ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބު ކަމުގެ މަގަމަށް، ތ. ހިރިލަންދޫ، ތިރިންގަލި މުޙައްމަދު ޝާޠިރު އައްޔަނު ކުރައްވައިފިއެވެ.

ޝާތިރު އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިއަދުއެވެ.

ޝާތިރު އެންމެފަހުން އަދާކުރައްވާފައި ވަނީ ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގަމެވެ. އޭނާ ވަނީ މީގެ ކުރިން ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ އެޑިޓަރ ކަމުގެ މަޤާމާއި އެ ދާއިރާގެ އެކިއެކި މަގާމްތަކުގައި މަސައްކަތް ކުރައްވާފައެވެ.

މީގެ އިތުރުން ޝާތިރުއަކީ ތާރީޚް ދިރާސާކުރުމާއި މީޑިޔާގެ ދާއިރާއިން އެކިވުޒާރާތަކަށް ފަންނީ ލަފާދެއްވުމާއި ލިޔުންތެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ވަނީ 2017 ވަނަ އަހަރު، ދިވެހި ތާރީޚުގެ ދާއިރާއިން، ދިވެހި ތާރީޚާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

ޝާތިރު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމާ ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ފުރިހަމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ވާނުވާ ނޭގޭ ނާގާބިލު މީހުން މިބައިމީހުން ތަންތަނައް މިލަނީ. އާނ އެހެންތާ ވާނީ ވެރިޔަކައް ހުރިމީހާ އަކީ ތަންދޮރު ނުދަންނަ މީހެއް ވިއްޔާ

  2. އަލީ

    ކުފޫ ހަމަވޭތޯ؟

  3. އަހުމަދު

    ނަސީބެއްނު އިސްލާމިކް މިނިސްޓްަރީ އަށް ނުލިކަން

  4. ާއަޙްމަދު

    ބެލެވެނީ ރާއްޖެއިން ސްޕޭސް ޕްރޮގްރާ މް އެއް ފަށަން އުޅެނީކަ މަށް. ތައްޔާރުވު މުގެ ގޮތުން ސައެ ންސް ގެ ފަންނީ މީހުން މިނިސްޓްރީއަށް ގެންނަނީ.