ތިން ދިވެހިންނާއި އެކު ދަތުރު ކުރަމުން ދަނިކޮށް ޚަބަރެއް ނުވެ ގެއްލުނު ދޯނި ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "މޫރިތި" ނަމަކަށް ކިިޔާ ޑައިވިން ދޯންޏެއްގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓް ކުރުމުން އެ ދޯނި ހޯދުމުގެ މަސައްކަތް ފެށިފަހުން މިހާރު ދޯނީގެ ޚަބަރެއް ވެފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދޯނީގެ ޚަބަރެއްވީ މިއަދު 11:20 ގައި ކަމަށާއި ދޯނީގެ އިންޖީން ހުއްޓުމުން އެހެން އުޅަނދެއްގައި ކަފު ޖަހައިގެން ލ.އަތޮޅަށް ދަތުރުކުރަމުންދާ ކަމަށެވެ.

ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.