ފާޅުގައި ދީނަށް ފުރައްސާރަކޮށް މާތް ﷲ އާއި އެކަލާންގެ ރަސޫލާއަށް ހަޖޫޖަހަމުން އަންނަ ދިވެހި ފޭސްބުކް ޕޭޖު އަދިވެސް ބަންދުކުރެވިފައި ނުވާތީ އެކަމަށް ޑރ. ޝަހީމް އަލީ ސަައީދު ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވަނީީ ދީނީ ގޮތުން ހަރުކަށި ޕޭޖެއް ކަމުގައި ވާތީ "ސިރޫ އާރޓްސް" އެތައް ފަހަރެއްގެ މަތިން ބަންދު ކުރެވުނު ކަމަށާއި ނަމަވެސް "ޖުހާ" ނަމަކަށްކިޔާ ޕޭޖް ބަންދު ނުކުރެވިގެން އުޅޭ ސަބަބަކާމެދު ސުވާލު އުފައްދާފައެވެ. އަދި ރަސޫލާ އަށް ޖޯކުޖަހާ ގުރުއާނަށް މަލާމަތްކޮށް ރަސޫލު ބޭކަލުންނަށް ބަދު ބަސް ބުނެ ދިވެހި ބަހުން ޝާއިއު ކުރެވެމުންދާ ޕޭޖުތައް ބަންދު ކުރުމަށް ޝަހީމް ވަނީ އިސްލާމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީއަށް ގޮވާލައްވައިފައެވެ.

ވަނީ ދީން ހިމާޔަތް ކުރާނެ ކަމަށް ސަރުކާރުން ވެފައިވާ ވައުދުތައް ކޮބައިތޯ ސުވާލު އުފައްދާފައެވެ. އަދި ދީން ހިމާޔަތް ކުރުމަށް އުފެއްދި ކޮމެޓީތައް ކޮބައިތޯވެސް ޝަހީމް ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ޝަހީމް ވަނީ ދީނީ ކަންކަން ބަލިކަށިވަމުންދާތީ އެކަމާ ނުހަނު ކަންބޮޑުވެލައްވާ ކަމަށް ވިދާޅުވެފައެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ޖުހާ" ޕޭޖުގެ މައްސަލަ މީގެ ކުރިންވެސް ވަނީ ފުލުހުންނަށް ހުުށަހެޅިފައި ކަމަށާއި އަދި ވަރަށް ފަހުންވެސް އެ ޕޭޖުގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިފައި ވާނޭ ކަމަށެވެ.

އެހެން ނަމަވެސް މީގެ ކުރިން ހުށަހަޅައިގެން އެ މައްސަލަ ބެލުނުތޯ ނުވަތަ ނޫންތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ ބަލަމުންދާ މައްސަލައެއް ކަމުން އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ. އަދި މީގެ ކުރިން މައްސަލަ ހުށަހަޅައިގެން "ޖުހާ" ޕޭޖުގެ ފަހަތުގައި ވާ މީހާގެ މައުލޫމާތެއް ހޯދިފައިވޭތޯ ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އެކަން އެނގޭނީ ފުލުހުންނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަމާ

    ބަލަ ޝަހީމޫ. ވެރިކަން ވެއްޓި އިއްޒަތްތެރިކަން ގެއްލުމުން އަދި ކިރިޔާދޯ ދީނުގެ މަތީން ހަނދުމަފުޅުވީ!!

    10
    124
    • ދެނޯ

      ވެރިކަން ނެތުމުން އިއްޒަތް ގެއްލޭ ކަމަށް ދެކެނީ ދުނިޔެއަށް ހެއްލުންތެރިވެފަ ތިބޭ ލާދީނީން. ޝަހީމުމެންގެ އިއްޒަތެއް ނުގެއްލޭނެ އެހާ ފަސޭހައަކުން. އެއީ އިލްމުވެރިން. ލާދީނީން ދެރަވާނެ. އަސަރުވެސް ކުރާނެ. ހިތްދަތިވެސް ވާނެ. އެކަމަކު ހަގީގަތް ބަދަލެއް ނުވާނެ.

      24
      2
    • ކިނބޫ

      ކޮން ޝަހީމޫ އެއް ކިޔާކަށް އެއުޅޭ ގަންޖާ ޓެރަރިސްޓު ދީނަށް ވައްދަން އުޅެބަލަ ކަލޭ.

