ރ.އަތޮޅު ދުވާފަރުގައި އަންހެނަކު ރައްކާކޮށްފައި ހުރި ފައިސާތަކެއް، އޭނާގެ ދަރިފުޅު ވަގަށް ނެގުމުން، ދަރިފުޅު ހައްޔަރުކޮށްފިއެވެ.

އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޒުވާން ފިރިހެނަކު ވަގަށް ނަގާފައި ވަނީ އޭނާގެ މަންމަ ރައްކާކޮށްފައި ހުރި 4000 ރުފިޔާ އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މިހާރު ވެސް ކަނދޮޅުދޫ އަށް އެޑްރެސް އޮންނަ އިބްރާހިމް އަހްމަދު ނަމަކަށް ކިޔާ މީހެކެވެ.

"ވައްކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ އޭނާގެ މަންމަ. އޭނާގެ މަންމަ ބޭނުންވީ ދަރިފުޅުގެ މައްޗަށް ދައުވާ ކުރަން. އެއީ އަބަދުވަސް މަންމަގެ އެއްޗެހިން އޭނާ ވައްކަން ކުރާތީ." މައުލޫމާތު އެނގޭ ފަރާތުން ބުންޏެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފަތަށްސީލަާ

    މައިންބަފައިންގެ އިހުމާލް ދަރިން ނަށް ހެޔޮގޮތް ބުނެ ނުދެވުނީމާ ވީގޮތް ލޯބި ލިބޭނީ ލޯބި ދީގެން ދަރިންނަށް ކާންދެޭ ގޮތަށް އިސްލާމީ އަހްލަަަަާގް ވެސް ދަސްކޮށްދެޭން ޖެހޭ

    13
    1
  2. ބަފާ

    އިސްލާމީ ޝަރީޢަތުން ބަލާނަމަ ދަރިންނަކަށް ވައްކަމެއްނުކުރެވޭނެ މައިންބަފައިންގެ މުދަލަކުން

    6
    5
  3. އަވަޓޭ

    ވަކިވަރަކަށް ކެތްކޮށް މަޑުކުރެވޭނީވެސް . ތިހެދީ ހަމަ ރަނގަަޅަށް

    14
  4. މަ

    ދަރިޔަކަސް ވައްކަންކުރީމަ ދައުވާ ކުރަންވީ ހަމަ ރަނގަޅަށް ތިހެދީ. ދަރިން ކުރާ ކުއްބައެއްމީހުން ފޮރުވާ. އެހެން ކަންތައް ކުރުމުން އެދެވެނީ ކުއްކުރަން ހިތްވަރއްނު. ލޯމަތިން އެކަހަލަ މަންޒަރު ފެންނާތީ މިބުނީ.

    13
  5. މިލޯ

    މިއީ ވަރަށް ހިތާމަވެރި ހަބަރެއް. މަންމައަކު ދަރިއަކަށް ވަގަށް ގޮވާ ދައުވާ ކުރާނީ ވަރަށް ބޮޑު ވަރު ވީމަ. މިކަހަލަ ނުލަފާ މީހުންނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން.

    11
    2
  6. ކުނބު

    މައިންބަފައިންގެ އަތަށް އެންމެ ފުރަތަމަ ރޯފުއްގަނޑު ލިބެނީ އެމޮޑޭނެ ގޮތަކަށް މޮޑެން ލިބެނީ ހަމަ މައިންބަފައިންނަށް ދެން ފުށްމޮޑެ ރޮށިދަމާ އެންމެފަހުން ފިހެ ނިމުނީމަ ގޯސްވުން އެއީހަމަ މައިންބަފައިންގެ އިހުމާލް.

  7. ޙަރީބު

    ރާއްޖޭގެ ބެންކޮކް