ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ދިރިއުޅޭ މަރުކަޒުތައް ހިންގުމަށްޓަކައި ލަފާ އާއި މަޝްވަރާ ދޭ ޙާއްސަ ކޮމިޓީ އެއް މިއަދު އެކުލަވާލައިފިއެވެ.

"ޝެލްޓާ މެނޭޖްމަންޓް އެންޑް ޑެވެލޮޕްމެންޓް ކޮމިޓީ"ގެ ނަމުގައި މި ކޮމިޓީ އެކުލަވާލާފައި ވަނީ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިވަސް އިންނެވެ. އެ މިނިސްޓްރީ ހިމެނޭ ގޮތަށް އިތުރު 13 މެމްބަރަކާއި އެކު އެކުލަވާލާފައިވާ މި ކޮމިޓީގައި ދެން ހިމެނެނީ :

ރައީސުލްޖުމްހުރިއްޔާގެ އޮފީސް

ކުޑަކުދިންގެ ހިޔާ – ސީ.އީ.އޯ

ފިޔަވަތި – ސީ.އީ.އޯ

ޔުނިސެފް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް

މިނިސްޓްރީ އޮފް ހެލްތު

މޯލްޑިވްސް ޕޮލިސް ސަރވިސް

މޯލްޑިވްސް ޕޮލިޓެކްނިކް

ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް

ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އެމްބެސެޑަރ އެއް

އޮންޓަރޕްރިނިއާ އެއް

 

ޝެލްޓާ މެނޭޖްމަންޓް އެންޑް ޑެވެލޮޕްމެންޓް ކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުޑަކުދިން ތިބޭ މަރުކަޒުތައް ކަމުގައިވާ ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގެ ހިންގުން ހަރުދަނާކުރުމާއި އެ ތަންތަނަށް ކުރިމަތިވާ އެކި ބާވަތުގެ މައްސަލަތައް ޙައްލުކުރުމުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ލަފާދިނުން ހިމެނެއެވެ.

3 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލި މި ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު މަދުވެގެން އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، ކުއްލި ހާލަތެއް މެދުވެރި ވެއްޖެނަމަ، ކުއްލި ބައްދަލުވުންތައް ބޭއްވިގެން ދާނެއެވެ. މީގެ އިތުރުން، ކޮންމެ 3 މަހުން އެއް ފަހަރު މިނިސްޓާ އޮފް ޖެންޑާ އާއި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ބައިވެރިވެ ވަޑައިގަންނަވާ ޙާއްސަ ބައްދަލުވުމެއް ބޭއްވިގެން ދާނޭ ކަމަށް އެ މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މީހާ

    ކުޑަކުދިންނާ ބެހޭ މީހުންނައް 10 އަހަރުގެ ހުކުމެއް އާދޭ..

  2. ހަހަ

    ތިކޮމިޓީގަ ތިބީ ކުޑަކުދިންނާ ބެހޭ މީހުން ދޯ؟

    7
    2
  3. ިހިހި

    އެމްމެން އެތްގޮތެއް ނުވާނެދޯ

  4. ކޮމެޓީސަރުކާރު

    މިނިސްޓްރީ ތީދެން ކީއްކުރާތަނެއް. ހުރިހާ މިނިސްޓްރީތައް އުވާލަފާ ކޮމެޓީ ތަކެއް ހަދާފާ ކޮމެޓީތަކުން ސަރުކާރު ހިންގަންވީނު.

  5. Anonymous

    ތިއީ ހަމަ ކުޑަކުދީންނާއި ބެހޭ ކޮމިޓީއެއްތީ.

  6. Anonymous

    އެއްކަލަ ޖަހާލަތު ޕާޓީގެ ހަވަރު ތުންފުއްސި

  7. ހޯހޯ

    މިއޮތީވާ ކޮމެޓީ ސަރުކާރެއް ބޯހަލާކު!

  8. ޙަނީފު

    ޙިޔާއަށް މިހާތަނަށް ގެންދިޔަ ކުދިންގެ ތެރެއިން ކުށުގެ ވެށިން ސަލާމަތްވެފައިވަނީ ކިތަަށްކުދިންކަން ސިދާތާ ބުނެދީބަލަ. ޙިޔާގެ މުވައްޒަފުންނަކީ އެތަނުގެ މުދަލަށް ހިޔާނާތްތެރިވެ ހިޔާގެ ކުދިންނަށް އިހްމާލުވާބައެއް މިކަން ދޮގެއްނުކުރެވޭނެ ސިދާތާގެ މިނިސްޓްރީއަށް

  9. ދޮގެއް؟

    މާތްކަލާކޯ އަނގަމަތީ ފޮތިގަނޑެއް އެއްޗެއް އަޅާ ނިވައި ކޮށްގެން އިނދެބަލަ. ބޮލަށޭ ތުރާވަނީ