މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިޘާއާއި ގުޅިގެން، ވަގުތީ ހިޔާވަހިކަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި، ގިނަ އަދަދެއްގެ ބިދޭސީންތަކެއްވެސް ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރި ކަމަށާއި، އެގޮތުން އެ ހާދިޘާއާއި ގުޅުންނެތް 59 ފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެ އެވެ.

މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިޘާއާއި ގުޅޭގޮތުން މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޑިޒާސްޓަރ މެނޭޖްމަންޓްގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، މި ބިދޭސީންނަކީ އެއްގޮތަކަށްވެސް މި ހިނގާ ދިޔަ އަލިފާނުގެ ހާދިޘާއާއި ގުޅިގެން އެފަރާތްތަކުގެ ބެލުމުގެ ދަށަށް އައި ބައެއް ނޫން ކަމަށާއި، އެހެންކަމުން މިހާރު އެކަންކަން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

"59 ބިދޭސީއަކު، ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއި އެކު ޔޫތު އެކަމަޑޭޝަނެއްގަ ބައިތިއްބަމުން ގެންދާވާހަކަ މީގެ ކުރިން އަޅުގަނޑުމެން ވިދާޅުވެފަ ވާނެ. އެ ފަރާތްތައް މިހާރު ވާނީ އިމިގްރޭޝަނާއި ހަވާލުކޮށްފަ. އިމިގްރޭޝަނުން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނު ގޮތުގަ މި ބިދޭސީންނަކީ އެއްގޮތަކަށްވެސް މި ހިނގާ ދިޔަ އަލިފާނުގެ ހާދިޘާއާއި ގުޅިގެން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް އައިބައެއް ނޫންކަމަށް. އެހެންކަމުން، އެމީހުންގެ ކަންކަން މިހާރު ވާނީ އިމިގްރޭޝަން އާއި ހަވާލުކުރެވިފަ." ހިސާން ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހިސާން ވާހަަކަދައްކަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މީގެ އިތުރުން ހިސާން ވިދާޅުވީ، އެރޭ މަޢުލޫމާތު ލިބުނު ގޮތުގައި އެ ސަރަހައްދުގައި ބިދޭސީން ނިދުމަށް ހެދިފަ ހުރި ގިނަ އަދަދެއްގެ ތަންތަންވެސް ހުރި ކަމަށާއި، އެހެންކަމުން އެއީ އެފަރާތްތައް ކަމަށް ބަލާ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނީ ކަމަށެވެ.

"އަޅުގަނޑުމެން އެ ދުވަހު ކަލާފާނު ސުކޫލުގަ ރިލީފް ސެންޓަރު ޤާއިމު ކުރުމާއި އެކު ވަރަށް ގިނަ ފަރާތްތަކުން އެތަނަށް އައި ރަޖިސްޓްރީން ވާން. އެގޮތުން ވަރަށް ގިނަ އަދަދެއްގެ ބިދޭސީންވެސް ރަޖިސްޓްރީ ވުމަށް އައި. އެގޮތުން ހާޒާ ކޮންސްޓްރަކްޝަންގެ 60 ބިދޭސީއެއްވެސް އެތަނަށް އައި. އެބޭފުޅުންނަކީ ހަމަ ޑޮކިއުމަންޓް ހުރި ފަރާތްތައް. އެބޭފުޅުން އެ ކުންފުނީގެ ފަރާތުން ގޮތްތަކެއް ހަމަޖައްސައިދެއްވާ އަނބުރާ ވަނީ ގެންގޮސްފަ. ނަމަވެސް ދެން ތިބި 59 މީހުންނަށް އިންސާނީ އެހީ ފޯރުވުމުގެ ގޮތުން ގޮތްތަކެއް އަޅުގަނޑުމެން ހަމަޖައްސައިދިނީ. އެމީހުން އައިއިރު އެމީހުން އަތުގަ އެއްވެސް ލިޔުމެއްވެސް ނެތް. އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު އެ ސަރަހައްދުގައި ބިދޭސީން ނިދުމަށް ހެދިފަ ހުރި ތަންތަންވެސް ހުރި ކަމަށް. އެހެންކަމުން އެއީ އެފަރާތްތައްކަމަށް ބަލާފަ އެ ފަރާތްތަކަށް އަޅުގަނޑުމެން އެހީ ފޯރުކޮށްދިނީ. ނަމަވެސް އިމިގްރޭޝަނުން މި އެނގުނީ އެފަރާތަަކަކީ އަލިފާނުގެ ހާދިޘާއާއި ގުޅިގެން އައިބައެއް ނޫންކަމަށް." ހިސާން ވިިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ދިހަ އިމާރާތެއް އަނދާ ހުލިވެ، 500 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތުނަ

