މާލޭގެ ގަލޮޅުގައި ހުންނަ ފެހިމާގެއަށް ކެމިކަލް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ދައުރު ވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ގ. ފެހިމާގެއަށް ކެމިކަލް ވައްދަމުން ދެއެވެ. އެކަން މީސް މީޑިއާގެ ސަމާލުކަމަށް ނެގައި ފަރާތުން ބުނިގޮތުގައި، އެ މީހުން އެކަން ކުރަމުން ދަނީ ފުލުހުން ހުއްދަދީގެން ކަމަށެވެ.

މީގެ ކުރިންވެސް އެ ގެއަށް ކެމިކަލް ވައްދާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވިއެވެ. އަދި އެ ފޮޓޯތައް ހިއްސާކުރި ޒުވާނާ އެކަން ކަމާއި ބެހޭ މުވައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައެެވެ.

މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެފަދަ ކަމެއް ހިނގާފާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.

އެ ކެމިކަލް ގުދަނެއްގައި ހިނގާދިޔަ ނުރައްކާތެރި ހާދިސާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކެމިކަލްތައް މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކުރަން އަންގަވާފައެވެ.

ގ. ފެހިމާގެ ގުދަނަށް ކެމިކަލް ވައްދާ ވީޑިއޯ އާންމުކުރި ޒުވާނާ ބުނީ، އެތަނަށް ކެމިކަލް ވައްދަނީ އެ ކެމިކަލްތައް ގުދަން ކުރާނެ އެހެންތަނެއް ނެތުމުގެ ސަބަބުން ފުލުހުން ހުއްދަ ދީގެން ކަމަށް އެތަނުގައި މަސައްކަތް ކުރާ މީހުން ބުނާ ކަމަށެވެ. އެ ޒުވާނާ ބުނެފައިވަނީ އެއް ލޮރީ ކެމިކަލް ވައްދައި ނިމުމުން އަނެއް ލޮރީ އައިސް ކެމިކަލް ބާލަން ފަށާފައިވާ ކަމަށެވެ.

މި ވީޑިއޯ އާއި ގުޅިގެން ފުލުހުން މިއަދު ވިދާޅުވެފައިވަނީ ކެމިކަލް ގުދަންތަކާއި ގުޅޭ ކަންކަމުގައި އެއްވެސް ބަޔަކަށް ހުއްދަ ދީފައެއް ނުވާނެ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ކެމިކަލް ގުދަންތަކަކީ އެމްއެންޑީއެފްގެ މެންޑޭޓްގެ ދަށުގައިވާ ތަންތަނަށް ކަމަށެވެ.

"ފުލުހުން ތިކަހަލަ ކަންކަމުގައި ގޮތް ނުނިންމާނެ ހުއްދައެއްވެސް ނުދޭނެ". ފުލުހުން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އަދި މިކަން ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ްއަނާ

    ސިޓީކައުންސިލްގެ ފަރާތުން ބަލާފާ ބުނިއެއްޗެއް ސާފުކޮށްދީބަލަ. ވަކިހިސާބަކުން ނޫސްވެރިންވެސް ހުއޓާނުލާބަލަ.

    5
    1
  2. Anonymous

    ނޫސްތަކުގަ އި ތަންކޮޅެ އް ހަރުދަނާ ކަމާ އި އެކު މަޢުލޫމާތު ގެނެސްދިނުން އެދެން.
    އެ އްވެސް ބާވަތެ އްގެ ކެމިކަލް އެ އް ރާ އްޖެ އެތެރެ ކުރެވޭނީ އެމް. އެންޑީ އެފް އިން ހު އްދަލިބިގެން.
    އެއ އްވެސް ބާވަތެ އްގެ ކެމިކަލް އެއޢް ގުދަންކުރެވޭނީ އެމް އެންޑީ އެފް އަދި މާލެ ސިޓީ ކަ އުންސިލް އިން ހު އްދަ ދީގެން. މިކަމަކީ ފުލުހުންގެ ބާރެ އް ހިނގާ ކަމެ އްނޫން.
    ސަރުކާރުން ކިޔަމުންދަނީ ކެމިކަލްފަދަ ތަކެތި މީހުން އުޅޭ ސަރަޙަ އްދާ އި ދުރުކުރާނަމޭ. އަދި ހަމަ އެހެން ކިޔަންތިބީ. ގުދަންތަ އް ހިންގާ ފަރާތްތަކަށް ނާންގާ ބަދަލުކުރަން.

