މާލޭގައި ވެހިކަލް އެތެރެ ކުރާ މިންވަރު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސަލަމް ވިދާޅުވީ، މާލޭގައި މީހުންނާއި އެއްވަރަށް ވެހިކަލްތައްވެސް އޮތީ ތޮށްޖެހިފައި ކަމަށެވެ.

"ކޮންމެ އާއިލާއަަކަށް ތިން ސައިކަލު އެބަ ހުރޭ، ވިޔަފާރި ކުރާ ފަރާތްތަކުން ވިޔަފާރި އުސޫލުން ސައިކަލު އެބަ ވިއްކާ، ގަންނަން މީހުން އެބަ ގަނޭ، ހަމަގައިމުވެސް ގިނަ ބަޔަކު އުޅުއްވާނީ ސައިކަލުގައި، އަނބިކަނބަލުން ނުވަތަ ފިރިކަލުންގެވެސް ހުންނާނެ ސައިކަލެއް، 18 އަހަރު ފުރިފައިވާވެއްޖެޔާ އެ ކުއްޖާގެވެސް ހުންނާނެ ސައިކަލެއް". އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މާލެއަށް އިމްޕޯޓް ކުރެވޭ ސައިކަލުތަކާއި، ވެހިކަލްތައް ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް މީޑިއާތަކަށް މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

"މާލެއަށް ސީދާ އިމްޕޯޓް ކުރެވޭ، ރެޖިސްޓްރީ ކުރެވޭ ސައިކަލާއި، ވެހިކަލްތައް ކޮންޓްރޯލް ކުރުމަށް އެޅޭނީ ކޮން ފިޔަވަޅުތަކެއްތޯ، އެ މަސައްކަތް އެބަކުރައްވާ، އޭގެ ތަފްސީލަކަށް އަޅުގަނޑުދާކަށް ނެތިން، އެއީކީ ނެސެސަރްލީ ރާއްޖެެއަށް އެއްޗެހި އެތެރެ ކުރުން މަނާ ކުރުމެއް ނޫން"، މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، މަގުމަތި ހުސްކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މާލޭގެ ބައެއް މަގުތަކުން ވެހިކަލް ހުސް ކުރެވޭކަން މިނިސްޓަރ އަސްލަމް ވަނީ ފާހަގަކޮށްފައެވެ. އަދި އެގޮތަށް ކުރެވެން ހުންނަ ތަންތަނުން ކުރަމުން އަންނަ ކަމަށާއި، އެކަން ފުޅާކުރަމުންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މަގުމަތިން އެއްޗެހި ހުސްކޮށް މީހުންނަށް ހިނގާ ބިގާ ދުއްވާ އުޅެވޭނެ ގޮތަށް މަގުތައް ހެދުމަށް އަޅުގަނޑުމެން ބެލެންސްއެއް ހޯދަން އެބަ ޖެހޭ މީހުންގެ ދިރިއުޅުމަށް ދަތިތަކެއް ނުވެ، ރައްކާތެރިކަމާއެކީގައި އުޅެވޭނެ ގޮތެއް ހޯދުމަށް". މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، އޭނާ ވަނީ މާލޭގައި މިހާރު ހެދިފައި ހުރި ޕާކިންގ ޒޯންތަކާއި ކުރިއަށް އޮތްތަނުގައި މާލޭގައި ތަރައްގީ ކުރެވެން ހުރި ޕާކިންގ ޒޯންތަކުގެ ވާހަކަ ވަނީ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބުރޯ

    ވެހިކަލް އެތެރެ ކުރުން ކޮންޓްރޯލް ކޮށްގެން ނުވާނެ. އެއީ ގާނޫނުއަސާސީ އާ ހިލާފް ކަމެއް. ވަކި މީހަކަށް ކާރު ލޮރީ ސައިކަލް ދުއްވިފަ އަނެއްބަޔަކަށް ނުދުއްވޭގޮތަށް އޮތުމަކީ ގާނޫނުއަސާސީގެ 17 ވަނ މާއްދާއާ ހިލާފު ވުމެއް . ވީމާ ސައިކަލް އެތެރެ ކުރުމުގާ ވަކިސަރުތު ތަކެއް ކަނޑައަޅާ އެސަރުތު ފުރިހަމަނުވާނަމަ އެތެރެ ނުކުރެވޭގޮތްހަދާ. އޭުން ސަރުތު ފުރިހަމަވާ ހުރިހާފަރާތަކަށް އޭރު އެތެރެ ކުރެވެޭނެ.

