ބޯކޮށް ވާރޭ ވެހި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ ބައެއް އަތޮޅުތަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވހުދު ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ތ އަތޮޅާއި ހަމައަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައިވަނީ މެންދުރު ފަހު 14:30 އިން މިރޭ 19:00 އާއި ހަަމައަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގިނަ އަތޮޅުތަކަށް ވަނީ ވާރެ ވެހި ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގާފައެވެ. އެގޮތުން މާލެއަށް ކުރި ވިއްސާރާގައި މަގު ތަކުގައި ފެންބޮޑުވެ ގެތަކަށާއި ފިހާރަތކަށް ފެންވަންނަމުން އަންނަ ކަމުގެ ރިޕޯޓް ވަނީ ކޮށްފައެވެ.

މާދަމާގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި ކަނޑުުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ބުނެފައިވާއިރު، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.