  3. ދުންމާރި

    މާލޭ މޭޔަރު އަބަދުވެސް ވިސްނާނީ ރައްޔިތުންނަށް ޖެއްސުންކޮށް ދުއްތުރާކޮށް ސިޓީ ކައުންސިލަށް ފައިސާ ލިބޭނެ ގޮތެއް އޮތްތޯ ހޯދައިގެން އެކަންކުރަން މިނޫން ވިސްނުމެއް މާލޭ ސިޓީކައުންސިލަކުމެތް ރައްޔޮތުން ދިމާވާ ދަތިތައް ހައްލުކޮށް ރައްޔިތުންގެ ޙައްޤުތައް ހޯދައި ދިނުމުގެ ބަދަލުގައި ސިޓީ ކައުންސިލްގެ އިސް ބޭފުޅުން ވިސްނަނީ ޕާކެއް ހެދުމާ ޕޭޕާކިން ޒޯނެއް ހެދުން މިކަހަލަ ދައުލަތުގެ ފައިސާ ޚަރަދުކޮށް ސިޓީ ކައުންސިލަށް ފައިސާ ލިބޭނެ ގޮތެއް އޮތްތޯ ދެން ދެއިރު ދެދަޅަޔަށް ޓީވީއަށް އަރާ އެއްފަހަރުބުނާނެ މާލޭގައި އެއްޗެހި ދުއްވުން މަނާކުރަން އެބަ ޖެހެއޭ މާޅޭގަި ދިރިއުޅޭ މީހުން މަދުކުރަން އެބަ ޖެހެއޭ ދުއްވާ އެއްޗެހި މަދުކުރަން އެބަޖެހެޔޭ މިކަހަލަ ދޯހަޅިވާހަކަ ދައްކަނީ ޒިންމާއެއް އަދައެއް ނުކުރެވޭ ޤަވާޢިދު އޮންނަނީ ލިޔެފަ އެކަމަކު މާލޭގައި ގުދަންތައް ހަދައިގެން ބޭނުންކުރަނީ ޤާވާޢިދާ އެއްގޮތަށްތޯ ބަލައިފިނަމަ ނިސްބަތުން ގިނަ ޢަދަދެއްގެ ގުދަންތައް ޤަވާޢިދާ ޚިލާފަށް ހުންނާނީ އެކަމަކު ސިޓީ ކައުންސިލަކަށް ބެލޭނެ ގޮތެއްނެތް ދެން ކޮން މިޮޅު ވާހަކަތަކެއް ދައްކާކައްތަ؟

  4. އަހުމަދު

    މިއަަހަރު ފެބްރުއަރީ މަހު ސިޓީ ކައުންސިލަށް ލީސިޓީއެއްގެ ޖަވާބު އަދިވެސް ނުލިބޭ ދަވާދު ސްޕްރޭ ކުރާ ގަރާޖެއްގައި އަދި އެއްފަހު ރޯވި އެގަރާޖެއް އެއީއަލިފާން ނިވުނު އިރު ޖެހިގެން ހުރި އިމާރާތުގެ ފާޚާނާ ހޮޅިތައް އޮތީ ބޭނުން ނުކުރެވޭ ވަރުވެފައި އެސަރަހައްދުގެ ގޭގައި މުސްކުޅިންނާއި ކުޑަ ކުދިން ދިރި އުޅޭއިރު ކޮންމެ ދުވަހަކު އެކަމުގެ ތަފުލީފު އުފުލަންޖެހޭތީ އެކަން ހުއްޓުވާ ދެއްވާތޯ އެދި ދެންނެވީ އެކަމުއަދިވެސް ޚަބަރެއް ނުވޭ މާދަމާ އަނެއް ސިޓީ ހީވަނީ ލާންވީހެން. އަނެއްކާ އެތަން މިހާރު ހިންގަނީ ސްރީލަންކާ މީހެއް

  5. އެންދެރި

    މާރިޔާ އިސްތިއުފާ ދޭން ވީއެވެ.

    8
    1
    • ދޮންއާދަނު

      މާރިޔާ އިސްތިއުފާ ނުދޭނެ މާރިޔާއަށް ޑިފެންސް މިނިސްތަރުކަން ދިނީ ސިފއިންނށް ފުރައްސާރަކޮށް ދުއްތުރާކުރީމަ އަދި ޤާނޫނު އަސާސީއަށް ފައިން އަރާފައިވާތީ އެކަމުގެ އިނާމެއްގެ ގޮތުން އެހެންވީމާ އިސްތިއުފާ ނުދޭނެ