މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ޒިންމާ މުޅި ގައުމުންވެސް ނަގަން ޖެހޭކަމަށް މިނިސްޓަރ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީ މުޅި ދައުލަތުން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށާއި، މުޅި ދައުލަތުގެ ތެރޭގައި ދިވެހި ރައްޔިތުންވެސް ހިމެނޭ ކަމަށެވެ.

އަދި މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ ފަރުދީ ޒިންމާ އިސްކުރަން ޖެހޭކަން މިނިސްޓަރ އަސްލަމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން އަދި ކަމާބެހޭ ފަރާތްތަކުން ކަމެއް ފާހަގަ ކުރެވި އެކަމަށް ފިޔަވަޅެއް އެޅުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެކޭ އެއްފަދައި ފަރުދީ ޒިންމާތައް ދެނެގަންނަން ޖެހޭކަމަށެވެ.

އަދި އިމާރާތްކުރުުގައިވެސް މުސަތްގުބަލަށް ވިސްނައި ވީހާވެސް ރައްކާތެރިކޮށް އިމާރަތްކުރަންޖެހޭ ކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކެމިކަލް ގުދަނެއްގައި ރޯވެ އަލިފާންގަނޑު ފެތުރުމުގެ ސަބަބުން އަލިފާނުގެ އަސަރުކޮށްގެން 400 އަށްވުރެ ގިނަ މީހުން އެހީހޯދުމަށް ރަޖިސްޓްރީވެފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. މި ހާދިސާގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނި ތަކާއި ޖަމިއްޖާ ޖަމާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލީ

    ރައްޔިތުން މިފަހަރު މި ގޯސްވި. ކުރީސަރުކާރޭ ނުބުނީ ކީއްވެތޯ؟

    79
    1
  2. ދިވެހިން

    ސަރުކާރުގެ ނާގާބިލްކަމުގެ ޒިންމާ މި ނަގަންޖެހުނީ ރައްޔިތުން

    86
    1
    • މީހާ

      އާ! އެހެންޏާ... ބަލަ ރައްޔިތުން ވޯޓު ދީގެން ހޮވި މީހުން ދޯ އެތިބީ... ފެންނުވަރާ ތިބޭ މޭޔަރުން އެބުނަނީ އެއް އަހަރު ވެގެން ދާއިރުވެސް ތިމަންނަ މެންނަކަށް ބާރެއް އެއްވެސް ބާރެއް ނުލިބެޔޯލަ. ދެން ކިހިނެއް؟؟؟؟

      52
  3. ޢަހްމަދު

    ހައްތާމިތިބީ މިކަހަލަ ކަޑުކޮހުން. އަމިއްލަ ފަރުދުންތޯ ކެމިކަލް އެތެރެކުރުމަށާއި ގުދަން ކުރުމަށް ހުއްދަދެނީ.ނޫނީއިމާރާތްކުރުމަށް ހުއްދަދެނީ. ކޮންވާކައެއް . ހަމަގަޅިވެފަ ކަންކުރަންނޭގެނީ.ހިނިއަންނަނީ

    53
  4. މިނިސްޓަރު ޒިންމާ

    ކިހާ ރީތި.. ތިތިބީ ތަސައްރަފު ފުދިފަ.. ދެން ގޮސް ސަންދޯއްޖަހާ.. މީ ސަރުކާރުގެ ފެންވަރު..

    41
  5. މީމަ

    ރައްޔިތުން ޒިންމާވާންނުޖެނެނީ ކީއްވެ. ބަޔަކު ދެއްކި ދަޅަޔަކައް ދައުލަތުގެ ޚަޒާނާ ހަވާލު ކުރީ ވިއްޔަ.. މިމީހުންނައް ވީވަރަކީ ކައިފަ ބާކީވެސް ނެތީ.. ކުރިން ބާކީވި އެތިކޮޅުން ކޮންމެވެސް ކަމެއްވޭތޯ ބެލިހެން ހީވޭ.. ދެން އެލަދުން ސަލާމަތްވާން ކުރާކަމަކީ މާއާދައިގެ ދިރިއުޅުމެއް ދެއްކުމާ، ކުރީ ސަރުކަރޭ އެމެއްނާރައޭ މަހެއްނުބޭނުނޭ ކޮންސަކަރާތެއް. މިކަން ދަންނާނެ ދިވެއްސެއް އެބައުޅޭތަ؟ ދިވެހިން ބެނުންވަނީ ޕާޓީކޮއްލާ އެއްރިސޯޓުން އަނެއްރިސޯޓުން އުދިހިލާ މިނިވަންކަން..

