އުތުރުގެ ރަށެއްގައި ސްކޫލްގައި ކިޔަމުން ދިޔަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލަ ބަލަމުން އަންނަ ކަމަށާއި، އެ ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ނުގެންދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ކުއްޖަކު ގެނެވިފައި ނުވާ ކަަމަށެވެ.
"ކުއްޖާގެ ކަންތައް އާއިލާއާ ގުޅިގެން ވަރަށް ގާތުން މި ދަނީ މޮނީޓަރ ކުރެވެމުން. މިކަމުގައި ކަމާއި ބެހޭ އިދާރާތަކުގެ އެހީތެރިކަން ދަނީ ލިބެމުން". ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
މައުލޫމާތު އެނގޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އެކުއްޖާ ކިޔަވަމުން އައީ ކައިރި ރަށެއްގައި ކަމަށާއި، ކުއްޖާ ބަލިވެ އިންކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެމައްސަލަ ބަލަމުންދާ ކަމަށެވެ.
ފަހަކަށް އައިސް އުމުރުން 18 އަހަރު ނުވާ ކުދިން ވިހެއުމުގެ މައްސަލަތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހުށަހެޅޭ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ސޮކޫލް ކުއްޖަކު ވިޔަސް ބަލިވެއިންނާނެ ބަލިވެއިންނަގޮތަށް ކަންތަށްކުރީމައި މިގައުމުގައި މިހާރު ޒިނޭ އާއްމުވެއްޖެ ، މިނިވަންކަމޭކިޔާ އެއްޗެއްއައިފަހުން މީހަކުވިޔާނުދާކޮން އުޅުނަސް އަނެކަކަށް އެކަމާ އެއްޗެކޭ ބުނެވޭކަށްނޯވޭ ޑޮކުޓަރ ސިޓީޔާ ނުލާ ގަންނަންލިބެނީ މަދުބޭހެެއް އެކަމަކު ކޮންޑަމް ބޭނުންވަރަކަށްލިބޭ....
އަށާރަ އަހަރު ނުފުރޭ ކުއްޖާޔަށް ސިގެރެޓު ވިއްކުންމަނާ ތޭރައަހަރު ކުއްޖާޔަށް ކޮންޑަމް ވިއްކުން ހުއްދަ ހަމަ ސާބަސް.....
15 އަހަރުން މަތިީގެ ކުދިންނަށްކައިވެނި ކުރެވޭ ގޮތަށް ހަދަންބިލް ފާސްކޮށްދީބަލަ ނޫނީ ކޮންމެރަށްޓެހިވެގެންއުޅޭ ދެކުދިން2ފޫޓް ދުރުމިނުގައި ތިބެގެން ނޫނީ ވަާހަކަ ނުދެއްކޭ ގޮތަށް ހަމަޖައްސަބަލަ މިކުދިންގެ މައިންބަފައިންކޮބައިތަ
ޚަލޯގަޔާ
ކުޑަ ކުއްޖަކު...ކުޑަކުއްޖެ...ވިޙާފި .....ހާހާހާހާ...ދެންލަޅަލާ........ވަލުގާނޫނު