އަލިފާން ރޯވި ސަރަހައްދަކީ ނުރައްކާތެރި ޒޯނެއް ކަމަށާއި، ބޭނުމެއް ނެތި އެ ސަަރަހައްދަށް ނުދިއުމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭއިން) ވިދާޅުވެއްޖެއެވެ.

އީޕީއޭ އިން ރޭ ކުރި ޓުވީޓެއްގައި ވިދާޅުވެފައި މިދިޔަ ހުކުރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ވައި ތަޣައްޔަރު ނޫން ކަމަށް ދިރާސާތަކުން ދެއްކި ނަމަވެސް، އެތަނަކީ އަދިވެސް ނުރައްކާތެރި ޒޯނެއް ކަމަށާއި ރައްކާތެރިވެ ތިބުމަށް މުހިންމު ކަމަށެވެ.

އެސަރަހައްދުގައި މިހާރު މަސައްކަތް ކުރަމުން ގެންދާ ފުލުހުންނާއި ސިފައިން އަދި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން ވެސް ހުރިހާ ވަގުތެއްގައި ސޭފްޓީ މާސްކު އަޅައި، ރައްކާތެރި ފިޔަވަޅު އަޅައިގެން ތިބުމަށް ލަފާ ދީފައި ވެއެވެ. އަދި ބޭނުމެއް ނެތި އެ ސައިޓަށް ނުދިޔުމަށްވެސް އިއުތިމާސްކޮށްފައިވެއެވެ.

" ހުކުރު ދުވަހު ހިގާ ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ވިހަ ގޭސްތަކަކުން ޖައްވު ތެރެ ތަޢައްޔަރު ވުމާއި ގުޅިގެން ސައިޓުގެ ވައިގެ ކޮލިޓީ ޓެސްޓުކޮށްފަވޭ. މި ޓެސްޓް ތަކުން މިހާރު ދައްކާގޮތުގައި ހުރިހާ ގޭހެއްގެ މިންވަރު މަތި ކަމުގައި ނޫނަސް އާންމުން މި ސަރަހައްދަށް ވަދެ ނިކުމެ އުޅުމުގައި ހާއްސަ ސަމާލުކަމެއް ދެއްވާ. އަދި ސަލާމަތީ ފިޔަވަޅުތައް އަޅާ ތަނުގައި ތިއްބަވާ ބޭފުޅުންގެ އިރުޝާދުތަކަށް ބޯލެނބުން މުހިންމު" އީޕީއެއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.

އީޕީއޭއިން އަލިފާނުގެ ހާދިސާ ހިނގި ސައިޓުގެ ވައިގެ ކޮލިޓީ ޓެސްޓުކޮށްފައި ވާއިރު، އެ އެޖެންސީން ބުނީ، ހުރިހާ މާއްދާތައް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.

ގޮތުން ޓެސްޓު ކުރި ތިން ބާވަތުގެ ޕާޓިކަލްގެ ތެރެއިން ކާބަން މޮނޮކްސައިޑް ހުރީ 0.242 ގައެވެ. ނައިޓްރޮޖަންޑައި އޮކްސައިޑް 0.074 ގައެވެ. އަދި ސަލްފަޑައި އޮކްސައިޑް ހުރީ 0 ގައި ކަމަށްވެސް އެބޭފުޅުން މައުލޫމާތު ދީފައިވެއެވެ.

ސަލްފަޑައި އޮކްސައިޑް ސައިޓު ތެރޭގައި ނެތުމުގެ ސަބަބުން އެބޭފުޅުން ވަނީ އެރޭ ވެހުނު ވާރެއަކީ އެސިޑްވާރޭކަމުގައި ނޫންކަމަށްވެސް ޔަގީންކޮށްދީފައެވެ