ހުކުރު ދުވަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި 6 ގެއަކާއި 4 ގުދަނެއް އަނދާފައި ވާއިރު، ހ.ތިލަފުށީގޭގައި އެންމެ ފުރަތަމަ ރޯވި އަލިފާންގަނޑު އެއީ ގަސްތުގައި ބަޔަކު މީހުން ކުރި ކަމެއްތޯ ބެލުމަށްޓަކައި، ހުޅުޖެހުމުގެ މައްސަލަ ބަލާ ފުލުހުން އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

ފުލުހުން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން ގެންދާއިރު، ރޭގެ ވަގުތެއްގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވަނީ އެކަމަކީ ބަޔަކު މީހުން ރާވައިގެން ދިން ނިރުބަވެރި ހަމަލާ އެއް ކަމަށް ތުހުމަތު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ގުޅިގެން އެތައް ބަޔަކު ކަމާބެހޭ ފަރާތްތަކާއި ސުވާލު ކުރަމުން އައި ނަމަވެސް، ފުލުހުންވެސް އަދި އެމްއެންޑީއެފް އިންވެސް އެކަމާއި ގުޅިގެން ރަސްމީ އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު އިބްރާހިމް މުއިއްޒު އެހެން ބުނުމާއި އެކު އާއްމު ރައްޔިތުންވެސް ދަނީ ނިރުބަވެރި ހަމަލާތައް ދީފާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރޯވި ގުދަނުގެ ވެރިފަރާތުން ބުނެފައި ވަނީ އެ ގުދަނުގައި އަމިއްލަ ޒާތުގައި ރޯވެގެން ނުވާނޭ ކަމަށާއި އެހެން ވާން ޖެހޭނޭ ސަބަބެއްވެސް ނޯންނާނޭ ކަމަށެވެ. އެފަރާތުން މައުލޫމާތު ދޭގޮތުގައި އެ ގުދަނުގައި ކަރަންޓެއްވެސް ނުހުންނެއެވެ. އެހެންކަމުން، ކަރަންޓު ޝޯޓެއް ވުމުގެ ފުރުސަތެއްވެސް ނޯންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހސހސސހހސ

    މިކަހަލަ ދޮގުނުހެއްދެވުން އެދެން! 3 ފޭސްކަރަންޓް މީޓަރު ހުރި ފިނިކުރާ ކޮންޓެެއިނާ ބޭނުންކުރާ ޕެނަލް ހުރި ދެން ކީކޭތަ މިކިޔަނީ!

  2. ވަގުތު ރަށްޓެއްސެއް.

    ނޫސްވެރިން ތިޔަވާހަަކަ ދެއްކި މީހުާ ސުވާލުކޮށްލަން ފެނޭ އެމީހުނަށް ކިހިނެއްތޯ އެގުނީ ގަސްތުގައި ރޯކޮށްލީކަން. އެއީ ފަހަރުގަ މިސްކިތު ހުޅުޖެހި މީހާޔަށްވެސް ވެދާނެދޯ؟

  3. ސައްދާމް

    މިއަދުގެ ފުލުހުން ހަމައެކަނި ކުރާހާވެސް ކަމަކީ ތިޔަ ފެންނަފަދައިން ސެލްފީ ނެގުން މިނޫންކަމެއް މިވެރިންނަކަށް ނުކުރެވޭނެ. ހަގީގަތުގައި އެމީހުންގެ ފެންވަރުވެސް ދަށީ ވަރަށް ނާގާބިލް ބައެއް.

    4
    1
  4. ވވ

    އެބަޖެހޭ މިފަދަ ތަކެތި ބަހައްޓާ ގުދަނުގައި އަލިފާން ނިއްވޭނެ ނިޒާމް ޤާއިމްކުރަން މުދަލުގެ ވެރިފަރާތުން . މިސާލަކަށް ފޯމް ފަދަ އެއްޗެއް ރައްކާކޮށްފަ ބަހެއްޓޭނެ އިންތިޒާމު ހަމަޖައްސަން އެހެންނޫނީހުއްދަ ނުދޭންވީ. އެއްގަމު ވެހިކަލެއްވެސް ދުއްވެނީ ވަކި ކޮންޑިޗަނެއްގަހުރުމުން ރޯޑުވާދިނަސް ހަދަންޖެހޭ.. އެހެންވީމަ ގުދަންގުދަނުގައި އަލިފާން ނިއްވޭނެ ރަގަޅުވަޞީލަތާ 24ގަޑިރު ޑިއުޓީގަ މީހުންވެސް ތިބެންޖެހޭ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ..

  5. ާއަލީ

    ލޮލައް ފެންނަން ހުންނަ ކަންކަން ވެސް ނުހޯދޭ ބަޔަކައް ތިކަންވާ ނެތަ.

  6. ޭަލި

    ތިޔަތަނުގެ ބޭރުގައި ތިބެ ބަޔަކު ބަޑިބޭސް ބޭނުންކުރަނިކޮއް ފެނުނުވާހަކަ އިންޑިއާގެ ރެްޔިތަކު ކިޔާދިން އެތާކުރިމަތީ ތިބިބަޔަކު ފަޔާ ސްޓިކް ބޭނުންކުރިވާހަކަ ބުނީ މީ އެތަނުން ހާލުގަެި މިވަގުތި ޖެހިފަ ހުރި އިންޑިއާ ޑޮކްޓރަކު ހިއްސާ ކުރިމައުލޫމާތު ތަކެއް

  7. އިމްރާން

    ތިޔަ މެމްބަރަކީ މީހުންގެ ސަމާލުކަން ހޯދަންވެގެން އުޅޭ މެމްބަރެއް. އޭނާ މަޝްހޫރު ވެލަންވެގެން ބުނެލި އެއްޗެއް އެއީ. ހިނގާ އެ މެމްބަރު ފޭމަސްކޮށްލަން.

    2
    1
  8. މާނު

    ސެލްފީ ނެގުން