      11
      1
  2. ސަނާ

    ހަމަ އަންތަރީސްވޭ ސަހީމު މިއުޅޭ ގޮތުން. ޔާމީނު ހިންގި ހުރިހާކަމަށް އަނގައިން ބުނަން ނުކެރުމަކީ ރައްޔިތުން ސަހީމުދެކެ ފޫހިވީ އެންމެ ބޮޑު ސަބަބު. މިއަދު ތި ދައްކާ ވާހަކައިން ރައްޔިތުން އިތުރަށް ވަނީ ފޫހި.

    6
    64
    • ގަންޖާފެކްޝަން

      ޔާމީން ނޫން އެހެން މީހަކު ކުރިޔަސް ގައުމުގެ އަމާންކަން ދެމެހެއްޓުމަށާއި އިސްލާމްދީން ފެތުރުމަށާއި ކަރަތަކުގެ އަޅުވެތިކަމަށް ނުވެއްޓުމަށާއި ގިސާސް ހިފުން ފަދަ ހުކުމްތައް ހިންގަން ކުރާ މަސައްކަތަކާ ދީނީ އިލްމުވެރިއަކު ދެކޮޅެއް ނުވާނެ. ފުޅަކާ ދަންނަބޭކަލުން މަގާމަށް ދީން ވިއްކައިގެން ތިބުން އެހެން ކަމެއް.

      12
    • ބަކުރުބެ

      ރައްޔިތުން ފޫހި ވާކަށް ނުޖެހޭ. މިހާރު މި ހިނގަނީ ވ ތާހިރު ކަންތައްދޯ. މިހާރު ނުވި ފޫއްސެއް ދެން ހީނުމވޭ މީހަކު ވާންޖެހޭނެ ހެނެއް. ޝަހީމްވީމަ ކަޑަ ، އަންނި ވެއްޖެޔާ އޯކޭ. ބަލާވެރިކަމެއް . ހެހެހެހެ

  3. ޢަބްދުއްލާ

    "ޖުހާ ޕޭޖް" އަދިވެސް ބަންދު ކުރެވިފައި ނެތުމުން ޝަހީމް ފާޑުވިދާޅުވެއްޖެ

    39 މިނެޓް ކުރިން ( ސެޕްޓެމްބަރު 23, 2019 )

    މީތިބުނާ ޕޭޖާ އެއްކޮޅު ސަރުކާރެކެވެ.

    93
    8
  4. ހަސަންކޮއި

    އޮޅިގެންނޫޅޭ ދައުރުހަމަކޮއްފަވެރިކަމުންފޭބީ
    ސަރުކާރުގެމަގާމެއްނެތަސްޝަހީމުއަކީ
    އިއްޒަތްތެރިއެއް،އަބުރުވެރިއެއް،ދީނީއިލްމުވެރިއެއް،ދެދުލުގެވެރިއެއްނޫން

    42
    3
  5. ހަސަންތަކުރު

    މިފަންސާސްއަަހަރު މިގައުމުގައިވައްޓާލީ
    އަައްނީގެެސަަރުުކާާރުު

    26
    3
  6. ކަހަނބު ވިތްޓޯ ޓޯ

    ތިބުނާ ޖުހާއަށް އުގޫބާތެއް ދެއްވުމަށް މާތް ﷲ ކުޅަދުން ވަންތަ އެވެ

    61
    1
  7. މިއީ މަގޭ ވާހަކަ

    ވަކި ކުލައަކަށް ވަކި މީހަކަށް ނުބަލައި މިފޭޖު ބޮލަކް ކުރުމަށް އެންމެން އުޅެމާ ހިނގާ. ކޮންމެ މީހެއް އިތުރު ދިހަ މީހުން ލައްވާ ރިޕޯޓް ކުރުވަމާ ހިނގާ. ﷲ އާއި ރަސޫލާއަށް ފުރައްސާރަކުރެވޭ ހިނދު ތިބާއަށް ކުރެވުނީ ކީއްތޯ ސުވާލު ވެވޭނެ

    55
    2
  8. ދދދދދދ

    ފުލުހުންގެ ވެރިއަކަށް އެހުރީ ކާކު؟! ތިމައްސަލަ އެތަނުން ކިހިނެއް ބެލޭނީ؟ ތި ޕޭޖް ހިންގާ މީހަކީ ކަމެއްވެސް ކިހިނެއް އެނގެނީ! އަހަންނަށް ޝައްކު.