    20
    5
  2. ޒޫނާ

    ވެހިކަލު އެތެރެކުރުން ހުއްޓާލައިގެން ނޫން ތިކަމަށް ހައްލުއޮތީ. މާލެ ސަރަހައްދު ތަރައްޤީ ކުރުން ހުއްޓާލާ ރާއްޖޭގެ އުތުރަށާ ދެކުނައް ތަރައްޤީ ގެންގޮސްގެން ތިކަމުގެ ހައްލުއޮތީ.

    24
    2
  3. އައްޓަމަސް

    ތިޔަފަދަ މަގާމެއްގާ ހުރި މީހަކު ދައްކަން ތިޔައީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން! ކިތައް ބޭރުމީހުންތޯ ސައިކަލް ދުއްވަނީ ! ޜާއްޖެއަށް ފައިސާ ނުވައްނަ ގޮތް ހައްދަވާ އޭރުން ނުގަންނާނެ! މާލެ އަށް ކަންކަން ގިނަކުރާވަރަކަށް އެކަންކަމަށް ވެހިކަލް ބޭނުންވޭ! މާލެއަށް ކަންކަން ގިނަކޮށް ރާއްޖެތެރެ ބިކަކުރުން އެއީ ފޮރުވިފައިވާ ސިޔާސަތު! ޢޭރުން ކަމެއްނުކޮށް ކޮފީ މޭޒުގައި ހަތަރުދަން ހޭދަ ކުރުން ދެއްތޯ،ވޯޓު ހޯދަންވީމަ ލާމަރުކަޒީ!މަނިކުފާނަކީ ހަތަރުމަތިފުށް ރާއްޖެތެރެ! ޖަޒީރާ ރާއްޖެތެރެ! ގްރޭޓަރ މާލެ!

    7
    1
  4. ވގުތު

    ބަލަ ވެހިކަލް ކޮންޓުރޯލް ކުރުން ހުއްޓައިގެން ތިކަ މެއްނުވާނެ. ތިޔައީކީ ހައްލެއްނޫން. މާލެ މަގު މަތި ތޮއްޖެހެނީ މިތާ ނުކަތާވަރަށް މީހުން ތިބީ މަ. މީހުން އުޅެއްޏާ އެ މީހުންގެ ޒަރޫރީބޭނުންތައް ފުއްދު މަށް ވެހިކަލްވެސް ގެންގުޅޭނެ. މިތަނުގަ ނެތްޖާގައެއްގަ ކޮންތާކަށް ސައިކު ވައްދަނީ. މިއީކީ ވަކި ތަނެއް ދޮރެއް ޕްލޭނެއް އޮވެގެން ތަރައްގީ ކުރި ތަނެއްނޫން. މިއީ ގަދަ މީހާ ގަދަކަން ދައްކައިގެން ހިތުހުރި ގޮތަކަށް ކަންތައް ކުރަ މުން އައި ތަނެއް. އާއިލާއަކަށް 3 4 ސައިކޭ ބުނާއިރު އާއިލާއެއްގަ ކިތައް މީހުން އުޅޭކަން އެނގޭތަ؟ ދެން ތިކިޔަނީ 10 މީހުންގެ އާއިލާ އަކުން ވެސް 1 ސައިކު ދުއްވާށޭތަ؟ ސައިކު މަދުކުރަން ނޫޅެ އާއިލާތައް މިތަ ނުން މަދުކުރެވޭނެ ގޮތެއް ހޯދަބަލަ

    10
    2
  5. ބިންގޯ

    މަދުނުކޮށް އެތެރެކުރުން ހުއްޓާލަބަލަ

    5
    3
  6. ބުރޯ

    މިފަދަ ވާހަކަ ދެއްކާމީހާގެ މިނިސްޓަރު ކަމުގެ ސަރުތު ފުރިހަމަ ވޭބާ ؟ ކަންކަން ކުރަންޖެހޭގޮތް ރާވާ ތަންފީޒުކުރުމުގާ ގާނޫނޫ ގާނޫނުއަސާސިއާ ފުށުއެރުންނުވާނަމަ ތަންފީޒުކުރަންވީ އެއީގަބީލް މީހުންގެގޮތަކީ . ވާހަކަދެއްކުމެއްނޫން.