    ޢެއްދޮނުގަ ދެބުޅި ޖަހާލީދޯ ދެން ބުނާނެ ހުރިހާ ލިޔުންތައް އެނދީކަ މަށް އެކަ މމަކު އި މިގްރޭޝަންގަ ކޮޕީ ހުންނަންވާނެތާ

    14
    1
  2. ތަޢުރީފު

    ކޮބާ އަދިވެސް ތަޢުރީފުކުރޭ ދުވަސްވީމީހުންގެ ހަރުބަހެއްއޮވޭ ބުނެއުޅެނީ އެދުމެއްނެތި ވެދުމެއްނުކުރާނޭ މިއީ ޙަޤީޤަތަކީ

    14
    1
  3. ާއަޙުމަދު

    އަދި ބޮޑު ކާރިސާއެއް ހިގައފިނަމަ ތިޔަ ސީ.އީ.އޯ. އެކަން މެނޭޖް ކުރާނީ ކިހިނެއް. ޢަވަހަށް އިސްތިއުފާ!

    9
    4
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ނަން ޑޮކިއުމެންޓް އޮޅުވާލެވިދާނެ. އެކަމަކު އެމީހާގެ ފިންގަރޕްރިންޓް ޖެހީމަ އެއަންނަ އެމީހާގެ ވަނަވަރު އެމީހާއަށް އޮޅުވާލެވޭތަ؟ އިމިގްރޭޝަނުގަ ހަމަ މިވަރުވެސް ނެތީތަ ބަންގާޅިން 100، ފަހަރަށް 100 ނަމުގަ އެތެރެވާއިރުވެސް ނޭންގޭ ހަމަ؟؟؟؟؟؟

    13
    1
  5. ެަނަގޫރޯޅި

    އެމިގްރޭސަނައް ކިހިނެއްބާ އެނގެނީ އެއީ މިހާދިސާއާއި ނުގުޅޭބައެއް ކަމެއް. ؟؟؟ މިހާރޯފިލާފަތިބިބަޔަކު ނުކުމެމިބުނަނީ ނުގަވައިދުން އުޅޭމީހުންގެ ކަންތައްހައްލު ކުރާނަމޭ. ރާއްޖޭގެ އާބާދީ5 ލައްކަ ހަމަނުވެ، އެކަމު ސޯލިހު ބުނީ ކޮންމެ ގައުމަކުން ކޯޓާގެ ދަށުން 150،000 މީހުންގެނެވޭނެޔޭ. އެހެންވެއްޖެޔާ ރާއްޖޭގެ މީހުންނައް ރާއްޖޭންޖާގަޔެއްނެތް؟؟؟ މިސަރުކާރުގަ މިތިބަމީހުން ބޯހުރީ ފުނާއަޅަން އެކަނި ބޭނުންކުރާ އެއްޗަކައް.!!!

    12
  6. ސިކަންދަރު

    އެގަހުކޭލެއް މިގަހުކޭލެއް ވަކި ނުވާ ހިސާބަށް ހިނގައްޖެ

    12
  7. މޯދީ

    އޮޅިގެން ވޯޓްލާފަވެސް އެބަހުރި މިދިޔަ އިލެކްޝަނުގަ!