ރ. އަތޮޅުގައި ތަރައްޤީކުރަމުން ދިޔަ ރިސޯޓަކަށް ގަނެފައި ހުރި އޭސީތަކެއް އެ އަތޮޅު މަޑުއްވަރީ ހަތަރު ގެއެއްގައި ހަރުކޮށްފައި ހުއްޓާ ފެނިއްޖެއެވެ.
ފުލުހުން މިހާރު މިތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި އޭސީތަކަކީ ރ. އަތޮޅުގައި ތަރައްޤީކުރާ ރިސޯޓެއްގައި ބޭނުންކުރުމަށް ގަނެފައި ހުއްޓާ ވަގަށްނަގާފައިވާ އޭސީތަކެކެވެ. ފުލުހުން ވިދާޅުވީ، މި އޭސީތައް ވަގަށްނަގާފައިވާ ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި، ހަތަރު އޭސީއެއް ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވިގޮތުގައި، ވަގަށް ނެގި ހަތަރު އޭސީ ހަތަރު ގެއެއްގައި ބަހައްޓާފައި ހުރިކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިގެން މަޑުއްވަރީ އާއި މީދޫ ފުލުހުން ގުޅިގެން ހުކުރު ދުވަހު ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ހަތަރުގެ ބަލައި ފާސްކޮށް އޭސީތައް ހަރުކޮށްފައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ.
މި މައްސަލައިގައި އުމުރުން 21 އަހަރާއި 22 އަހަރު އަދި 27 އަހަރުގެ ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
އަނެއްކާ ހަރުކޮށްފަވެސް ތިހިރީ އެންމެ މޮޅަކަށްނު. އައުޓްޑޯ ޔުނިޓް އޭނދީ އެތެރޭގަ ވިއްޔަ
ތިޔަ މީހުން އައި ތަނެއް ވެއްޖެއްޔާ ދޮވެލާގެންދާނީ. ތިނޫން ބަޔަކު ނޫޅޭތަ މަޑުއްވަރީގަ. ހުސް ވަގުން އޮންނަ ތަނެއްތަ މަޑުއްވަރީތި. ބަޓު ނަގަން އައިސްސަ ކައިރަށަކަށް ޖައްސާލިޔަސް އެރަށެއްގެ ރައްޔިތުން އެލާޓްގަ ނުނިދަ ބަނދަރުމަތީ ފޯރިމަރަން ތިބެންޖެހޭނީ. އެހެންނުވާނީ ހެނދުނު ހޭލާއިރު ބަދަރުގައި އަޅާފަ ހުންނަ ޑިންގީ ފަހަރު ހުންނާނެ ކަމެއް ނޭގޭނެ ތިމީހުން ރަށަށް ޖައްސާލިޔަސް.
މަޑުއްވަރީގާ ގިނަވާނީ ހުސްވަގުން.
ވަގަށްނެގި އޭސީތަކުގެ ތެރެއިން އޭސީއެއްގެ އައުޓްޑޯ ޔުނިޓު، ގެއެއްގެ ބޭރުގައި ހަރުކޮށްފައި - ފޮޓޯ: ފުލުހުން
ރ އަތޮޅު މީހުންނަކީ ގޮތެއްފޮތެއް ހުންނަބައެއް ނޫން ދޯ. ވައްކަން ކުރުމެ ގެ ލާމަސީލު ބައެއް ، އަދި ދޮގު ވާހަކަ ފެތުރުމާއި މީހުންގެ ބޮލުގަ އިއުޒާމް އެލުވުމަކީ އެމީހުންގެ ކަށީ ގަ ހިފާފަ ހުރި ކަމއެއް
ތިޔަމީހުން ނިސްބަތްވީ މަޑުއްވަރީއަށް...މުޅި ރަށަށްވެސް ދެން ލަދު. މަ ހަމަ އަޖާއިބު ވެއްޖައިން. ތިޔައީވެސް ކޯލިޝަނެއްތާ ދޯ؟؟ ނޫނޭ ތިޔަ މީހުން ފިސާރި ލަދު ގަންނާނެ. އަދި އާއިލާތަކުންވެސް މިހާރު ތިބޭނީ ލަދުން ގެއިން ނިކުންނަން ނުކެރިފަ.
ވަގު މަޑުއްވަރީގެ ނަމުން ތިޔަ ރަށަށް ދެން ނަން ނުދިނިއްޔަވާ ކަލާކު...ހިހިހީ
މަށަކީވެސް މަޑުއްވަރީ މީހެއް.. އެކަމް ﷲ އިރާދަ ކުރެއްވިއްޔާ އަހަރެން ވައްކަމެއް ނުކުރަން. ނުވެސް ކުރާނަން.. ހުރިހާ އެންމެންނެއް ނޫން.. ބައެއް މީހުން..
ތިފާޑަށް އުޅޭތީ ކައިރީގަ އޮންނަ ރިސޯޓް ތަކުން ވަޒީފާވެސް ނުދެނީ ރަށްވެސް ތަރައްގީ ނުވަނީ ކަަލޭމެން ވެއްޖެ ތަންކޮޅެށް ތަހުޒީބުވާން ދެންރުޅި ބާލާނީ މީދޫ މީހުންނަށް
ދެން ރިޒޯޓުން ވަޒީފާ ނުދިނީމަ ގޯސްވާނީ ރިޒޯޓް. ވ ފާޑެއްގެ ބައެއްއެއީ.
ރައީސް އޮފީހަށް ގެނައި ލިފްޓު ހަރުކޮށްފައި ހުރީ ކޮންތާކުތޯ؟
ތީހުސް ވަގުންނާ، ގުންޑާއިން އުޅޭ ރަށެއް މަދުވާނެ ސަހަލުމީހެއް
ޙުރިހާވެސްމައްސަލައަަކީވައްކަންކުރާމީހާއަށް އައްލާހު ތަޢާލާ އަންހަވާފަވާ ގާނޫނު ހިންގުމުގެ ބާރު ނެތުން،
ވަގަށް ނެގި އޭސީން ފިނިކުރާއިރު ނަރަަކައިގެ ހޫނުކަން ހިތަކަށް ނޭރިދޯ.
ވަކި ބަޔަކު ކުރާ ކަމެއްގަަ މުޅި މަޑުއްވަރީ އެންމެންގެ ނަމަށް ހުތުރުވާގޮތަށްް ބަދުނާމު ކުރެވިގެން ނުވާނެ. ރަނގަޅު ވާހަކައެއް، މަޑުއްވަރީ އަކީ ވަށްކަން ކުރާ މީހުންނާ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ފުޅާދާއިރާއެއްގަަ ކުރާާމީހުން ގިނަ ރަށެއް. ހިތާމަޔަކީ އެފަދަ ނުބައި މީހުން ކުރާ ކުށުގެެ ސަބަބުން ރަށުގަ ރަނގަޅަށް ތިބި ހެޔޮލަފާ ކުދިންނައް ކައިރި ރިސޯޓްތަކުންނާ އެހެން ތަންތަނުންވެސް ވަޒީފާޔާ
އެހެނިހެން ފުރުސަތުތައް ނުދިނުން. މީ ވަރަށް ދެރަ މައްސަލައެއް. ):