ސޯޝަލް ވަރކަރުން ނެތި ޤައުމު ކުރިއަރައިގެން ނުދާނެ ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓަރ މިގޮތަށް ވިދާޅުވީ، އެ މިނިސްޓްރީގެ ދަށުން ހިންގާ މަރުކަޒުތަކާއި ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައްޔާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގައި މަސައްކަތްކުރާ ސޯޝަލް ވަރކަރުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ޓަކައި މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ "ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް" ޕްރޮގްރާމްގެ ފަސް ވަނަ ބުރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އއެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ ސޯޝަލް ވަރކަރުންނަކީ ޢާންމު ދިރިއުޅުމާ ގުޅިފައިވާ ބައެއް ކަމަށާއި، އެ ފަރާތްތަކުން ޢާއިލާތަކަށާއި މުޖުތަމަޢުއަށް ފޯރުކޮށްދެމުން ގެންދަނީ އަގު ނުކުރެވޭ ފަދަ ބޮޑު ޚިދުމަތެއް ކަމަށެވެ.

އަދި ރާއްޖޭގައި މަސައްކަތްކުރާ ސޯޝަލް ވަރކަރުންނަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަން ފާހަގަކުރައްވައި، އެ ކަންކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޓްރޭނިންގ ކުރިއަށް ދާނީ މި މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ސައިރިކްސް ކޮލެޖުގައެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް މުނީރު ސަފީލްދީންއާއި އެފްޕީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ
އާމިނަތު ލީނާ ޢަލީއާއި މިނިސްޓްރީގެ އިސް ވެރިންނާއި ޕްރޮގްރާމްގެ ފެސިލިޓޭޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމުލަ 22 ސޯޝަލް ވަރކަރުންނާއެކު ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޓްރޭނިންގ ޕްރޮގްރާމްގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުންނާއި މަދަނީ ޖަމުޢިއްޔާތަކުން ސެޝަންތައް ނަންގަވައިދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާސިމްބެ

    މިގައުމު ގައުމެއްގެ ގޮތުގައި އޮންނަތާ ކިތައްގަރުނު ވެއްޖެކަން ގޮއްޔެއަށް އެނގޭތަ؟ މިހާދުވަސް މިވީ ގައުމު ކުރިނާރާތަ؟ ތިޔަބުނާ ވޯކަރުންނާ ޖޯކަރުންނެއް އެގަރުނުތަކުގައި ނޫޅޭ.

  2. ރާނީ

    ލަދުކުޑަ އަންހެނެއް!

  3. ސ.ސ.ވ

    ތިޔަހެން ދަންނަވަން ކެރިލައްވާއިރު، ސޯސަލް ސަރވިސް ވަރަކަރުންނަށް އެކަށީގެންވާ އުޖޫރައެއް އަދިވެސް ނުދެވިގެން އުޅެނީ ކީއްވެގެންތޯ؟

  4. ސޯލް

    ސާބަހޭ ބެޑްޝީޓް ވެސް ބޭނުންވާނެ

  5. އިންސާނާ

    މުޅިގައުމުގަ އެންމެން ސޯށަލް ވޯކަރުންގެ ގޮތުގަ ހަރަލާތްތެރިވިޔަސް ގައުމުގެ އިސްސަފުގަތިބިމީހުން މަގާމު ދިފާއުނުވެގެންް ތައްޔިތުން ގުނބޯހައްދަމުންދާހާހިނދަކު ގައުމެއް ކުރިއަރައެއްނުދާނެ ގައުމު އޮންނާނީ ބެޑްށީޓު އަޅައިގެން