މާލޭގެ ސިނާއީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އިންޑަސްޓްރިއަލް ވިލޭޖުގައި އޮތް ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 19:39 ހާއިރު ކަމަށެވެ.

އަދި އަލިފާންގަނޑު ރޯވެފައި ވަނީ އެ ވެހިކަލްގެ އިންޖީނުގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އެ ބައުޒަރުގައި އަލިފާން ރޯވީ މަޑުކޮށްގެން އޮއްވާއެވެ. އެވަގުތު އެ ބައުޒަރުގައި، ޑްރައިވަރުގެ އިތުރުން އެހީތެރިއަކު އިން ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ީެެެެެެެިިއިބޫ

    ތިޔަކަމަކީ ބަޔަކު ގަސްތުގާ ކުރާކަމެއް

    30
    34
    • ރީޝަން

      މޮޔަ ވާހަކަ ނުދައްކާ! ކުރީ ދުވަހު އެއާ އޭޝިއާ ބޯޓެއްގެ އިންޖީނުގަ ވެސް ރޯވި... އިންޖީނު ރަގަޅަށް ނުބަލަހައްޓަންޔާ ރޯވާނެ.... އިންޖީނު ޗެކެއް ނުކުރޭ ވިއްޔަ ރަގަޅަށް...

      20
      3
  2. ދަންސޫރަ

    މައްސޫރު ބޮޑުހުޅު ސަރުކާރުމީ ބަރާބަރު

    43
    8
  3. މަރީ

    ތިހިނެއްނޫން މީހުންނުބާއިވުމުން ކޯފާތިއަންނަނީ މިހާރު ގައުމުގެ މިފަދަބޮޑުއަލިފާނުގެ ހާދިސާހިގީމަވެސް ބައެއްމީހުން ނަހަމަގޮތުގައި އޭގެ ފާއިދާނަގަން ފަށައިފި މީވަރަށް ދެރަކަމެއް

    62
    1
  4. ހަމަހަމަ

    މި ދުވަސްވަރުގެ މަސްރަހަށް ބަލާފަ މިހާރު ށައްކުކުރެވެނީ މިއީ ހުޅަނގުން ދަސްކޮށްގެން ކުޅޭ ކުޅިވަރަކާ. ބަލަ މާ...

    22
  5. ޛޖޖ

    ދެން އެވެސް މާލެއަށް ވެއްދުން މަނާކޮށްފާނެ

  6. ބާރީ

    ސީޒަން ފެށުނީ ... ހުޅުކޮޅު

  7. ކިނބޫ

    ނުބައި ކަންކަން މަނާކޮށް ހެޔޮ ކަންކަމަށް މަގު ދެއްކުމުގެ ބަދަލުގައި ލާދީނިއްޔަތަށް ބާރުއަޅާ ވެރިންތަކެއް ތިބެއްޖެއްޔާ ތިބާވަތުގެ ކަންކަން ގިނަގިނައިން ހިނގާނެ. އެއީ އިންޒާރު. އެއީ ސަމާލުވޭތޯ އިސްލާހު ވޭތޯ. ދީނުގެ ދުޝްމަނު ވެރިންގެ ބާރު ކަނޑުއްވާފާނދޭވެ. އަޅަމެން މި މުސީބާތުން ނަޖާ ކުރައްވާފާނދޭވެ. އާމީން.

    19
  8. ލަމް

    އަލިފާނުން ރައްކާތެރި ކަމުގެ ފިޔަވަޅު ކުޑައީ!!!! ނުހުރޭ ދޯނީގަ/ބޯޓުގަ އަލިފާން ނިއްވާ ވަސީލަތްތަކެއް!!!! ލޯންޗުގަ ނުހުރޭ ލައިފް ޖެކެޓެއް!!!! ގުދަނުގަ ނުހުރޭ އަލިފާން ނިއްވާ ވަސީލަތެއް!!!! އެޕާޓްމަންޓްގަ ނުހުރޭ އަލިފާން ނިއްވާ ނިޒާމެއް!!!! ކިހާ ދެރަކަމެއް މީ!!! ސަރުކާރުން މިކަންކަން މަޖުބޫރުކުރަން ވީ... ދިވެހިން ކަމެއް ކުރާނީ މަޖުބޫރު ކުރީމަ އެކަނި... ފަރުދީ ޒިންމާ އެއް ނޯވޭ

    14
  9. މޮޔަ

    ބޯގަޅިވާހަކަނުދައްކާ ތިބެންވީނޫންތޯ ވަކި ސަރުކާރަކަށް ނިސްބަތް ތިކުރުމަކީތީޒާތީކަމެތްގުދުރަތީ ކާދިސާދިމާވިޔަސް ސަރުކާރު ނޫނީލާދީނީ ތިގޮތް ބަދަލ ް ކުރަން ވެއްޖެ ނޫންތަ

    6
    9
  10. ާއަލީ

    މޑޕ ބައިގަނޑު އަށް އެގޭނެ ބޮޑު ހުޅުގެ ކަންތައް

  11. ކުޑަބަޖަރާ

    އިންޑަސްޓްރިއަލް ވިލެޖް ހަދަން މިސަރުކާރުން ބޭނުންނޫންކަން އަންގަން ސަރުކާރުގެ އޭޖެންޓުން ކުރިކަމެއް. ބުނެދެނީ އެތަންވެސް ރައްކާތެރި ނޫންކަން. އަސްލަމް އިއްޔެ ނުސްކޮންފަރެންސްގައި އެވާހަކަ ދެއްކުމަ މިކަމާގުޅޭ.

  12. މާނަާ

    ﷲ ކޯފާއަށް ބިރުވެތިވޭ މީސްތަކުން ނުހަމަ ގޮތުގައި ފައިސާ ބޭނުން ކުރުމަކީވެސް މި ފަދަ ކަންތައް އާއްމުވާކަމެއް