އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ގިނަ ދުވަސްވީ ކުނި ނަގާނެ މީހުން ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރި އިން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތް ކޮށްދިނުމަށް ހުޅުވާލައިފައި ވަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ރޭއްޖޭގެ 6 ސަރަހައްދަކަށް ބަހައިލައިގެން ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މި މަސައްކަތަށް ހުޅުވައިލެވޭ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޯން-ފަނޑެބަލް ފީއެއް ދައްކަން ޖެހޭނެ ކަމަށާއި އެކި ސަރަހައްދުތަކުން މި މަސައްކަތަށް ދައްކަންޖެހޭނީ އެކި އަގުތައް ކަމަށެވެ. ފިނޭންސް މިނިސްޓްރީ އިން ބުނީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މުޅި ރާއްޖެ 6 ސަރަހައްދަކަށް ބަހައިލައިގެން ކަމަށެވެ.

  • ހއ. އަތޮޅާއި ށ. އަތޮޅާ ދެމެދަށް ކަނޑައަޅައިފައިވާ އަގަކީ 460000 ރުފިޔާ
  • ނ. އަތޅާއި ޅ. އަތޮޅާ ދެމެދަށް 12000 ރުފިޔާ
  • ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދަށް 13000 ރުފިޔާ
  • މ. އަތޮޅުން ލ. އަތޮޅާއި ދެމެދަށް 40،000 ރުފިޔާ
  • ގއ. އިން ފެށިގެން ޏ. އަތޮޅާ ހަމަޔަށް 300000
  • ސ. އަތޮޅުން 380،000

މިފަދަ ކުނި ނެގުމަށް މީގެ ކުރިން ވެސް ވަނީ އިއުލާނުކޮށްފައެވެ. މިފަހަރު އިއުލާނުކޮށްފައިވަނީ ކުރިން ކޮށްފައިވާ އިއުލާނު އިސްލާހުކުރުމަށްފަހުއެވެ.