ބާޒާރު މަތީގައި ހާލުގައި ޖެިުފައި އިން މާބަނޑު އަންހެން މީހާ އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ޤަބޫލުކޮށްފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، އެހީތެރިކަން ބޭނުންވާ މާބަނޑު އަންހެނަކު ބާޒާރުމަތީ ސަރަޙައްދުގައި އުޅޭ ކަމުގެ މަޢުލޫމާތު ލިބުމުން، އޭނާ ހޯދުމަށް ފަހު މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކޮށްފައި ކަމަށެވެ.
"ނަމަވެސް ހުށަހެޅި އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ޤަބޫލުކޮށްފައި ނުވާ ކަން ފާހަގަކޮށްލަން". މިނިސްޓްރީން ވިދާޅުވިއެވެ.
މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯއަކުން ފެންނަނީ މާބަނޑު އަންހެނަކު ބާޒާރު މަތީ ފިހާރަތައް ކައިރީ އިށީންދެގެން އިންނަ މަންޒަރެވެ. އޭނާގެ މޫނު މަތިން ނުތަނަވަސްކަން ފެނިގެން ދެއެވެ.
އެ މީހާއާ ގުޅޭގޮތުން މީސް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި ބުނެފައި ވަނީ، އެ މީހާ އެތަނުގައި ވަރަށް ގިނައިން އިންނާތީ ފެންނަ ކަމަށެވެ. އަދި ބަނޑުގައި ރިއްސާތީ މިއަދު އުޅުނު ކަމަށާއި، އޭނާގެ އައިޑީ ކާޑު ގެއްލިފައި ވުމުން ޑޮކްޓަރަށް ނުދެއްކުނު ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ދައުލަތުން އޭނާ ހައްޔަރު ކޮށްގެން ގޮސްގޮސް ނިކަން ރަނގަޅަށް ތަހުގީގު ކޮށްލަބަލަ. ރަނގަޅައްވިއްޔާ، ބަނޑަށް ފޮތި ލައްވައިގެން ސަލާން ޖެހަން އެއުޅެނީ. މިހާރު އަދި މާލެތެރެއިން ފެންނަން ފަށައިފި، އެއްފައިގައި ގަދަޔަށް ބެންޑޭޖް ކޮށްގެން ދަނޑީގަނޑު ހިފައިގެން އުޅޭ ޒުވާންވަރެއްގެ އަންހެނެއްވެސް. އެއީވެސް ހަރުކު ބޯލް ލާރި ހޯދާ ކުއްޖެއް. ކީއްވެތޯ އެބައިމީހުން ފުލުހުންގެ ބެލުމުގެ ދަށުން އަސްލު މައްސަ ހޯދުމަށްފަހު ފިޔަވަޅު ނޭޅެނީ. ހަމަ އައިޑީކާޑު ގެއްލިފައި އޮތަސް ފުލުހުންނަށް އެއީ ކާކުކަން ހޯދޭނެ. އޭރުން އޭނާގެ ތިމާގެމީހުން ވެސް ފުލުހަށް ކޯޓު އަމުރުގެ ދަށުން ހާޒިރު ކުރުވާފައި، ފިޔަވަޅު އަޅަންވީނުން. އަދި ތިފަދަ މައްސަލަތައް ޢާންމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ ކޯޓެއްގައި ގެންދަންވެސް ޖެހޭނީ. އެއީ، އެހެންމީހުނަށް އިބުރަތެއްކަމުގައި އެކަން ލެއްވުމަށްޓަކާ. މުޅި މާލޭ ސިޓީން މި ބައިގަނޑު ފުހުލާނެ ގަޓެއް ހުރިއްޔާ މިގޮތައް މިކަން ކުރަންޖެހޭ.
މާބަނޑު މީހާއަށް މާތްﷲ ހެޔޮރަހުމަތް ލައްވަވާށި އާމީން
ދިވެހި ފިރިހެނުން ހާދަ ރަހުމް ކުޑައޭ ބަފައިންނާ ބޭބެއިންނާ ލޯބިވެރިންނަކިިިީ އަޅެ ފަހެ ޖަނަވާރުންތަ އެތަކެއްޗަށް ވުރެވެސް ދަށް ޖަނަވާރުވެސް އެތަކެތިިިީގެ ދަރިންދެކެ ލޯބިވޭ މަގޭ ފިރިހެންދަރިޔަކަށް ލާހިކު ކުޅަދާނައެއްނޫން ތިފާޑަށް އުޅޭކަށް ހޭއަރުވާލަާނަށް އުޅެފިއްޔާ . އަދި އެއްވަަަާހަކަ ބުނަންތަ ދިވެހި މަންމައިންވެސް ކަޑައޭ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ނުކުރާތީ ދިމާވަާހަާ މުސީބަތް އޯގާތެރިވާށާ އިހްސާންތެރިވާން ދަސްކޮށް ދީބަލަ