މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން މަޖީއްދިޔާ ސުކޫލް މިއަދު މެންދުރު ފަހުގެ ކްލާސްތައް ކެންސަލްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އެ ސްކޫލްގެ ކިޔެވުން މިއަދު ކެންސަލްކޮށްފައި ވަނީ، ދަރިވަރިންގެ ސަލާމާތައި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ދީފައެއް ނުވެއެވެ.

މަޖީދިއްޔާ ސްކޫލަކީ އަލިފާނުގެ ހާދިސާ ހިނގި ސަރަަހައްދުގައި ހުންނަ ސްކޫލެކެވެ. އެ ސްކޫލްގައި މިއަދު ހެނދުނު ކްލާސްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެޑިއުކޭޝަން މިގޮތަށް ނިންމިއިރު، އެ ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު އެބަހުއްޓެވެ.

އަބަދަށްފެހިމަހުގައި ހުރި ކެމިކަލް ރައްކާ ކުރާ ގުދަނެއްގައި ރޯވެ، ހިނގި މި އަލިފާނުގެ ހާދިސާގައި ޖުމްލަ ދިހަ އިމާރާތެއްގައި ރޯވެ އަނދާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 6 ގެޔާއި 4 ގުދަނެވެ. މި ހާދިސާގައި 460 މީހަކު ހާލުގައި ޖެހިފައިވާއިރު، އަލިފާން ރޯވި ގެއެއްގެ ތެރޭގައި އަންހެނަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަގަޅުގޮތް

    ކެންސަލް ކޮށްފައިވަނީ މެންދުރު ފަހުގެ ސެޝަން. ހެނދުނު ކުދިން ސްކޫލަށް ދިއަ.