މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މ.ސިލީޓްވިލާ ހަތަރުވަނަ ފަންގިފިލާއިން ދުން އަރާތީ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ސޯޓެއް ވެގެން ކަމަށާއި، އެކަމާ ގުޅިގެން ސްޓެލްކޯއިން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިހާދިސާގައި މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

އެސަރަހައްދުގެ ވީޑިއޯތަކެއް އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި އެސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒިކް

    ސީޒަނެއް ފެށުނީ... ފަޔަރ ސީޒަން ދެއްތޯ؟؟ އަހުންނާ އުޙްތުން ސަމާލުވާތި

    30
  2. ިިްިމަ

    ތީހަމަ ބަޔަކު ގަސްތުގާ ރާވާގެން ކު ރާކަމެއް

    9
    11
    • ކުޑަބަޖަރާ

      މާލޭ މެމްބެރު މުއިއްޒުކުރެން އަހާބަލަ. އަލިފާންރޯވިގޮތް ބުނެދޭން އޭނާ ވަރަށްމޮޅުވާނެ. އެކަމަކު އެއީގަމާރެއް.

  3. ޢަފްލާ

    ޢެއްވެސް ބަޔަކު ނުވަތަ މީހަކު މިފަދަ ކަމެއް ކުރުމަކީ ބަލަިގަނެވޭނެ ކަމެއް ނޫން މީހަކު ކޮއްފާނެ ކަމައް ހީކުރުމަކީބެސް ގޯހެއް ﷲ ސްބްޙާނަހޫ ވަތަޢާލާ ވަނީ މުސްލިމުން ކުންހީ ކުރުމަކީ ޙަރާމް ކަމެއް ކަމައް ކަނޑަ އަޅުއްވައި ބަޔާން ކޮއްދީފަ