    7
    3
  9. ޢަލީ އަޙުމަދު ވަހީދު

    މި ޕޭޖާ އިދިކޮޅަށް އެްޗެއް ބުނާ ކޮންމެ މީހަކާ ދެކޮޅަށް މި ސަރުކާރުގެ ވެރީންނާއި އެމްޑީޕީ ކުދީން އެއްޗެހި ކިޔާނެކަން އެނގޭ. އެކަމަކު ދީނަށް ފުރައްސާރަކުރާ މީހުންނާއި އެއްޖިންސުން ކާވެނިކުރާ މީހުންގެ ވާހަކަތައް އިޝްތިހާރު ކުރާ މީހުންނާ ދެކޮޅަށް މި ސެކިޔުލާރ ސަރުކާރުން ފިޔަވަޅެއް ނާޅާނެ.

    8
    2
  10. އެންދެރި

    އެޕޭޖް ބަންދުކުރަން ވީއެވެ. ނޫނީ އެމީހުން ނިރުބަވެރި ހަމަލަ އެއް މުސްލިމުންނަށް ދީފާނެއެވެ.

    5
    1
  11. އަޙްމަދު

    ﷲ އާއި މާތް ރަސޫލާއަށް ޒާރުފުޅަށް ހުތުރުވާގޮތަށް ލިޔާމީހުންނާއި ވާހަކަ ދައްކާމީހުންގެ އަތުގެ ދިރުންގެންދަވާ ދުލުގެ ހެލިފެލިވުން ގެންދެވުމުގެ ބާރު ގެންދަވާފާނދޭވެ. އަދި އެފަދަ މީހުންނަށް އެމަގު ފަސޭހަ ކޮށްދޭބަޔަކުގެ ބާރުވެސް ގެންދަވާފާނދޭވެ.

    6
    2
  12. މޮޔަވީތަ

    ފޭސްބުކް ޕޭޖުތައް ހަދާ އެ ބަންދުކޮށް ހެދުން އެއީ ސަރުކާރުން ކުރާ ކަމެއް ނޫން.

  13. ދިރާސާ

    ޝަހީމް ވިދާޅުވެލައްވަނީ ވަރަށްރަގަޅުވާހަކަފުޅެއް ހަރުކަށި ޕޭޖެޢްކަމުގައިވާތީ ސިރޫ އާރޓްސް
    އެތަށްފަހަރެއްގެމަތިން ބަންދުކުރެވުނުފަދައިން ފާޅުގައި މާތްރަސޫލާއަށް ޖޯކްޖަހާ ކީރިތިޤްރްއާންއަށްމަލާތްމަތްކޮށްރަސޫލްބޭކަލުންނަށް ބަދުބަސްބުނާ ޕޭޖުތައްބަންދުކޮށް ފިޔަވަޅުނޭޅެންވީ ސަބަބެއްނެތްމިކަމުންއެގެނީ ދީނީކަންކަން ބަލިކަށިވަމުންދިއުމާ، ލާދީނީކަންކަމަށް ތާއީދުކުރައްވާކަން ނަމެއްގަދީންހިމާޔަތްކުރުމަށް ވަޢުދުވެލައްވާ، ދީންހިމާޔަތްކުރުމަށްކޮމިޓީތައްއުފެއްދުމުގެބޭނުމަކީކޮބައިތޯފާޅުގައިމިހާބޮޑުކޮށްލާދީނީކަންތައްފަތުރަމުންދާއިރު ދީންހިމާޔަތްކުރުމަށްވެލެއްވި ވަޢުދާ ދީންހިމާޔަތްކުރެއްވުމަށް އުފެއްދި ކޮމިޓީތަކުގެބޭނުން ކޮބައިތޯ ވެލެއްވިވަޢުދާ އުފެއްދެވި ކޮމެޓީތަކަކީ ދިވެހި ގައުމާ، ގައުމުގެ
    ރަށްޔިތުންނަކީ މުސްލިމުންކަމުގައިވާތީ ލާދީނީކަންކަމަށް އެއްވެސްފަރާތަކަށް ފުރުސަތުނުދޭނެކަން އެގިލައްވާތީ ދިވެހިރަށްޔިތުންގެ ލޮލުގައި އެޅުއްވިއަނދުނެއްތޯ؟