ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އަތުން ނެންގިވިކަމަށް ބުނާ 29 މިލިއަން ރުފިޔާ ނުލިބުނު މައްސަލާގެ ބަޔާން ނެގުމަށް މިރޭ ޖާބިރު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޑީއާރްޕީން ބުނީ މައުމޫން މައްޗަށް ހުށަހަޅާފައިވާ 29 މިލިއަން މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގު ބަޔާން ދިނުމަށް މިރޭ 20:00 އަށް ޝަހީދު ހުސެން އާދަމް ބިލްޑިންގއަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން, ޖާބިރުގެ އަތުން އިންތިހާބުގެ ކެންޕޭން ދުވަސްވަރު ދަރަންޏަށް ނެންގެވި 29 މިލިއަން ރުފިޔާ ހަތް ދުވަސް ތެރޭގައި އަނބުރާ ރައްދުކޮށްދިނުމަށް އެދި ޖާބިރުގެ ނަމުގައި މައުމޫނަށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީއެއް މިދިޔަ ޑިސެންބަރު މަސް ތެރޭގައި މީސް މީޑިއާގައި އާންމުވިއެވެ.

އެ ސިޓީގައި ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ފާރިޝް މައުމޫނާ ހަވާލުކުރެއްވީ މައުމޫންގެ ހާޒިރުކަމުގައި ވިދާޅުވެ އެކަން ސާބިތުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އަދި އެ ފައިސާ ނުދައްކައިފިނަމަ އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ކުރިންވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ މީގެ ކުރިންވެސް ޖާބިރު ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެފަހަރު މިމައްސަލަ ހުށަހަޅެމުން ހެއްކެތް ނެތްކަމަށް ބުނެ މައްސަލަ ނުބަލަން ނިންމީއެވެ.

ނަމަވެސް މިމަހުގެ 02 ވަނަ ދުވަހު ޖާބިރު ވަނީ 12 ހެއްކާއެކު ފުލުހަށް މައްސަލަ އަލުން ހުށަހަޅާފައެވެ.

ޖާބިރު ފައިސާ ދެއްވި ކަމަށް ވިދާޅުވާ ވާހަކަފުޅު މައުމޫންގެ ފަރާތުން ވަނީ ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖާޒީރާ ބޯއީ

    ޖާބިރުގެ އަތުން ޖާބިރު ހައްޔަރަކަށް

  2. ޣީހުޓާވރ

    ޖާބިރު ދިރިއުޅުއްވަން ހެންވޭރު ތިމާވެށިގެ ކުޑައީތޯވެސް ސުވާލު ކުރަން އެބަޖެހޭ ނުވަތަ އެގެއަކީ ޖިންނި ދިރިއުޅޭތަނަކަށްވާތީ އެގޭގައި ދިރިއުޅުއްވަން އުދަނގޫފުޅުވެ ލައްވަނީތޯވެސް ސާފުކުރަން އެބަޖެހޭނޫންތޯ

  3. އެންދެރި

    އަންނި އަޑީގަ ހުރެގެންނެވެ.

  4. މުގައްދަރު

    ކޮންމެ މީހަކު ބުންޏަސް ތެދެއްވާނީ ހަމަ ތެދަކައް އެބުނާ 30 އަހަރައް ވުރެ މިގައުމުގެ ރައްޔަތުން އަޅުވެތިކުރަންމަސްއްކައްކޮއް އިޅުވެތި ކުރި ދުވަސް ވަރެއްނާދޭ ވިސްނާ ލައްވާ މިއަދު ކުއްޔައް އުޅެން މިޖެހުނީ މިއަޅުވެތިކަމުގެ ނަތީޖާ ބިންތައް ހިސޯރުކޮއް ނުދީ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހަދައިގެން ކުރީ އަޅުވެތި ދެން އައި 2008 އައި ބަދަލުގައި މިޖެހެނީ ޖީއެސްޓީ ނަމުގައި ޖިޒީ ދައްކަން ފެންފޮދެއް ބޯލިޔަސް %6 ފޯނެއް ކޮއްލިޔަސް %6 ދައްކަން ޑިމޮކްރަސީގެ އަޅުވެތިކަން އަހަރުމެން ވޯޓްލައިގެން ހޮވިމީހުން އަހަރުމެން އަޅުވެތި މީގެ ހެއްވާކަމަކީ މިގަވައިދު ހަދާމީހުންގެ ދަރިންގެ ދަރިންވެސް އަޅުވެތި މީހުންގެ ވާހަކަ އެމީހުން ނެއްތާކު ދައްކާކައް ހަމަނުވާނެ ވެދުން

  5. ފަހުދާ

    ޖާބިރު ތިޔަ މަސްއަލަގަޑެއްގަ އުޅެނިކޮށް މަޖްލިސް ރައީސްކަން އަސްލަމް އަށް ލިބިއްޖެ އެއެްނު