ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރު ކުރުމަށް ބ. ކަމަދޫ މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިރުކުރަން ބޭނުންވެ ހާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުން ދަނީ ބ. ކަމަދޫ/ ގުލްއަލަމާގެ، މުޚްތާރު އާދަމް (53އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

މުޚްތާރު އާދަމް ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހެޅުފައިވާ ސާބިރު ދަރަނީގެ ފައިސާގެ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިިރުކުރުމަށް ބޭނުންވާ ހާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓާއިގެން މިމަހުގެ 29 ވަނަ ދުވަހުގެ 13:30 އަށް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މުޚްތާރު އާދަމް އާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.