18 ރަށެއްގެ ކައުންސިލް އިދާރާއަށް ޑިރެކްޓަރުން ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން މިއަދު އިޢުލާނުކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފައިވަނީ އއ. ހިމަންދޫއާއި، މ. މުލިއާއި، ގދ. ގައްދޫއާއި، ގއ. ކޮނޑޭއާއި، އދ. އޮމަދޫއާއި، ކ. މާފުށިއާއި، ބ. ފެހެންދޫއާއި، ތ. ވޭމަންޑޫއާއި، ނ. ޅޮހިއާއި، ބ. އޭދަފުއްޓާއި، ލ. އިސްދޫއާއި، ހއ. ހޯރަފުއްޓާއި، މ. ކޮޅުފުއްޓާއި، ނ. މަނަދޫއާއި، ބ. ކިހާދޫއާއި، ހއ. ބާރަށާއި، ހދ. ހަނިމާދޫގެ އިތުރުން ނ. ވެލިދޫ ކައުންސިލްގެ ޑިރެކްޓަރުން ހޯދުމަށެވެ.

މަގާމުތަކަށް ބޭފުޅުން އައްޔަން ކުރާއިރު ބަލާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވަނީ މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި 08 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މި ވަޒީފާއާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307313 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަރުގޮނު

    ކައުންސިލްތަކުން ޢާންމުންނަށް ޚިދުމަތް ދޭންވީވަރަށް ނުދެވެނީ ސިވިލް ސަވީސް ގެ މުވައްޒަފުން މަދުވެގެންނެއްނޫން. ކަމަށްކަމޭ ހީކުރުމާއެކު މަސައްކަތްކުރާ އިޚްލާޞްތެރިން މަދުކަމުން. ރަސްމީގަޑީގެ ގިނަ ވަގުތުތސކުގައި އޮފީސްތަކުގައި ތިބެނީ މަދު މުވައްޒަފުން ކޮޅެއް. ގިނަ މުވައްޒަފުން ގަޑިއަށް އޮފީހަށް ހާޒިރުވުމަށްފަހު އުޅެނީ ބޭރުގައި. ރެސްޓޯރެންޓްތަކުގައި ކޮފީބޯން ނޫނީ އަމިއްލަ ކަންކަމުގައި ގޭގައި. އެހެންނޫނީ އަޗާތަޅާ ފަރިދައްކަން ސައިކަލް ބުރުޖަހާލުމުގައި.

  2. ސަޒާ

    ޜަށްރަށުގެ މަގާމްތަކަށް މީހުން ނުލިބެނީ ސަރުތުތައް މަތިކޮށްގެން. ތިމަގާމްއަށްވެސް ޕީއެޗްޑީ ފެންވަރު ހަމަޖައްސަންވީ. ސަމީމްއައިސް މުޅި ސިވިލްސަރވިސް ހަލާކުކޮށްފި

  3. ާއަފްލާ

    ޜައްރަށުގެ އޮފީސް ތަކައް ބަލާލާއިރު އެންމެ ރަނގަޅައް މަސައްކަތް ކުރާ އޮފީސްތަކައް އެވޯޑެއް ދޭންޖެހޭ

  4. ނ

    ސިވިލް ސާރވަންޓުންނަށް ސިވިލްސަރ ވިސް އިން ކޮށްދިން ކަމެއް ބުނެބަލަ ކިިރިޔާ ކަމެއްވާ އިރަށް މިނިސްޓަރ ގެ ފޯން ކޯލަކަށް ވެސް މީހުން ވަޒީފާއިން ވަކި ކޮށްފައި އެބަހުރި ދޮގު ތުހުމަތު އަޅުވާފައި.... ދިގުމުއްދަތުގައި ސިވިލް ސަރވިސްއަށް ޚިދުމަތްކޮށް ރިޓަޔަރ ކުރާ މީހަކަށް ކީއްތޯ ވާނީ ހަނދާނީ ފިލައް ދިނިއްޔާ މިފަދަ ކަމެއްވެސް ކޮށްނުލެވޭ ކުރިން މާރަނގަޅު ރައީސްގެ ސިޓީ އެއްނަމަ ވެސް ލިބޭ.... ތިޔަ ކޮމިޝަނުގައި ތިބެނީ ވަރަށް ހިލަ ހިތެއް ލިބިފައިތިބި ބައެއް ކޮމިޝަން އޮފީގަހުގައި އިޚުލާސް ތެރިކަމާއި އެކު މަސައްކަތް ކުރަމަުން ދިޔަ ޑިރެކްޓަރ ނިޒާމަށް ޒާތީ ގޮތުން ޝަމީމް ހަދާލި ގޮތް މުޅި ކޮމިޝަންގެ ހުރިހާ މުވައްޒަފުން ދެކޮޅު ހަދާ އޭނާ ވަކި ކޮށްލީ އޮނިގަނޑަށް ބަދަލް ގެނެސް ވަރަށް އިހާ ނެތިކޮށް ފައިސާ ކޮޅުވެސް ދިނީ މަދުކޮށް މިވާހަކަ ދެއްކި މުވައްޒަފުން ގެންގޮސް އިންޒާރު ނުދެންތަ....އަލީ ޝަމީމަކީ ބޮޑު ކޮހެއް ވާހަކަ ދައްކަން ފަށައިފިއްޔާ ހުއްޓާކަަށް ނޭގޭނެ