އަންނަ އަހަރު އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ތިންވަނަ މެޗުން ވެސް ބަލިވެ ދިވެހި ޓީމުން ކޮލިފިކޭޝަން ނިންމާލައިފި އެވެ.

އީރާންގައި މިހާރު ކުރިއަށްދާ ކޮލިފިކޭޝަންގް ގްރޫޕް ސީގެ ފަހު މެޗުގައި ރާއްޖެ އާއި ފަލަސްތީން ވާދަކުރި މެޗުން ރާއްޖެ ބަލިވެފައިވަނީ 4-1ގެ ނަތީޖާއަކުންނެވެ. މުހައްމަދު ނިޒާމު (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ކޮލިފައިންގައި ވާދަކުރި ޒުވާން ޓީމު ފުރަތަމަ މެޗުގައި އީރާން އަތުން 13-0ގެ ބޮޑު ތަފާތަކުން ބަލިވި އިރު ދެވަނަ މެޗުގައި އަފްޣާނިސްތާނު އަތުން ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

އޭއެފްސީ މުބާރާތުގެ ކޮލިކޭޝަން ރާއްޖެ އިން ގްރޫޕްގެ ފުލުގައި އޮވެ ނިންމާލި އިރު މިގްރޫޕް އިން އެއްވަނަ މަގާމު ހޯދީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކުރި އީރާނެވެ. ނުވަ ޕޮއިންޓާއެކު އީރާން އެއްވަނައިގައި އޮވެ ޗެމްޕިއަންޝިޕުން ޖާގަހޯދިއިރު މި ގްރޫޕްގެ ދެވަނަ ހޯދީ ހަތަރު ޕޮއިންޓާއެކު ފަލަސްތީނެވެ. ތިންވަނައިގައި އޮތް އަފްޢާނިސްތަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ފަލަސްތީނަށް ކުރިލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ކޮލިފައިންގައި ރާއްޖެ ކޮޅަށް ވިހި ލަނޑު ވަދެފައިވާއިރު ޒުވާން ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގެ އެހެން ގްރޫޕް ތަކުގެ ނަތީޖާތަކަށް ބަލާއިރު އިންޑިއާ ވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންޝިޕުން ފުރުސަތު ހޯދާފަ އެވެ. ގްރޫޕް އޭ އިން ތަޖިކިސްތާން އެއްވަނަ ހޯދި އިރު ގްރޫޕް ޑީގެ އެއްވަނައިގައި އޮވެ ނިންމާލީ ގަތަރެވެ. ގްރޫޕް އެފްގެ އެންމެ ކުރީގައި ޔޫއޭއީ އޮތްއިރު ގްރޫޕް ޖީގެ އެއްވަނަ ހޯދީ ޗައިނާ އެވެ. އޮސްޓްރޭލިއާ އިން ގްރޫޕް އެޗްގެ އެއްވަނަ ހޯދިއިރު ގްރޫޕް އައިގެ އެއްވަނަ ލިބުނީ އުތުރު ކޮރެއާ އަށެވެ. ގްރޫޕް ޖޭގެ އެއްވަނަ ޖަޕާން އަށް ލިބުނުއިރު ގްރޫޕް ކޭގެ އެންމެ ކުރި ލިބުނީ ދެކުނު ކޮރެއާ އަށެވެ.

އޭޝިއާގެ ފުޓްބޯޅަ މައި އިދާރާ އޭއެފްސީން އިންތިޒާމްކޮށްގެން ބާއްވާ އޭއެފްސީ ޗެމްޕިއަންޝިޕަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ގަދަ ހަތަރު ޓީމަށް ޖެހިގެން އަންނަ ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. މި މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ ޖަޕާނެވެ. ޖުމްލަ ތިން ތައްޓާއެކު ޖަޕާނަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަން ފާހަގަކޮށްލެވެ އެވެ

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލަޠީފް

    އެ ވާގޮތަކީ މި ސަރުކާރުން ފުޓުބޯޅަ ދަނޑުތައް މާބޮޑަށް އަލިގަދަކުރީ! ޓީޓީއިން ރަންމެޑެލް ހޯދުމުން ދައިތަ މާރިޔާ ބުނީ ކުރީ ސަރުކާރުން ޓީޓީ ކުޅެން ދީފަ އޮތީ އަނދިރި ހޮހޮޅައެއް ކަމަށް! މި ސަރުކާރުން އެ ހޮހޮޅަ އަލިކޮށްލީމާ ރަން މެޑެލް ލިބުނީކަމަށް! އެހެން ހުރިހާ ގޭމަކުން ބަލިވުމުން ބަލިވި ސަބަބު ނުބުނޭ! ގޭމަކުން މޮޅުވުމުން މޮޅުވި ސަބަބު ބުނި!

  2. ރައްޔިތުން

    ހިއްވަރުކޮށްލާއަދިމޮޅުވާނެ

  3. ޕެޓްރޯލް ޕާރކު

    ކެޕްޓަން ޢަޒޫމު އަކީ ވަރަށް މަޝްޙޫރު ގޭންގު ސްޓާރެއް! ޢަދި އުމުރުން 15 އަހަރު! ހެޔޮވާނީ ކިހިނެއް މި ކުދިން! ޢިފްޝާލް އެއީ ވެސް އަޒޫމު އާއި އެއް ގޭންގެއްގަ އުޅޭ ސޮރެއް

  4. މުހައްމަދު

    އެއްލައްކަ ރުފިޔާ ދީ ކޮންމެ ކުޅުންތެރިއަކަށް

  5. މުފައްކިރު.

    ކައްޗަށް އެޅުނު ބިންގަލެއް ކެއްޗާ ހަމަޔަށް ދިޔަޔަސް ދާނީ ކެއްޗަށޭ ހަރު ބަހެއްގަ ބުނެފައިވާ ފަދައިން މިސަރުކާރަކީ ކައްޗަށް އެޅުނު ބިންގަލަކަށްވާތީ ކާމިޔާބަކާ ހަމަޔަށް ނުގޮސް ހުރިހާ ކަމެއް މިދަނީ ފަންފުލުން.

  6. ބާސާ ރާއްޖެ

    ދެން އާދޭ