައިވާ މީހުންނަކީ ދިވެހި ފިރިހެނުން ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ.

ރޭ މާފުށި ޖަލަށް އެތެރެކުރަން އުޅެފައިވާ ތަކެއްތީގެ ތެރޭގައި ހިމެނެނީ

  1. ސިމް ކާޑު (ދިރާގު)
  2. 62 ފޯނު ޗާޖަރު،
  3. 39 ޔޫއެސްބީ ޑްރައިވް،
  4. 22 ހެޑްސެޓް،
  5. 5 އެޑެޕްޓާ،
  6. 31 ފޯނު (ނޮކިއާ، އަދި އެލް އެއިޓް ސްޓާ)،
  7. 41 ސްމާޓް ފޯނު،
  8. 2 ސިވިން ކިޓް،
  9. 5 ނިޔަފަތި ކަނޑާ ދަތި،
  10. 5 ސުޕަ ގްލޫ،
  11. 5 ކަތުރު،
  12. 3 ކުޑަ ވަޅި،
  13. 2 ފެމް ދަޅު،
  14. 2 ކަޓަރު ތިލަ ފޮށި،
  15. 2 އައޮޑިން ލޮނު ޕެކެޓު،
  16. 4 ލޯގަނޑު،
  17. 12 ދުނި ކީސްތިލަ،
  18. 5 ސަމުސާ،
  19. 5 ޔޫއޯ (ފޯކް)

މިމައްސަލަ ކ. މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަބޭ2019

    ތިޔައެތެރެކުރުމުގެވިސްނުންއައީ ކުރީސަރުކާރުން މާބޮޑަށްކާންދިނުމުގެކަންތަކާހެދި ދެންނިސަރުކާރަށްޖެހޭނީއެހަޑިފިލުވަން ބްލީ ޗްހޯދަންޖ

  2. ހުސޭނުބޭ

    ކަލޯގެޔާ! ބިޒިނަހެއް ހިންގަނީތަ؟ އެހެންޏާފަހެ ފިހާރަޔަކަށް މުދާގެންނަން ބޯޓެއްގެ ކެޕްޓަން އަތަށް ދޭ ލިސްޓެކޭ އެއްވަރޭ!