ކެމިކަލް ގުދަންތަކާއި ގުޅޭ ކަންކަމުގައި އެއްވެސް ބަޔަކަށް ހުއްދަ ދީފައެއް ނުވާނެ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން މިިގޮތަށް ވިދާޅުވެފައި ވަނީ، ގ. ފެހިމާގެއަށް ފައިބާ ގްލާސް ކެމިކަލް ވައްދަނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް މީހަކު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ.

އެއަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ، ކެމިކަލް ގުދަންތަކަކީ އެމްއެންޑީއެފްގެ މެންޑޭޓްގެ ދަށުގައިވާ ތަންތަނަށް ކަމަށެވެ.

"ފުލުހުން ތިކަހަލަ ކަންކަމުގައި ގޮތް ނުނިންމާނެ ހުއްދައެއްވެސް ނުދޭނެ". ފުލުހުން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ލިބިފައެއް ނުވެއެވެ.

މިކަން މާލެ ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނައުމުން، ސިޓީ ކައުންސިލްގެ މޭޔަރ ވިދާޅުވީ، މިވަގުތު ސައިޓަށް އެ ކައުންސިލްގެ ބަޔަކު ދާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކެމިކަލް ގުދަނެއް ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކީއްކުރާނީ

    މިކަނވެސް ހިނގީ އާނމު އާދާގެ މީހެއްގެ ހިހުމާލުންކމުގައި ވީނަމަ މިހާރު އެމީހަކަށް ނުގޮވަނެ އެއްޗެއް ނުކުރާނެ ކަމެއް ނޯންނާނެ. ހައްޔަރުކޮށް ގެއްލުމުގެ ޒިންމާ ބޮލުގަ އެޅުވިސް. ޢެކަމު މަސްލަހަތު އޮންނަ މީހުންވީމަ 100 ގަނދާ 100 މީހުން މަރުވިޔަސް މައްސަލއެއްނޫން. ކުއްވެރިިިއެއް ނުވޭ. ޢޭރަށް ނުވޭ ގަވާއިދެއްވެސް އޮންނަ ކަމަކަށް.