  7. ހުސޭނުބޭ

    މާލެ އެކަނިއެއްނޫން ވެހިކަލް ކޮންޓްރޯލްކުރަންވީކީ ހުރިހާރަށެއްގައިވެސް އިންޖީނުލީ އުޅަނދު ދުއްވޭނެ އަދަދެއް ކަޑައަޅަންވީ. މާލެން ބާވެގެން އުކާލާ ވެހިކަލްތައް މިހާރު ދުއްވަނީ ރަށްރަށުގައި މުސްތަގުބަލުގައި ރަށްރަށުގައިވެސް ވެހިކަލްމައްސަލަބޮޑުވެ ޖަޒީރާ ވަންތަކަން ގެއްލިދާނެ. 1000 ފޫޓް ހަމަނުވާ ރަށްރަށުގައިވެސް ކޮންމެ މީހަކު އުޅެންވަނީ ސައިކަލުގަ. ވަކިވަރަކަށް ވުރެ ބިންކުދި ރަށްރަށުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަންވީ. އެރަށްރަށުގައި ލިމިޓްކޮށް ބެޓްރީ ވެހިކަލް ދުއްވިދާނެ

    2
    3
  8. ޢަނގަ ފނދ

    ރޯނުވަށާ އިރު އަތައްނަގާ ބޮބިނަރު ކޮޅަށް ކިޔާނީ އުޅި.
    ދެން ރޯނުވަށަން ނޭގޭމީހަކު އަތުތެރެއަށް ދެއުޅިލައި ކިތައްމެވަރަކަށް އެނބުރިޔަސް އޮޅަން އުޅުނަސް ދެއުޅި އެކެއްނުވާނެ.

  9. ހަމަހަމަ

    މާލޭގެ ޕާކިންގް އާއި ވެހިކަލްތަކުގެ މައްސަލަ ހައްލުކުރަން ހުށަހެޅޭ ހުރިހާ ހިޔާލެއްގަ މުއްސަނދިންނަށް އެކަނި ފައިދާ ކުރާގޮތަށް އޮންނަނީ.

    ދެ މަފިރިންނާ އަށާރައަހަރުވި ކޮން މެ މީހެއް އަތުގަ ސައިކަލެއް އޮންނަނީ ފިނިބުރުޖަހަން ކަ މައްތަ ހީކުރަނީ ؟ އެއީ ތިން ދި މާލަށް އެއްފަހަރާ ވަޒީފާ އަދާކުރަ މުން، ކިޔަވަ މުން، ދަރިން ސްކޫލަށް ގެންދަ މުން، ހޮސްޕިޓަލަށް ދުއްވަން ޖެހޭތިއްޔޭ !

    ގަރާއްޖެއް މަތީގަ، ދިހަބުރި ގެއެއް އަޅައިގެން، ނޯކަރުން ގޮވައިގެން ، ވަޒީފާއަކަށް މޮޅެތި ވާހަކަ ދައްކަން ތިއްބަވާ ތި ބޭފުޅުންނަކަށް ނޭންގޭނެ މި ދައްކާ ވާހަކައެއް.

  10. ޟުމުރު

    ތިކަމުގަ އޮތް ގޮތަކީ ބާދެވެހިކަލް ނައްތާލީމާ އާވެހިކަލެއްގެ ހުއްދަދެވޭގޯތައްހަމަ ޖެއްސިޖެނަމަ ހީވަނީރަނގަޅުވާނެހެން

    1
    1
  11. ޟުމުމު

    ޙުރިހާ ފެރީތަކެއް ހުޅުމާލެއައް ކާރިކުާގޯތައް ހަދާބަލަ މިހާރު ބޯބުތަކުރުޕާނު މަގުގަ ހަމަ އެއްވެސް އިރަކު ނުދުއްވެ