ޓެރެރިޒަމްގެ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ އެ ބިލް ދިރާސާކުރުމަށް ޤައުމީ ސަލާމަތާއި ޙާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ ހާޒިރުވެވަޑައިގެން ތިއްބެވި 54 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލް ބަލައިގަތުމާއެކު ވަނީ ދިރާސާކުރުމަށް ޤައުމީ ސަލާމަތާއި ޙާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. ކޮމިޓީ މަރުހަލާއަށްފަހު މިބިލް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ޖަލްސާއެއް ބޭއްވިގެންދާނެކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމެވެ. މިއިސްލާހު ހުށައަޅައި މިހާތަނަށް ދައުރުން ބޭރުން ދެ ޖަލްސާ ވަނީ ބާއްވާފައެވެ.

މަރުތަކާއި ގެއްލުވާލާފައިވާ ފަރާތްތައް ބެލުމަށް ހަދާފައިވާ ކޮމިޝަނުން ބައެއް މަރުތަކުގެ ރިޕޯޓް މިހާތަނަށް ނިންމާފައިވާއިރު މައްސަލަތައް ތަހުގީގު ކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ރައީސް ވަނީ މިމައްސަލަ ހައްލުކުރެއްވުމަށް ޓެރަރިޒަމްގެ ޤާނޫނުގެ އިތުރުން ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށައަޅާފައިވާއިރު އެބިލްގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށާއި ހަނުހުރުމުގެ ހައްގު ހަނިކޮށްފައިވާ ކަމަށްބުނެ ބުނެ އާންމުންގެ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒު ވެފައެވެ.