    33
    1
  6. ހުސެން

    ދޮގެއް ނުން އަސްލަންޓޭ ތިޔަބުނީކީ .ރައްޔިތުން މިސަރުކާރު ހޮވީތީ ގޯސް ވާހަކަ އަސްލަންޓޭ އެބުނަނީ ،ހޮވި ރައްޔިތުން ވެސް ޒިންމާވާންޖެހޭނެތާ ދޯ.މި ސަރުކާރާއި އެޖެންޑާާ 19 ހޮވި މީހުން ވެސް ޒިންމާ ނަގަންޖެހޭ ވާހަކަ އެ ކިޔަނީ،އޮޅިގެންވިޔަސް ނުވިޔަސް ކޮޔާ ތިޔަ ބުނީ ހަމަ ބަރާބަރު ވާހަކައެއް.

    17
  7. ރަޓަކު ބެއްޔާ

    ކަލޭވެސް ޖާބިރު ދައްކާ ކަހަލަ ވާހަކަ ދައްކަންފެށީތަ، ކީއްވެ މުޅިގައުގެ ހުރިހާ ރައްޔިތުން ތިކަމުގެ ޒިންމާ ނަގަންޖެހެނީ،
    އޯހ! އެގިއްޖެ ސުންޕާ ސަރުކާރެއް ގެނެވުނީތީ ދޯ؟ ތިދެން ވަރަށް ދެރަކޮށް ދިޔަކަމެއް

  8. Anonymous

    ރައްޔިތުންގެ ކުށަކީ އަސްލަމްމެން

  9. ނަސްލަމް

    ރައްޔިތުންގެ ކުށަކީ އަސްލަމްމެން ކަހަލަ ބޭފުޅުންނަށް ދައުލަތް ހިންގަން ހަވާލުކުރެވުން. ވަރަށް ބޮޑަށް މަޢާފަށް އެދެން އަވަހަށް އިސްތިއުފާ ދެއްވަވާ

  10. މަރިޔަމް

    ރަގަޅު. ޒިންމާ އެންމެންގެވެސް އެބައޮތް. އެކަމަކު ރައްޔަތުމީހާ ގަވާއިދާ ހިލާފަށް ކަމެއް ކުރަންޏާ އެކަމެއް ހުއްޓުވުމުގެ ޒިންމާއާ ހަވާުވެގެންތިބި މުއައްސަސާތަކަށްވުރެ ރައްޔިތުންގެ ޒިންމާ ބޮޑެއް ނޫން. އަސްލަންޓޭމެން ޓައީ އަޅައިގެން ފިނިކޮޓަރީގަ ތިބެނީ ހުސް ވާހަކަ ދައްކަންތަ؟ ގަވާއިދުހަދާ ގަވާއިދު ތަންފީޒު ކޮށްފަ ގަވާއިދާ ހިލާފުވާ ބަޔަކު ބަލާ އެބަޔަކަށް އަދަބުދޭކަށް ނޫންތަ؟ ހާދިސާއެއް ހިނގިޔަނުދީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނޫންތަ؟ ކިޔަވައިގެންތިބި ތަންދޮރު ދަންނަ މީހުން މިކަހަލަ ވާހަކަ ދައްކާތީ މަގޭގާތަށް ރުޅިއަންނަނީ.

  11. ނާގާބިލް

    ސަރުކާރުގެ ހަަމަ އެކަނި ޒިންމާ އަކީ ރައްޔިތުން ފެލަންވެގެން މީހެއް ސައިކަލު ތަނެއްގާ ބަހައްޓާތޯ ބަލަމުން ދުވޭ އެއިރުން ރަގަަޅުވާނެ އިނގޭ... އެންޏާ މާ ރަނގަޅުވާނެ މިކަހަލަ ގުދަން ތައް ބަލާ ފާސް ކޮށް ޖޫރިމަނާ ކުރިއްޔާ... ސަރުކާރު ނާގަބިލް ކަމުން ގުދަން ތައް އަދި އަދަށް ވެސް ޖޫރި މަނާ ނުކުރެވި އޮތީ... އަދި ގަވައިދު އެކުލަވނިއްޔޭ މިވިޔަނީ 1 އަހަރު ވީ އިރު އަމަލީ ސިފަ އެއް ނައިކަން އެއީ އަސްލަމެން ނަށް ނުވާކަން އިގޭތޯ